
| 31 އޯގަސްޓު 2018 | ހުކުރު 16:33 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ގދ. ފަރެސްމާތޮޑާގެ އެއާޕޯޓުގެ މަސައްކަތް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ވަރަށް އަވަހަށް ނިންމައި އެތަނުން ހިދުމަތް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.
ފަރެސްމާތޮޑާއަށް ވަޑައިގަތުމަށްފަހު، އެ ރަށުގެ އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ހުކުރު ދުވަހު ވިދާޅުވީ ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް ކަމަށާއި އެގޮތުން މިއަހަރުގެ ރިޔާސީ ކެމްޕޭނަށް އެ އެއާޕޯޓުގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއާޕޯޓުގެ މަސައްކަތް މިހާތަނަށް ނިންމާލެވިފައި ނުވާ ކަމަށާއި އިންތިހާބާ ދިމާކޮށް ކޮންނަ ބޯޓެއް ގެނެސްގެން އެއާޕޯޓުގެ މަސައްކަތް ކުރާކަން ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިބޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި، އެތަނުން ހިދުމަތް ލިބޭނެ ގޮތް ފަރެސްމާތޮޑާގެ ރައްޔިތުންނަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަމާއެކު ތިޔަ ބޭފުޅުންނަށް މި ދަންނަވަނީ އެ އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލާ އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ވަރަށް އަވަހަށް އެތަނުގެ ހިދުމަތް ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައި ދޭނަން،" ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފަރެސްމާތޮޑާގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވިއެވެ.
ފަރެސްމާތޮޑާގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމަށް އިބޫ ވައުދު ވެވަޑައިގެންނެވިއިރު، ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގައި މިހާރު ވެސް ދެ އެއާޕޯޓް ހިންގައެވެ. އެއީ ގދ. ކާޑެއްދޫ އެއާޕޯޓާއި ގދ. ކޫއްޑޫ އެއާޕޯޓެވެ.
އިދާރީ ގޮތުން ދެ އަތޮޅަކަށް ބަހާފައިވާ ހުވަދު އަތޮޅުގެ ޖުމްލަ އާބާދީ 38،000 ވުރެ ގިނައެވެ. ހުވަދު އަތޮޅަކީ ރާއްޖޭގެ އަތޮޅެއްގައި އެންމެ ގިނަ ފަޅުރަށްތައް ހުރި އަތޮޅެވެ. ގުދުރަތީ ވަސީލަތްތައް ގިނަ އެ އަތޮޅުގައި ފަތުރުވެރިކަން ދަނީ ފުޅާވަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް