22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ސިނަމާލެ ބްރިޖް

ބްރިޖަކީ ދެ ރައީސުންގެ ގުޅުމުގެ ސަބަބުން އުފަންވި ބްރިޖެއް: މުއިއްޒް

  • އެއްވެސް މީހަކަށް މި ހަޤީޤަތް ބަދަލުނުކުރެވޭނެކަމަށް ވިދާޅުވި
ހައްވާ މުހައްމަދު | @hawwimd

| 30 އޯގަސްޓު 2018 | ބުރާސްފަތި 23:53 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ބްރިޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒް ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ސިނަމާލެ ބްރިޖަކީ ޗައިނާގެ ރައީސާއި, ރައީސް އަބްދުﷲ ޔަމީން އާއި ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން އުފަންވި ބްރިޖެއް ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖަކީ އެއްވެސް އިރެއްގައި އެއްވެސް ޒަމާނެއްގައި ކުރެވުނު ކަމަކުން އަދި މަގުފަހިވިކަމަކުން ލިބިފައި އޮތް ބްރިޖެއް ނޫން ކަމަށެއެވެ. ކޮންމެ މީހަކު ކޮންމެތާކު ކޮންމެވާހަކައެއް ދެއްކިޔަސް މި ހަޤީޤަތް ބަދަލުނުވާނެ ކަމަށް މުއިއްޒް ވިދާޅުވި އެވެ. 

މުއިއްޒް މިފަދައިން ވިދާޅުވެ، ވާހަކަފުޅުދެއްކެވިއިރު، ބްރިޖްގެ ޝުކުރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހައްޤުވާނެކަމަށާއި، ބްރިޖްގެ މޭސްތިރިޔަކީ ރައީސް ނަޝީދުކަމަށް ކުރީގެ ރައީސް ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ބްރިޖްގެ އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަމަށާއި، އެކަން ކުރެއްވީ ރައީސް މައުމޫންގެ ލަފާފުޅާއެކު އެމަނިކުފާނުކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މައުލޫމާތުވާގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ބްރިޖް އަޅާނެ ގޮތާއި ގުޅޭގޮތުން ހާއްސަ ދިރާސާތަކެއް ކުރެވިފައިވެއެވެ. އަދި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ކެބިނެޓުން ހުއްދަވެސްދީފައިވެއެވެ. 

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖް ފެނިވަޑައިގަންނަވާނަމަ ފަސްދާނުލެވިފައިވާ ދިވެހި ކާބަފައިންގެ ލޯފުޅުން އުފަލުގެ ކަރުނަ ހިލިގެންދާނެ ކަމަށެއެވެ. އަދި ބްރިޖް އެޅުމުގައި ކުރަންޖެހުނު ދިރާސާތަކަކީ އުދަގޫކަމެއް ކަމަށާއި އެއީ އެކަމުގެ އިލްމާއި ތަޖްރިބާ އާއި ފާއިސާއާއި ޚަރަދާއި ކަންކަމަށް ބަލާއިރު ބުރަ މަސައްކަތެއް ކަމަށް ހީފުޅުކުރެއްވުނު ނަމަވެސް އެއީ ކުރެވޭނޭ ކަމެއް ކަމަށާއި ވާނޭ ކަމެއް ކަމަށް ރައީސް ޔާމީން ދައްކުވައިދެއްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

 ރައީސް ޔާމީނަކީ ދުރުފެނިވަޑައިގަންނަވާ، ހުރަސްތަށް ގިރާކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެމަނިކުފާނަކީ ތަހައްޖީތަކާއި ގެއްލުންތަށް ފުޑުފުޑުކޮށްލައްވަން ދެނެވަޑައިގަންނަވާ ބޭފުޅެއް. ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނާއި ކުރިމަތިވި ހުރިހާ ހަނގުރާމަތަކެއްގައިވެސް ޒަހަމްވެވަޑައިގެން ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދެއްވަން ބޭނުންފުޅުވަނީ އެކަން އެދިވަޑައިގަންނަވަނީ. މިއީ ނަނާ ހުވަފެނެއް ނޫން. އެކަމަކު މިއީ ބިނާ ހުވަފެނެއް. މިއީ އަތްލެވޭ ހަޤީޤަތް. އުފާލިބޭ މަންފާ ލިބޭ އަވަސް ފަހި ރާސްތާ ، އެހެންކަމުން ރައީސް ޔާމީނުގެ މި ދުރުފެނިވަޑައިގަންނަވާ ކުޅަދާނަފުޅުކަމަށްޓަކާ އުފާކުރާން.އެމަނިކުފާނުގެ ހަރުދަނާ ޚާރިޖީ އިޤްތިސާދީ ސިޔާސަތަށް ޝުކުރުދަންނަވަން" މުއިއްޒު ވިދާޅުވިއެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވާފައިރު މި ރަސްމިއްޔާތަށް 3 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށާއި، މިއީ ބޭކާރު ޚަރަދެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ށޢޜޓޢ

5 މަސް ކުރިން

ކަލޯ ކްރެޑިޓް ބޭނުންވިޔަސް ތިއީ ބޮޑުވަރު

1
0