16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޗައިނާގެ މުސްލިމުން

ޗައިނާގައި މުސްލިމުންނަށް އަނިޔާ ކުރާތީ އދ. އިން ކަންބޮޑުވެއްޖެ

  • ހައްޔަރުކޮށްފައިވާ މުސްލިމުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އދ. އިން ވަނީ ގޮވާލައިފައި
  • އުއިގާރުގައި މުސްލިމުން ދިރިއުޅޭ ސަރަހައްދު "ޖަލަކަށް" ވަނީ ހަދާފައި: އދ.
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 31 އޯގަސްޓު 2018 | ހުކުރު 18:58 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


އުއިގާސްގެ މުސްލިމުންގައިގައި ސިފައިން ތަޅަނީ -- ޓްވިޓަރ

ޗައިނާގެ އުއިގާސް ދަރިކޮޅުގެ މުސްލިމް ދަރިކޮޅުންނަކީ ޓެރަރިސްޓުންކަމަށް ނިންމާ، ހައްދުފަހަނަ އަޅާފައިވާ އަނިޔާ އެ މީހުންނަށް ދޭތީވެ އދ. އިން ކަންބޮޑުވެއްޖެއެވެ.

އދ. އިން ވަނީ ޓެރަރިސްޓުންގެ ނަމުގައި ހައްޔަރުކޮށްފައިވާ މުސްލިމުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

ޗައިނާގެ ހުޅަނގުގެ ޒިންޖިއާންގައި މިލިއަނަކަށް ވުރެ ގިނަ އުއިގާސް ދަރިކޮޅުގެ މުސްލިމުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އދ. ގެ ރިޕޯޓުގައި ބުނެފައިވެއެވެ. ޗައިނާ އިން ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ބައެއް ފަރާތްތައް ހައްޔަރު ކުރާ ކަމަށް ވަނީ އެއްބަސްވެފައެވެ.

ޓެރަރިސްޓުންނަކީ ކޮބައިކަން ޗައިނާގެ ގާނޫނުގައި ސާފުކޮށް މާނަ ކޮށްފައި ނެތުމުގެ ސަބަބުން، އިސްލާމް ދީނަށް އުޅޭ އާދައިގެ މީހުންވެސް ޓެރަރިޒަމްގެ ގާނޫނު ދަށުން ހައްޔަރު ކުރާކަމަށް އދ. އިން ވަނީ ތުހުމަތު ކޮށްފައެވެ.

އދ.ގެ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން ކޮމިޓީން ބުނެފައި ވަނީ ޗައިނާގައި އުއިގާރު މުސްލިމުން ދިރިއުޅޭ ސަރަހައްދު "ޖަލަކަށް" ހަދާފައިވާ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އދ. އިން ވަނީ ޗައިނާއަށް ޖަވާބު ދާރީ ވުމަށް އެއް އަހަރުގެ ފުރުސަތެއް ދީފައެވެ.

މުސްލިމުން ހައްޔަރު ކޮށްގެން އެމީހުންގެ އަގީދާ ފުހެލުމަށް ޗައިނާ ސަރުކާރުން ހިންގާ މާ ސިންގާ ކޭމްޕްގެ ބޮޑު މިން އިންޑިއާގެ ދެބައިކުޅަ އެއްބައި ވަރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ. އެ ކޭމްޕްތަކުން ސަލާމަތްވި މީހަކު ބުނީ ޗައިނާގެ ސަރުކާރުން އެ މީހުންގެ އަގީދާ ފުހެލުމަށް ގަދަކަމުން ކަރުބުޑަށް ރާ ވެސް އަޅާކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗުންވެސް ވަނީ ޗައިނާގައި މުސްލިމުންނާ މެދު ތަފާތު ކުރާ ކަމަށް ބުނެފައެވެ. ޒިންޖިއާންގެ އާބާދީގެ 45 ޕަސެންޓަކީ އުއިގާރު މުސްލިމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބުލް ރަސީދު

6 މަސް ކުރިން

ޗައިނާ ވެސް އިސްރާއީލް ވިޔަސް މުސްލިމުންނަށް ދެމުންދަނީ ވަރަށް ވޭންދެނިވި އަނިޔާތަކެއް.އިންޑިޔާގަ މޮޑީ އެއް އައިފަހުން އެތަނުގައި ވެސް މުސްލިމުންނާ ދެކޮޅަށް ރާވާގެން ހިންގަނީ ބޮޑެތި ބިޔަ ޖަރީމާތައް ސީދާ މުސްލިމުން ނެތިކޮށް ފަނާ ކުރުމަށް

1
0