14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ރިޔާސީ އިންތިހާބު 2018

ވައްކަންތައް ހުއްޓާލައިފިނަމަ ދެ ގުނަ ތަރައްޤީ ގެނެސްދެވޭނެ: އިބޫ

  • އެންމެ ފުރަތަމަ އިސްކަން ދެއްވާނީ އަސާސީީ ހިދުމަތްތައް ފޯރުކޮށްދިނުމަށް
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 31 އޯގަސްޓު 2018 | ހުކުރު 18:52 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގދ. ފިޔޯރީގައި -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންކުރާ ވައްކަންތައް ހުއްޓާލައިފިނަމަ ދެ ގުނަ ތަރައްޤީ ގެނެސްދެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ތަރައްޤީ ގެނެސްދޭއިރު، އެންމެ ފުރަތަމަ އިސްކަން ދެއްވާނީ އަސާސީީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ފެނާއި، ނަރުދަމާގެ ނިޒާމްގެ ހިދުމަތް ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ފޯރުކޮށްދެއްވާނެކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވަނީ ފިޔޯރީގެ ބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. 

ފެނާއި ނަރުދަމާގެ ހިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދެވޭނެކަމަށާއި، ނަމަވެސް މި ސަރުކާރުން ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށް އިސްރާފުކުރާކަމަށް އިބޫ ވިދާޅުވި އެވެ. 

"މިހާރު ސަރުކާރުން އެ ކުރާ އިސްރާފުތައް، ވައްކަންތައް ހުޓަލެވިއްޖެނަމަ އެއީ ދެގުނަ ތަރައްޤީ އެއްފަހަރާކުރެވޭނެ ކަންތައްތައް" އިބޫ ވިދާޅުވިި އެވެ. 

ގދ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ކުރެވިދާނެ އަތޮޅެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެ އަތޮޅަކީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ އަތޮޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ގެސްޓް ހައުސް އިމާރާތްކުރުމަށް ހާއްސަ ލޯން ސްކީމެއް ތައާރަފްކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ލޯން ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

"ޓޫރިޒަމް ތަރައްޤީކުރާއިރު، ތަރައްޤީކުރާނެ އެނދުގެ އަދަދު ވަނީ ހިސާބުކުރެވިފައި. ޓޫރިޒަމް ސިޔާސަތު ހާމަކުރެވިގެންދާއިރު ތަފްސީލްތައް ހާމަވެގެންދާނެ" އިބޫ ވިދާޅުވި އެވެ. 

މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ މި ސަރުކާރުން މަހުގެ އަގު ކޮންޓްރޯލްކޮށް، މަހުގެ އަގު ވައްޓާލާފައިވާކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި މަހުގެ ހަގު ބޮޑުކުރައްވާނެކަމަށާއި، މަސްވެރިންނަށް ލޯންތަކަށް ހުށައެޅުމުގެ ފުރުސަތުވެސް ފަހިކޮށްދެއްވާނެެ ކަމަށް އިބޫ ވިދާޅުވި އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް