18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ރިޔާސީ އިންތިޚާބު 2018

ތިނަދޫ އަށް އިބޫގެ ބޮޑެތި ވައުދުތަކެއް!

  • ލައިސަންސް ނެތި ރާއްޖޭނެ ބޭރުގެ 100 އަށްވުރެ ގިނަ އުޅަނދުފަހަރު ރާއްޖޭގެ މަސްކަނޑުތަކުގައި އެބަ އުޅޭ
  • ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 00:13 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  4. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  5. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  6. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  7. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، ގދ. ތިނަދޫ އަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފި އެވެ.


ހުކުރު ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވެޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ވިޔަފާރި އާއި ރަށުގެ އިޖުތިމާއީ ކަންކަން ކުރިއަރުވާނެ ކަންކަން ހިމެނެ އެވެ. 

އެގޮތުން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށާއި އެރަށުގައި ޑްރަގް ރިބިލިޓޭޝަން ސެންޓަރަކާއި ޑިޓޮކްޓިފިކޭޝަން ސެންޓެރެއް ގާއިމުކޮށް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރިހިބިލިޓޭޝަން ބޭނުންވާ ގާތްގަނޑަކަށް 400 މީހުން ތިނަދޫގައި ވެސް އެބަ ތިބި ކަމަށެވެ. 

"ހިދުމަތެއް ނުލިބޭ، ފަރުވާ އެއް ނުލިބޭ، އެކުދިންނަށް ދެން މިވާ ގޮތަކީ ގޮތެއް ނެތިގެން މަގުމައްޗަށް މި ނުކުންނަން ޖެހެނީ. އަޅުގަނޑުމެން ބެލި ބެލުމުން މިފަދަ މީހުން ސިޔާސީ މީހުން ސިޔާސީ ބޭނުމަށް އެބަ ބޭނުންކުރޭ. ވިޔަފާރިވެރިން ވެސް ބޭނުންކޮށްފައި އެބަހުރި. މިއަދު އަޅުގަނޑުމެން ކުރާންވީ ކަމަކީ އެ ޒުވާނުންނަށް ހަމަ މަގައް އެޅުވުން، އެމީހުނަށް މަގު ދެއްކުން،" އިބޫ ވިދާޅުވި އެވެ.

އަނެއް ވައުދަކަށް ވެވަޑައިގެންނެވީ ކުރިއެކޭ އެއްގޮތައް ތިނަދޫއިން ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް މުދާ ގެނައުމުގެ ފުރުސަތު އަނެއްކާ ވެސް ދެއްވުމެވެ. އިބޫ ވިދާޅުވީ ތިނަދޫ އިން ފުރައިގެން ރާއްޖެއިން ބޭރަށް ގޮސް މުދާ ގެނައުމަށް ހުރަސްތަކާ ކުރިމަތިވީ ސަރުކާރުތަކުން ގެނައި ސިޔާސަތުތަކެއްގެ ސަބަބުން ކަމަށެވެ.  

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ސީދާ މިރަށުން ވެސް ރާއްޖެއިން ބޭރުން މުދާ ހިފައިގެން އައުމުގެ ފުރުސަތު ދޭނަން،" އިބޫ ވިދާޅުވި އެވެ.  

ގިނަ މަސްވެރިންތަކެއް ދިރިއުޅެމުންދާ ތިނަދޫގައި ހުންނަވައިގެން މަސްވެރިކަމާ ސިޔާސަތުގެ ބައެއް ބައިތައް ވެސް އެމަނިކުފާނު ވަނީ ހާމަ ކުރައްވާފަ އެވެ. މި ގޮތުން އެމަނިކުފާނުގެ ސަރުކާރުގައި މަސްވެރިން ބަނާ މަހުގެ ހަމަ އަގު ހޯދާ ދެއްވާނެ ކަމަށާއި މަސްވެރިން މަސްކިރުވުމަށްފަހު ފައިސާ ދޭ ގޮތަށް ބިލް ދޫނުކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ސީދާ މަސްވެރިންނަށް ރާއްޖެއިން ބޭރަށް ގޮސް މަސް ވިއްކޭނެ ކަމަށާއި ދިވެހި މަސްކަނޑުތައް މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ހުއްދަ އޮވެގެން ސާޅީހަކަށް ބޯޓު ރާއްޖޭގެ ސަރަހައްދުގައި ދާ އަޅަމުންދާއިރު ލައިސަންސް ނެތި 100 އަށްވުރެ ގިނަ ބޭރުގެ އުޅަނދުފަހަރު ރާއްޖޭގެ މަސް ކަނޑުތަކުގައި އުޅެމުންދާ ކަމަށެވެ.  

ބޮޑެތި ދޯނި ފަހަރު ބަނދެ، ފްރީޒް ކުރެވޭނެ ގޮތަށް އެ ދޯނިތައް ފަރުމާ ކުރުމަށްޓަކައި ލުއި ލޯނު ސަރުކާރުން ދޫކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.  އެހެންމެ ޑީސަލުން ނަގަމުން އަންނަ އިމްޕޯޓް ކަނޑާލުމާއެކު ޑީސަލުގެ އަގު ހެޔޮވާނެ ކަމަށާއި މަސްވެރިންނަށް ލުއިލޯނާއި އެކި ސްކީމްތަކަށް ހުށައެޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް