22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ޖަޒީރާގެ ވެރިކަމެއްގައި ބްރިޖެއް ނޭޅޭނެ: މިނިސްޓަރު ސައީދު

  • އިދިކޮޅުގައި ތިބީ ހަތަރު މީހެއް ކަމަށް ވިދާޅުވި
  • ކްރެޑިޓް ނަގަން އުޅެނީ ފިނޑިކަމުން ކަމަށް ވިދާޅުވި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 31 އޯގަސްޓު 2018 | ހުކުރު 16:52 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


އޮކޮނޮމިކް މިނިސްޓަރު ސައީދު - ސައީދު ވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައި -- ފޮޓޯ: އަޒުމޫން އަހުމަދު

ޖަޒީރާ ރާއްޖޭގެ ނަމުގައި ވެރިކަންކުރުމަށް އަންނަ ބަޔަކަށް ބްރިޖެއް ނޭޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަކީނާ މަންޒިލްގައި ހުންނަ ޕީޕީއެމްގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޖަޒީރާ ވެރިކަމެއްގައި ރަށްރަށުން ނަރުދަމާއެއް ބަނދަރެއް ނަހަދާނެ ކަމަށެވެ. އަދި ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވިއްކުމަށް ބޭނުންކުރާ މެނިފެސްޓޯ އެކުލަވާލާފައިވާ މެނިފެސްޓޯގައި ތަރައްޤީގެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ރައީސަކު ރައްޔިތުންނަށް ގެނެސްދެއްވާނެ އެންމެ ބޮޑު ހަދިޔާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަންކޮށްދެއްވީ ރައީސް ޔާމީން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހުރިހާ ކަމެއް ކުރެއްވުމުން ބްރިޖުގެ އޯނާރޝިޕް ނެގުމަށް އިދިކޮޅު ހަތަރު މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުވިގެންދިޔަ ބުރިޖުގެ ވާހަކަ ދައްކަނީ ހަމައެކަނި ދިވެހިރާއްޖޭގެ ރައްޔިތުން އެކަންޏެއް ނޫން ކަމަށާއި އެވާހަކަ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ބްރިޖުގެ މަސައްކަތްތަކާއި ޓެކްނޮލޮޖީގެ ވާހަކަ ދުނިޔޭގެ ތިރީހަށްވުރެ ގިނަ ގައުމުތަކުން ބުރާސްފަތި ދުވަހުގެ ރޭ އެކަނިވެސް ދެއްކި ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބްރިޖުގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްޤެއް އިދިކޮޅު ލީޑަރުންގެ ނެތް ކަމަށާއި ބުރިޖު އެޅުމުން އެކަމުގެ ކްރެޑިޓް ނަންގަވަން އެބޭފުޅުން އުޅެނީ ފިޑިކަމުން ކަމަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިސީ

6 މަސް ކުރިން

ތިޔަގޮތައް ބްރިޖް ނޭޅޭނެ އެއްބަޔަކަށްވެސް 100މިލިއަން އަށް އެޅެންއޮތް ބްރިޖެއް 300 މިލިއަންއަށް ރުފިޔާ ޙަރަދުކޮއްފި ކީޚޭބުނާނީދެން؟ އަނެއްކާ ރޭގަ ހަވާ އެރުވީވެސް ކުޑަ އަގެއްދީގެން 45މިލިއަން ރުފިޔާ ކަމަށްވަނީ އެކަމަށްހަރަދުވީ އެންމެ 5މިނެޓަޢް އެހުރިހާފައިސާއެއް ހަވަޔައް އަރައިގެން އެދިޔެއީ އެންމެ 5މިނިޓްތެރޭގަ ކިތައތަށުގެ ނަރުދަމާޔާއި ކިތައްރަށުގެ ޖަނަރޭޓަރު ނޫނީ ކިތައް ކުދިންގެ ސްކޮލާޝިޕް އެކަމުވެސް އެއްބަޔަކު ތިބެގެން އަތްޖަހަނީ

0
0