18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ފައިސަލްގެ ސުވާލު: ސަރުކާރުގެ ވެރިނަނަން ތާއަބަދު ބާރުގައި ތިބެވިދާނެތޯ؟

  • ކަމަދޫން 90 ޕަސެން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިގެންދާނެ
  • ކަމަދޫގެ ފެނާ ނަރުދަމާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ގާއިމް ކުރާނަން
  • ކަމަދޫން ފައިސަލް އަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފަ
މުހަންމަދު ވިސާމް | sampathmasiw

| 31 އޯގަސްޓު 2018 | ހުކުރު 16:38 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ކަމަދޫއަށް ފައިސަލް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިނަށް ގާނޫނު އިމުގެ ބޭރުންކަންކަން ކުރައްވަން ތާއަބަދު އާރާ ބާރުގައި ނުތިބެވޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަބު ބ. އަތޮޅު ކަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް މިއަދު ފެންނަނީ ސިޔާސީ ހަރަކާތަށް ރައީސް ޔާމީންގެ ސަރުކާރަށް ހުރަސް އަޅަމުންދާ މަންޒަރުކަމަށެވެ. ނައިފަރުގެ އެމްޑީޕީގެ ހަރުގެ ބަންދުކުރި މައުލޫމަތު ލިބިފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުޝަތު ލިބެންޖެހޭ ކަމަށެވެ.

އިބޫ ކެމްޕެއިން ކުރައްވަމުންދާއިރު، އެމަނިކުފާނަން އެކި ގޮތްގޮތުން ތަފާތު ހުރަސްތަށް ދަނީ ކުރިމަތިކުރުވަމުންކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އިބޫ ހުޅުމާލެއަށް ކެމްޕެއިން ވަޑައިގަތުމުން އެމަނިކުފާނަން ހަމަލާދޭން އުޅުނު މައްސަލަގެ ތަޙްގީގަށް ކުރިއެރުން ނުލިބޭ ކަމަށެވެ. އަދި އައްޑޫ ސިޓީގެ އެމްޑީޕީގެ ޖަހައަށް ދިން ހަމަލާ މައްސަލަ ވެސް ތަހްގީގް ނުކުރާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ކޮލަމާފުށީން ހައްޔަރުކުރި 18 ޒުވާނުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުން އަދުލު އިންސާފް ނިޒާމްގައި ކަންހިގަމުން އަންނަ ގޮތާއި މެދު މިއަދު ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.

ކަމަދޫ ބަނަދަރު ސަރަހައްދުން ފައިސަލް އަށް މަރުޙަބާ ދަންނަވާނީ

މީގެ އިތުރުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ކަމަދޫގެ ފެނާ ނަރުދަމާ ގާއިމް ކޮށްދެވާނެ ކަމަށް އިބޫ ވެވަޑައިގެންނެވި ވައުދުގައި ހަގީގީ ކުލަޖައްސަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި އިންތިހާބުގައި ކަމަދޫން 90 ޕަސެންޓްގެ ތާއިދެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ބ އަތޮޅު ކަމަދޫއަށް ފައިސަލް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް