17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

އިބޫގެ ދަތުރުފުޅު ފަސްކުރަން އެދުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫން: ފައިސަލް

  • ކޮލަމާފުއްޓަށް އިބޫ ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސް ކުރެއްވުމަށް ފުލުހުން ވަނީ އެދިފަ
  • އިންސާފުން ބޭރުން ކަންކަން ކޮށްގެން ގައުމަށް ހަމަޖެހުމެއް ނާންނާނެ
  • ތުޅާދޫގައި ފައިސަލް ވަނީ އެމްޑީޕީ އޮފީސް ހުޅުއްވާދެއްވާފަ
މުހަންމަދު ވިސާމް | sampathmasiw

| 30 އޯގަސްޓު 2018 | ބުރާސްފަތި 19:05 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގއ، ކޮލަމާފުއްޓަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްދިނުމަށް ފުލުހުން އެދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބ އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތުޅާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް، ކެމްޕެއިން ކުރުމަށް ކޯލިޝަންގެ ކެންޑިޑޭޓަށް ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުން އިބޫގެ ދަތުރުފުޅު ފަސްކުރުމަށް އެދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"އާދެ މިއަދުވެސް އަޅުގަނޑުމެންނަށް މިފެންނަނީ މިހާރު ވަގުތު ކުޑަތަން ވެފައި ވާއިރު، އަޅުގަނޑުމެންގެ ކެންޑިޑޭޓަށް މިއަދު މި އޮތީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައި، އަޅުގަނޑުމެންނަން ދެންމެވެސް އަޑުއިވިގެން މި ދިޔައީ މިހާރުވެސް އަޑު އިވިގެން ދިޔައީ އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ ދަތުރުތަށް ފަސްކުރަން އެދުނު ވާހަކަ، އާދެ މިއީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަންތަށްތަކެއް ނޫން،" ތުޅާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވަހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ތުޅާދޫ އެމްޑީޕީ އޮފީސް ކުރިމަތީގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ

ފައިސަލް ވިދާޅުވީ ވަކި ބޭފުޅަކު ވެރިކަމުގައި ހުންނަވާތީ ގާނޫނު ތަންފީޒުކުރާ ފަރާތްތައް އިންސާފުން ބޭރުން ކަންކޮށްގެން ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށެވެ. އަދި ކޮލަމާފުށިން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު ހައްޔަރު ކުރިކުރުން ކުއްވެރިކުރައްވާ ފައިސަލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ބ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ފައިސަލް އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮންނަ ތުޅާދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ފައިސަލް ވަނީ ތުޅާދޫގައި އެމްޑީޕީގެ އޮފީހެއް ހުޅުއްވާދެއްވާފައެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ގާނޫނީ ވަކީލް ހިސާން ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް