18 ޑިސެންބަރު 2018 | އަންގާރަ | 09 މުލަ
11 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:01
އަސްރު 15:27
މެންދުރު 12:06
އިރުއަރާ 06:04
ފަތިސް 04:47

ސެމްސަންގް ގެލެކްސީ9

އުރީދޫ އިން ސެމްސަންގް ގެލެކްސީ ނޯޓް 9 ރަސްމީކޮށް ތައާރަފުކޮށްފި

  • ފޯނު ގަތުމަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފައިވޭ
  • އުރީދޫ ޕޯސްޓްޕެއިޑް ބޭނުން ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް އިންސްޓޯލްމަންޓް ޕެކޭޖް ނެގޭނެ
ސިމާހާ ނަސީމް | sim_kamana

| 31 އޯގަސްޓު 2018 | ހުކުރު 22:46 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  3. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  4. ފެނަކަ އެމްޑީއަކަށް ސައީދު
  5. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  6. ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފި
  7. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  8. އިމާރަތްކުރި ކުންފުނިން ހުއްދަ ވެސް ނަގާފަ އެއް ނެތް، ބޯޑް ވެސް ނަގާފައި ވަނީ އެހެންކަމަކަށް: ސިޓީ ކައުންސިލް


އުރީދޫ އިން ސެމްސަންގް ގެލެކްސީ ނޯޓް 9 ރަސްމީކޮށް ތައާރަފުކުރަނީ -- އުރީދޫ

އުރީދޫ އާއި ސެމްސަންގް ގުޅިގެން ހުކުރު ދުވަހުގެ ރޭ ސެމްސަންގް ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ސެމްސަންގް ނޯޓް 9 ގަތުމަށް އުރީދޫ ކަސްޓަމަރުންނަށް ވަނީ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން 6 މަސް ދުވަހަށް ނުވަތަ 1 އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް، މަހަކު 5 ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ގަނެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ހިލޭ ޖީބީ

މަހުފީ (ރފ.)

މުއްދަތު

އިންސްޓޯލްމަންޓް ޕްލޭން

5 ޖީބީ

2,333

6 މަސް

ގެލެކްސީ ނޯޓް9 128 ޖީބީ

2 ޖީބީ

1,167

12 މަސް

5 ޖީބީ

3,033

6 މަސް

ގެލެކްސީ ނޯޓް9 512 ޖީބީ

2 ޖީބީ

1,517

12 މަސް

އުރީދޫ އާއި އެއްފަދައިން ދިވެހިންނަކީވެސް އައު ޓެކްނޮލޮޖީތަކާއި އީޖާދީ އުފެއްދުންތަކަށް ލޯބިކުރާ ބަޔަކަށްވުމަކީ އުރީދޫ އަށް ލިބިފައިވާ ވަރަށް ވެސް ބޮޑު އުފަލެއް އަދި ނަސީބެއް. މިކަމަކީ، އެއް ދުވަހުން އަނެއް ދުވަހަށް ކުންފުނި ކުރިއަރުވައި، ބައިނަލްއަޤްވާމީ މާކެޓުތަކުގައި ތައާރަފްކުރާ އެންމެ ފަހުގެ އީޖާދީ އުފެއްދުންތައް ވީހާވެސް އަވަހަށް ރާއްޖެއަށް ގެނައުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް. ސެމްސަންގް އާއި އެކު ގެލެކްސީ ނޯޓް 9 ރާއްޖޭގައި ލޯންޗުކޮށް، މި ފޯނު ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދޭ ޚާއްސަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފައި. ކުރިއަށް އޮތްތަނުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ، ރާއްޖޭގެ އަދި ބޭރުގެ ޕާޓްނަރުންނާއި ގުޅިގެން، ދިވެހިރާއްޖެއަށް ފައިދާކުރާނެ އަދި ދިވެހިން ބޭނުންވާފަދަ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

1,999ރ ގެ އަޕްފްރަންޓް ފީއަކާއެކު އުރީދޫ ޕޯސްޓްޕެއިޑް ބޭނުން ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް އިންސްޓޯލްމަންޓް ޕެކޭޖް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ލައިވް މިއުޒިކް ޝޯވއާއެކު ކުރިއަށް ގެންގޮސްފައިވާ ލޯންޗް އިވެންޓުގައި، އުރީދޫގެ ސީއީއޯ ނަޖީބް ޚާން އާއި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޖެނެރަލް މެނޭޖަރ އަދި ހެޑް އޮފް މޮބައިލް ބިޒްނަސް އާއި ޑައިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ. ވަންގް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް