19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ބޮޑެތި ކޮރަޕްޝަންތައް ހިންގުމުގެ ކުރިން، ސަރުކާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަތް: އަލީ ހުސެއިން

  • ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭ ކަމަށް ވިދާޅުވި
  • އެންމެ މުހިންމު އިންސާނީ ހައްޤަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން
ސިމާހާ ނަސީމް | sim_kamana

| 31 އޯގަސްޓު 2018 | ހުކުރު 17:49 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ރައްޔިތުން މަޖިލީހުގެ ކެންދޫ ދައިރާގެ މެމްބަރު އަލީ ހުސެއިން އާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ބ. ކެންދޫގައި -- ފޮޓޯ: ރާއްޖެ އެމްވީ

މިސަރުކާރުން ބޮޑެތި ކޮރަޕްޝަނތަކާއި ވައްކަން ހިންގުމުގެ ކުރިން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދައިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ. އަތޮޅުގައި ކުރަމުންދާ ކެމްޕޭނުގެ ތެރެއިން ބ. ކަމަދޫގައި ރައްޔިތުންނާ ވާހަކަ ދައްކަމުން އަލީ ހުސެއިން ވިދާޅުވީ ޤައުމުގައި ބޮޑެތި ހިޔާނާތާއި ވައްކަމާއި ކޮރަޕްޝަނުގެ ބޮޑެތި ލާއިންސާނީ ހަޑި ހުތުރު އަމަލުތައް ހިންގުމުގެ ކުރިން މި ސަރުކާރުން ކުރި ކަމަކީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންގެ ކިބައިން ނިގުޅައިގަތުން ކަމަށެވެ.

ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮވެއްޖެނަމަ ޤައުމުގައި ހިނގާ ފަސާދައާއި ވައްކަމާއި ޖަރީމާތަކުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ އިންސާނުން ގެއްލުވާލާ ވާހަކައާއި، އިންސާނުން މަރާ ވާހަކަ ދިވެހި ރައްޔިތުން ދައްކާނެ ކަމަށެވެ. އަދި އެވާހަކަތައް ދައްކަފާނެތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ޤައުމެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެ މުހިންމު އެއް އިންސާނީ ހައްޤަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ މި ސަރުކާރުން ކަމަދޫގައި ނަރުދަމާ ނޭޅި އޮތީ ފައިސާ ނެތިގެން ނޫން ކަމަށެވެ. ޓެކްސްގެ ފައިސާ އިން އެކަން އެ ކަމަދޫ ރައްޔިތުންނަށް ރައީސް ޔާމީން ކޮށްދެއްވާފައިނުވާތީ ރައްޔިތުން އެމަނިކުފާނަށް ވޯޓު އަޅަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ. 

ރައީސް ޔާމީން ކަމަދޫއަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އަލީ ހުސެއިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ކަމަދޫ ރައްޔިތުން ރައީސް ޔާމީންއަށް ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއްވެސް ސިޔާސީ މީހަކު މި ކަމަދޫ އަށް އައިސް މި ކަމަދޫގެ ފެނުން ފެންވަރައިފިއްޔާ ލޮލުން ކަރުނަ އަޅާނެ އެ ދުވާ ވަހުން. އަޅުގަނޑުމެން އުޅެން ޖެހޭ ހާލަކީ މިއެއް ނޫން. އަޅުގަނޑުމެން އުޅެން ޖެހޭ ގޮތަކީ މިއެއް ނޫން. އަޅުގަނޑުމެން އުޅެން ޖެހޭނީ މިއަށްވުރެ އުފާވެރިކޮށް" އަލީ ހުސެއިން ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް