24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރިޔާސީ އިންތިހާބު 2018

އިބޫގެ ވައުދު: 6 މަސް ތެރޭގައި އެސްއެމްއީ ބޭންކް ގާއިމުކޮށް، ލޯނު ދޫކުރާނަން

  • އެންމެ މުހިންމުކަމެއްދީގެން ހައްލުކުރައްވާނީ ބޯހިޔާވެހިކަމުގެ މައްސަލަ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 31 އޯގަސްޓު 2018 | ހުކުރު 22:12 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


އިބްރާހިމް މުހައްމަދު ސޯލިހް (ޢިބޫ) ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޚަބާ ކިޔަން ނުކުމެތިބި މީހުންނާ ސަލާމްކުރައްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ވެރިކަމުގެެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް ވުޖޫދުކޮށް، ލުއި ލޯންތައް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ.

ރާއްޖެޓީވީގެ "އިބޫ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން  އެމަނިކުފާނު ވިދާޅުވީ ބޯހިޔާވެހިކަމުގެ މައްސަލައަކީ މިވަގުތު ރާއްޖޭގައި އޮތް އެންްމެ ބޮޑު މައްސަލަ ގޮތުގައި ފާހަގަކުރެވިފައިވާކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތުގެ ތެރޭގައި އެންމެ މުހިންމު ކަމެއް ދީގެން ހައްލު ކުރައްވާނީ ބޯހިޔާވެހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ތެރެއިން "އެންމެންނަށް ބޯހިޔާވެހިކަން ހޯދައިދޭނެ" ކަމަށެވެ. އެގޮތުން ސިޔާސަތު އެއްކޮށް ތަންފީޒްކޮށް ނިމޭއިރު، ބޯހިޔާވެހިކަމަށް ބޭނުންޖެހިފައިވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ނިމޭއިރުގައި އިރާދަކުރެއްވިޔާ ރާއްޖޭގައި ނުހުންނާނެ ބޯހިޔާވެހިކަމެއް ނެތް އެއްވެސް މީހަކު" އިބޫ ވިދާޅުވި އެވެ. 

ބޯހިޔާވެހިކަމުގެ ވައުދު އިތުރަށް ތަފްސީލްކޮށް ދެއްވަމުން އިބޫ ވިދާޅުވީ ބޯހިޔާވެހިކަމުގެ ސިޔާސަތު 3 ނުވަތަ 4 ބަޔަކަށް ބެހިގެން ދާކަމަށެވެ. އެގޮތުން ފުރަތަމަ ބައެއްގެ ގޮތުން ގޯޗެއް ނެތް (ގެޔެއް ނެތް ފަރާތްތައް / ކުއްޔަށް ތަނެއް ހިފައިގެން އުޅުމުގެ ގާބިލްކަން ނެތް ފަރާތްތައް) ފަރާތެއްކަމުގައިވާނަމަ އަދި ފުދުންތެރިކަން ނެތް ފަރާތެއް ކަމުގައިވާ ނަމަ އެ ފުދުންތެރިކަން ލިބެންދެން ސަރުކާރުން ބޯހިޔެވެހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދެވަނަ ބަޔެއްގެ ގޮތުން އާމްދަނީ ލިބުނުކަމުގައިވިނަމަވެސް ތަނެއް ހިފައިގެން އުޅުމުގެ ގާބިލްކަން ނެތް އާއިލާތަކަށް ސަބްސިޑީޒް އުސޫލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. 

"މިސާލަކަށް ބާރަ ހާސް ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ މީހަކު، 7000 ރުފިޔާ ރެންޓަށް ދައްކާ ކަމުގައިވާނަމަ ދިރިއުޅުމެއް ނޫޅެވޭނެ. އެހެންމެ އެކަހަލަ ފަރާތްތަކަށް އަޅުގަނޑުމެން ސަބްސިޑައިޒްކޮށްދޭނަން ރެންޓް" އިބޫ ވިދާޅުވި އެވެ. 

ފްލެޓް ނުވަތަ ގެޔެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކޮށް، އިބޫ ވިދާޅުވީ ނަގާ ލޯންގެ އިންޓްރެސްޓް ބޮޑުވުމާއި، ޑިޕޮސިޓް ބޮޑުވުމަކީ ފާހަގަވެފައިވާ މައްސަލަތަކަށް ކަމަށެވެ. އެފަދަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން ޑިޕޮސިޓް ކުޑަކުރައްވާނެ ކަމަށާއި، ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސެހައިން ލޯނު ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. 

"އިންޓްރެސްޓް ކުޑަ ލޯނެއްގެ ދަށުން، ދިގު މުއްދަތުގައި ދެކޭނެގޮތަށް، ލޯނު ލިބޭ އުސޫލެއް ކަނޑައަޅަން. މިހާރުވެސް އަޅުގަނޑުމެން އިއުލާންކޮށްފައިވާނެ 6 ޕަސެންޓްގައި ލޯން ލިބޭ ގޮތް ހައްދަވައިދެއްވާނަމޭ، ދިގު މުއްދަތުގައި ދައްކާ ގޮތަށް. އަޅުގަނޑުމެން މި ބަލަނީ ގިނަވެގެން 5000 ރުފިޔާ ދައްކާ ހަލާސްކުރެވޭ ގޮތް ހެދުމަށް." އިބޫ ވިދާޅުވި އެވެ. 

އިބޫ ވިދާޅުވީ ގިނަވެގެން ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް (ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބޭންކް) ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ ބޭންކްގެ ތެރެއިން ލުއި ލޯނުތައް ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް