15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ރިޔާސީ އިންތިހާބު 2018

ބ އަތޮޅުގެ 9 ރަށަކަށް ފައިސަލް ފެއްޓެވި ދަތުރުފުޅު ކިހާދޫން ނިންމަވާލައްވާއިފި

 • ބުރާސްފަތި ދުވަހު ފައިސަލް ވަނީ ފަސް ރަށަކަށް ވަޑައިގެންފަ
 • ހުކުރު ދުވަހު ފައިސަލް ވަނީ ހަތަރު ރަށައް ވަޑައިގެންފަ
 • ބ އަތޮޅުގެ ނުވަ ރަށުން ފައިސަލް އަށްވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފަ
މުހަންމަދު ވިސާމް | sampathmasiw

| 31 އޯގަސްޓު 2018 | ހުކުރު 17:32 | |

މަގުބޫލް

 1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
 2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
 3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
 4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
 5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
 6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
 7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
 8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


ބ އަތޮޅު ދޮންފަހުން ފައިސަލް އަށް ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފަ -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ފައިސަލް ނަސީމް ބ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ނުވަ ރަށަކަށް  ވަޑައިގެންނެވުމަށްފަހު އެ އަތޮޅު ކިހާދޫން ދަތުރުފުޅު ނިންމާލާއްވާއިފިއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ފެއްޓެވި ކެމްޕެއިން ދަތުރުފުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ރައްތިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވިއިރު، ފައިސަލް ވަނީ ނުވަ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ފައިސަލް ވަޑައިގެންނެވީ ފުޅަދޫ، ފެހެންދޫ، ހިތާދޫ، ތުޅާދޫ، ދަރަވަންދޫއަށެވެ. އަދި ބ އަތޮޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ބޮޑު ޖަލްސާ އެ އަތޮޅު ދަރަވަންދޫގައި ބޭއްވިކަން ފާހަގަކޮށްލެއެވެ.

އެ ޖަލްސާގައި ފައިސަލްގެ އިތުރުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ގާނޫނީ ވަކީލް ހިސާން ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންނާއި، މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ބައިވެރިވަޑައިގެންނެވި އެވެ.

ބ އަތޮޅު ފައިސަލް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން

އެއަށްފަހު ފައިސަލްވަނީ ހުކުރު ދުވަހު ދޮންފަނު، ކުޑަރިކިލު. ކެންދޫ، ކިހާދޫއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުފައި ފައިސަލް ވަޑައިގެންނެވި ނުވަ ރަށުން ވެސް އެމަނިކުފާނަން ހޫނު މަރުޙަބާއެއް ދަންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި ނުވަރަށަށް ދިމާވެފައިވާ މައްސަލަތަށް ކައުންސިލް މެދުވެރިކޮށް އޮޅުންފިލުވާ، ރަށުގެ މުހިންމުތަންތައް ފައިސަލް ވަނީ ބައްލަވާލައްވާފައެވެ.

ބ އަތޮޅަށް ފައިސަލް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށްފަހު، ހުކުރު ދުވަހުގެ ރޭ މާލެ ވަޑައިގަންނަވާނެއެވެ. އެއްފަހު ހޮނިހިރު ދުވަހު ފައިސަލް ކެމްޕެއިން ދަތުރުފުޅެއްގައި އިންޑިއާށް ވަޑައިގެންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް