16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ އިންތިހާބު 2018

ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ރާއްޖެޓީވީގެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި

  • މައްސަލަ ބަލަނީ އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލާއި ޚިލާފުވެފައިވާކަމަށް ބުނެ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 31 އޯގަސްޓު 2018 | ހުކުރު 17:37 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ރާއްޖެޓީވީ - އެނެއްކާވެސް ރާއްޖެޓީވީގެ މައްސަލައެއް ކޮމިޝަނުން އަންނަނީ ބަލަމުން -- ފޮޓޯ: މުހައްމަދު ޝަރުހާން

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ރާއްޖެޓީވީގެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ. 

ރާއްޖެޓީވީއަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ރާއްޖެޓީވީން ވަގުތު ދިނުމަށް ހަމަޖެހިފައިވާގޮތް "އިންތިހާބީ ކެނޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލް" އާއި އެއްގޮތްވާ ގޮތުގެމަތިން އިއުލާންކޮށްފައިނުވާކަމަށް ބެލެވޭތީ ކޮމިޝަނުން މައްސަލައެއް ބަލަމުންގެންދާކަމަށެވެ. އަދި 2 ސެޕްޓެމްބަރުގެ ހެނދުނު 11:00 އަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީވުމަށް އަންގާފައިވާއިރު، މައްސަލާގައި ލިބިފައިވާ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު މައްސަލަ ނިންމާނެކަމަށްވެސް ސިޓީގައި ރާއްޖެޓީވީއަށް އަންގާފައިވެއެވެ. 

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީއަށް ފޮނުވި ސިޓީގައި "އިންތިހާބީ ކެނޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލް" ބައެއް މާއްދާތައް ވަނީ ހިމަނާފަ އެވެ. 

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުން ވެސް ވަގުތު ވިއްކާ ނަމަ، ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް އާންމުކޮށް އިއުލާން ކުރަންވާނެއެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ނުވަތަ ވަގުތު ވިއްކުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ޤާނޫނުގެ ދަށުން އާންމުކުރި އުސޫލުގައިވާގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ބްރޯޑްކާސްޓަރުން ހާއްސަކުރާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ، ވިއްކާކަމާއި ވިއްކާ އަގުތައް، އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރު އިއުލާންކުރަން ޖެހެއެވެ. 

ރާއްޖެޓީވީގެ އިތުރު މައްސަލައެއް ބަލަން ފަށާފައިވާއިރު، ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ދެއްކުމުގެ މަސައްކަތް ސްޓޭޝަނުން މިހާރުވެސް ގެންދަނީ ކުރަމުންނެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ވުޖޫދަށް ގެނައި ޤާނޫނުގެ ދަށުން ރާއްޖެޓީވީ މިހަތަނަށް 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. ބްރރޯޑްކާސްޓިން ކޮމިޝަނުން ގެންދަނީ ރާއްޖެޓީވީ ނައްތާލުމަށް ފުލުފުލުގައި މަސައްކަތްކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެޑަމް

6 މަސް ކުރިން

ސަރުކާރާ އެއްކޮޅަށް ޚަބަރު ފަތުރާ އަދި ޕްރޮޤްރާމްތައް ރާވާ ހިންގާ ކެމްޕެއިން ކޮށްދޭ އެތަކެއް މީޑިއާއެއް އޮއްވާ އިދިކޮޅަށް ބަސްބުނާ އެންމެ މީޑިއާއަކާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަކީ ސަރުކާރުގެ ލަދު ހަޔާތް ކުޑަކަމާއި ފިނޑިކަމާއި އާރެއް ބާރެއް ފެންވަރެއް ނެތްކަން ހާމަވާ ހެއްކެއް

0
0