19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ރިޔާސީ އިންތިޚާބު 2018

އަނިޔާވެރިކަމަށް ތިނަދޫ ރައްޔިތުން އާނ ބަސް ނުބުނާނެ: މެންބަރު ސައުދުﷲ

  • ތިނަދޫ ރައްޔިތުންގެ އަޑު ނުހައްގުން މަޖުލީހުން ވެސް ވަނީ ކަނޑުވާލާފައި
އަމްނާ އިމާދު | @amnabinthimad

| 1 ސެޕްޓެންބަރ 2018 | ހޮނިހިރު 00:03 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


ތިނަދޫ ޖަލްސާގައި މެމްބަރު ސައުދުﷲ ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ

އިބްރާހިމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫއަކީ އަނިޔާއާ ތަހައްމަލުކޮށްފައިވާ ރަށެއް ކަމަށާއި، އެރަށުގެ ރައްޔިތުން އަނިޔާއަށް އާނ ބަސް ނުބުނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ގދ ތިނަދޫގައި އިއްތިހާދުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މެންބަރު ސައުދުﷲ ވިދާޅުވީ މިސަރުކާރުގެ އަނިޔާޥެރިކަން ހައްދު ފަހަނައަޅާ ގޮސް މި ރާއްޖެއަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުން ވެސް ނުހައްގުން ޖަލަށް ލާފައިވާ ކަމަށެވެ. އަނިޔާއަކީ ތިނަދޫ ރައްޔިތުން ބަލައިގަންނާނެ އެއްޗެއް ނޫން ކަމަށާއި، ނުހައްގުން އަނިޔާދޭ ތަން ބަލަން ތިނަދޫ ނޯންނާނެ ކަމަށެވެ.

ސަރުކާރުގެ މުވައްޒަފުން ނެރެގެން މުޅި ތިނަދޫގައި ފިޔައިތޮށި ކުލައިން ޖަރީކުރި ނަމަވެސް ތިނަދޫ ރައްޔިތުން އަނިޔާވެރިޔަކަށް ވޯޓު ނުދޭނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ރައްޔިތުންނަށް ދޭ އަނިޔާގެ ބަދަލުދޭނީ ވޯޓުން ކަމަށާއި، މިވޯޓު މިސަރުކާރު ލަދު ގަންނަވާލާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ މިހަޔާތުގައި މިރާއްޖޭގެ ފަހުގެ ޒަމާނުގައި އެންމެ ބޮޑު އަނިޔާވެކަމެއް އިހުސާސްކުރި ބަޔަކީ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޝަރީއަތަކާ ނުލައި އަޅުގަނޑުމެން ކާބަފައިންގެ އެތައް ބަޔަކު މަރާލި މަރާލުން އަޅުގަނޑުމެން ހިތުގައި އެބައޮތް. އެހެންވީމަ އަނިޔާއަކަށް ތިނަދޫއިން އާނ ބަސް ނުކިޔާނެ." ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ތިނަދޫއަކީ މިހާރު ރައްޔިތުންގެ މަޖިލީހުން އަޑު ކަނޑުވާލާފައިވާ ރަށެއް ކަމަށާއި، މިސަރުކާރުން ތިނަދޫގެ ކުދި ބޮޑެތި އެންމެނަށް ނުހައްގުން އެތައް އަނިޔާއެއް ދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ހުވަޔަށް އަލިއަޅުއްވާލައްވަމުން ސައުދުﷲ ވިދާޅުވީ މެންބަރު ކަމަށް ހުވާކުރީ ވަކި މީހެއްގެ ނަމާއި، ވަކި މީހެއްގެ ލަގަބާއި، ވަކި މީހެއްގެ އިސްކޮށް އެމީހަކަށް ވަފާތެރިވެ މަސައްކަތް ކުރަން ނޫން ކަމަށެވެ. ހުވާކުރީ އަމާނަތްތެރިވެ ތެދުވެރިވުމަށް ކަމަށާއި، މާތްﷲއަށް ބިރުވެތިވާ މީހެއް ނަމަ އެމީހަކު ބުނާ ގޮތަށް މެންބަރުކަން ނުކުރެވޭނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް