24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

އިސްލާމްދީން ހަމައެކަނި ހިމާޔަތް ކުރެވޭނީ އިބޫގެ ވެރިކަމެއްގައި:ޝިދާތާ

  • ޤައުމުގެ އަމަން އަމާންކަންވަނީ ގެއްލިފައި
ހައްވާ މުހައްމަދު | @hawwimd

| 31 އޯގަސްޓު 2018 | ހުކުރު 23:20 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ގދ.ތިނަދޫ ޖަލްސާގައި ޝިދާތާ ވާހަކަ ދައްކަނީ -- ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި ދުވަހަކު ވެސް އިސްލާމްދީން ހިމާޔަތްވެފައި ނުވާ މިންވަރަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ހިމާޔަތް ވެގެން ދާނެ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާރޓީތަކުން ގދ. ތިނަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޝިދާތާ ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނޫން އެހެން ސަރުކާރަކުން އިސްލާމްދީން ހިމާޔަތްކުރަން މަސައްކަތް ނުކުރާނެ ކަމަށް އެ މަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝިދާތާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމުގެ އަމަން އަމާންކަން ގެއްލި، އެތައް ފުރާނައެއް ގެއްލެމުންދާ ކަމަށެއެވެ. ޤައުމު ފަސާދަވެފައިވާ ކަމަށާއި، މި އަނދަވަޅުން ޤައުމު ސަލާމަތް ކުރުމަށް އަންނަމަހު އޮންނަ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ ހޮވަންޖެހޭ ކަމަށެއެވެ.

ޝިދާތާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އިންތިހާ ދަރަޖައަށް ވައްކަން ކޮށްފައިވާ ކަމަށާއި އެކަން ވަރިހަމަ ކުރެވެން ނެތް ކަމަށާއި، ވައްކަން ވަރިހަމަ ނުވާ ސަބަބަކީ އެ ވައްކަމުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބުރަވެފައިވާތީ ކަމަށެއެވެ.

މިހާރު ރައްޔިތު މީހާގެ ޖީބުން ކަރަންޓް ބިލަށް އިހުނަށްވުރެ އިތުރަށް ދެތިން ހާސް ބޮޑުވެފައިވައިރު، ގެއަށް ވައްދާ ކާޑުކޮޅުގެ އަގުވެސް ބޮޑުވެފައިވާ ކަމަށާއި، އެއްޗެހި ހަމަ އަގުގައި ނުލިބިގެން އުޅޭ މައިގަނޑު ސަބަބަކީ މިހާރު އޮތް ސަރުކާރުގެ ވައްކަން އިންތިހާއަށް ދިއުން ކަމަށް ޝިދާތާ ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް