19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ ރޭސް 2018

ގާނޫނީ ނަޒަރަކުން ބަލާއިރު ފެންނަނީ އެންމެ ކެންޑިޑޭޓެއް: ވައްޑެ

  • ދެވަނަ ކެންޑިޑޭޓްއަކީ ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވި
  • ޕީޕީއެމް ވަނީ އުވިފައި: ވައްޑެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 31 އޯގަސްޓު 2018 | ހުކުރު 23:31 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު -- ފޮޓޯ: މުހައްމަދު ޝަރުހާން

ރިޔާސީ އިންތީޚާބުގައި ވާދަކުރައްވަނީ ގާނޫނީ ގޮތުން އެންމެ ކެންޑިޑޭޓެއް ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރ ވައްޑެ) ވިދާޅުވެއްޖެއެވެ.

ލޯޔަރ ވައްޑެ ވިދާޅުވީ ގާނޫނީ ނަޒަރަކުން ބަލާއިރު ހަމަ އެކަނި ފެންނަނީ ގުޅިފައިވާ ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުކަމަށާއި އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ދެވަނަ ކެންޑިޑޭޓްއަކީ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނަށް ކުރަމުން ދިޔަ ތާއިދު އަނބުރައި ގެންދެވުމުން ޕާޓީން ވަކިކޮށްފައިވާ ވައްޑެ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީ މިހާރު ވަނީ އުވިފަ އެވެ. އެހެން ކަމުން އެޕާޓީގެ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލް ގައްޔޫމް ވާނީ ވެސް ބާތިލް ކެންޑިޑޭޓްއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޟަރޫރީ ހާލަތެއް މެދުވެރިކޮށް، އޭގެތެރެއަށް ވެރިވެގަތުމުގެ ނަތީޖާއަކަށް ޕީޕީއެމް އެ އޮތީ ކަނޑައެޅިގެން އެހާލަތަށް ގެނެސްފަ. ޕީޕީއެމް އުވިއްޖެ ހާލަތައް ގެނެއްސަ އެ އޮތީ، އެހެންވީމާ ދެން ކިހިނެއްތޯ ޕީޕީއެމް ޓިކެޓް ބަލައިގަތީ. އިލެކްޝަން ކޮމިޝަނާ ސުވާލު އެބަ ކުރަން ޖެހޭ"

ޕީޕީއެމް އުވިފައިވާ ވަނީ ރިޔާސީ ކެންޑިޑޭޓް ނުވަތަ ޕާޓީގެ މުޝްތަޝާރަށް އެ ޕާޓީގެ އަސާސީ ގަވާއިދުން ނުދޭ ބާރުތަކެއް ބޭނުންކޮށްގެން ޕާޓީގެ ކައުންސިލުގެ ރިޔާސަތު ބަލަހައްޓައި، އަމިއްލަފުޅަށް ބޭނުންފުޅުވާ ނިންމުންތައް ނިންމަވާފައިވާތީ ކަމަށެވެ. އަދި ރައީސް މައުމޫނާއި ކައުންސިލް މެމްބަރުންތައް ބޭރު ކުރައްވާ ޕާޓީއަށް މުޝްތަޝާރު ވެރިވެވަޑައިގެންނަވާގެން އަމަލު ކުރެއްވި ގޮތުން ކަމަށެވެ. އެހެން ކަމުން ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕީޕީއެމް ވަނީ އުވިފައި ކަމަށްވެސް ލޯޔަރ ވައްޑެ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް