25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފުލުހުންގެ ބަޔާން

މާރާމާރީއަށް ހިތްވަރު ދޭ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ފުލުހުން

 • ނިމުނު ހަފްތާގައި އެކަނިވެސް ވަނީ 4 މާރާމާރީ ވަނީ ހިންގާފައި
 • ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް، "ވިޔާނުދާ ނުރައްކާތެރި" ކަންކަން ހިންގަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި
 • މިރޭ ހިންގި މާރާމާރީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 31 އޯގަސްޓު 2018 | ހުކުރު 23:31 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ކެމްޕެއިން ހަރަކާތުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުމާލެއަށް ވަޑައިގަތުމުން ޒުވާނަކު ހަމަލާ ދިނުމަށް މަސައްކަތް ކުރަނީ -- ފޮޓޯ: ފާތިމަތު ޝަނާ މުހައްމަދު

މާރާމާރީއަށް ހިތްވަރުދޭ ފަރާތްތަކަށް ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ. 

ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ހިމެނޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން 18 އަހަރުގެ ޒުވާނަކު މަރުވުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެމްއޭ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށެވެ. 

ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި، މިފަދަ ޢަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްޞަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ކަމަށާއި ނުރައްކާތެރި ޢަމަލުތަކަށް މަގުފަހިވާ ގޮތަށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ޢަމަލުތަކަށް ހިތްވަރު ދޭ ފަރާތްތަކަށް ޤާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން ދިވެހިރާއްޖެ ހަލަބޮލިކޮށް، ވަކިން ހާއްޞަކޮށް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި
ސިފަކުރުމަށްޓަކައި ކުށްކުރުމުގެ ރޫޙް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މާރާމާރީއަށް ހިތްވަރުދޭ ފަރާތްތަކަށް ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވާއިރު ނިމުނު ހަފްތާގައި އެކަނިވެސް ވަނީ 4 މާރާމާރީ ހިންގައި އަނިޔާވި މީހުންނަށް ބޮޑެތި ޒަޚަމްތައް ލިބިފައެވެ. 

 ރ. އިންނަމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް، "ވިޔާނުދާ ނުރައްކާތެރި" ކަންކަން ހިންގަން ފަށާފައިވާ ކަމަށެވެ. އޮގަސްޓް 26 ގައި އިސްކަންދަރު ސްކޫލް ފުރަގަހުން އޮންނަ ސީރާޒީ ގޯޅި ތެރޭގައި ހިނގި މާރާމާރީއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ  މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް އެ އަމަލަކީ ވަކި ބަޔަކު ކުރުވާ ކަމެއް ކަމަށް ވިދާޅުނުވާނެ ކަމަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް