18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ސެމްސަންގް ގެލެކްސީ9

ސެމްސަންގް ގެލެކްސީގެ ފަހުގެ ފޯނު ދިރާގުން ލޯންޗުކޮށްފި

  • ފޯނު އިންސްޓޯލްމަންޓަށް ވިއްކަން ނިންމާފައިޥޭ
  • ހަ މަސް ވަންދެން ފަސް ޖީބީ ޑާޓާ އެލަވަންސެއް ލިބިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 31 އޯގަސްޓު 2018 | ހުކުރު 23:28 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ސެމްސަންގް ގެލެކްސީގެ ފަހުގެ ފޯނު ދިރާގުން ލޯންޗުކޮށް، ފުރަތަމަ ކަސްޓަމަރަށް ފޯނު ހަވާލުކުރަނީ -- ދިރާގު

ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ މޮޑެލް ކަމުގައިވާ ސެމްސަންގް ގެލެކްސީ ނޯޓް 9 ދިރާގުން ލޯންޗުކޮށްފިއެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 9 ދިރާގުން ލޯންޗުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދިރާގުން ބުނީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ދިރާގުން ރާއްޖެއަށް އެންމެ ފުރަތަމަ ތައާރުފުކޮށް ވިއްކުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދިރާގުން ވަނީ ފޯނު އިންސްޓޯލްމަންޓަށް ވިއްކަން ނިންމާފައެވެ. އަދި ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ވަންދެން 5 ޖީބީ ޑާޓާ އެލަވަންސެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ހިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށާއި އެއްވެސް އެގްރީމަންޓަކާއި ނުލާ ފޯނު ގަތުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

12 މަހުގެ އިންސްޓޯލްމަންޓް ޕްލޭންގައި 128 އަދި 512 ޖީބީގެ ފޯނަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ދައްކަން ޖެހެނީ 2,999 ރުފިޔާއެވެ. އަދި އިންސްޓޯލްމަންޓް ޕްލޭންގައި 128 ޖީބީގެ ފޯނަށް މަހު ފީ ގެ ގޮތުގައި 1,059 ރުފިޔާ ދައްކަން ޖެހޭއިރު 512 ޖީބީގެ ފޯނަށް މަހު ފީ ގެ ގޮތުގައި ދައްކަން ޖެހެނީ 1,359 ރުފިޔާއެވެ.

ދިރާގުން އިތުރަށް ބުނީ ވަގުތުން ފޯނު ގަންނަ ކަމުގައިވާނަމަ 128 ޖީބީގެ ފޯނު 15,449 ރުފިޔާ އަށް ލިބޭނެ ކަމަށާއި 512 ޖީބީގެ ފޯނު 18,999 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.

އެމެރިކާ އަދި އިނގިރޭސިވިލާތުގެ މާކެޓަށް ނޯޓް 9 ރިލީޒް ކޮށްފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގޭގައި އޮތީ

2 މަސް ކުރިން

ގޭގައި އޮތީ ނިދަން ކުނާގަންޑެއްތޯވެސް ބަލާލިތަ؟

0
0