24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ނަސްރު ލިބޭނީ ހައްގަށް، ހާލަތު ބަދަލުކުރަން ވޯޓުދެއްވާ: ފައިސަލް

 • އިންތިހާބު ކާމިޔާބުކުރާނީ 80 ޕަސެެންޓަށް ވުރެ ބޮޑު ތާއީދަކާ އެކު
 • ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ތަފާތުކުރުމެއް ނުގެންގުޅޭނަން
 • ދޮންފަނުން ފައިސަލް އަށް ވަނީ ހޫނު މަރުހަބާއެއް ދަންވާފައި
މުހަންމަދު ވިސާމް | sampathmasiw

| 31 އޯގަސްޓު 2018 | ހުކުރު 10:15 | |

މަގުބޫލް

 1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
 2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
 3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
 4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
 5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
 6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
 7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
 8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ދޮންފަނުން ފައިސަލްއަށް ވަނީ ހޫނު މަރުޙަބާއެއް ދަންވާފައި -- ރާއްޖެއެމްވީ

އަބަދުވެސް ނަސްރު ލިބިގެންދާނީ ހައްގަށް ކަމަށާއި މި ވޯޓަކީ ހާލަތު ބަދަލުކުރުމަށް ދެވޭ ވޯޓެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބ. އަތޮޅު ދޮންފަނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި އިންތިހާބު ކާމިޔާބު ކުރާނީ 80 ޕަސެންޓަށް ވުރެ ބޮޑު ތާއިދަކާ އެކުގައި ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކުގެ ތަރައްގީއަށް އިހުމާލު ވެފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މެމްބަރު އަލީ ހުސެއިން މި ދާއިރާގެ ތަރައްގީއަށް ކުރައްވާ މަސައްކަތް ވަރަށް ކައިރިން ފެންނިވަޑައިގަންނަވާ ކަމަށެވެ. އެހެން މަވެސް މިއަދު މި ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އަޑުއުފާ ނަމަ އެ ދާއިރާގެ ތަރައްގީއަށް ރައީސް ޔާމީންގެ ސަރުކާރުން އެންމެ އެކަށީގެންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދާ މަންޒަރު ކަމަށް ފައިސަލް ވިދާޅުވުއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ރަށުގެ ތަރައްގީއަށް މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެ ރަށެއް ނިސްބަތްވާ ދާއިރާގައި ހުރީ ކޮން ޕާޓީއަކަށް ނިސްބަތްވާ މެމްބަރެއްތޯ ނުބައްލަވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަކި ރަށެއް ތަފާތު ނުކުރައްވާނެ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާނީ ގައުމީ މަސައްކަތެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ދޮންފަނުން ފައިސަލް އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި

މީގެ އިތުރުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ދޮންފަނުގެ ނަރުދަމާގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ. އަދި އެރަށުގެ ބަނދަރުގެ މައްސަލައަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ދޮންފަނަން ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހިތްޗަށް ވަޑައިގަތުމުންގެ މަރުޙަބާ އެރަށުން ފައިސަލް އަށް ވަނީ ދަންނަވާފައެވެ. ބޮޑު ބެރާ އެކު ފައިސަލް އަށް މަރުހަބާ ދަންނަވާފައިވާއިރު، އެމަނިކުފާނު ވަނީ އެރަށު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ ހުޅުއްވައިދެއްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް