17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ސިނަމާލެ ބްރިޖް

އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!

  • ބްރިޖް ހެދުމަށް 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީ ނަގާފައިވޭ
  • ބްރިޖަށް 200 މިލިއަން ޑޮލަރު ހޭދަވޭ
  • ބްރިޖް އެޅުމަށް އެމްޑީޕީ ސަރުކާރުގެ ކެބިނެޓުން ވެސް ނިންމާފައިވޭ
އަލީ ޔޫސުފް | AliYooosuf

| 30 އޯގަސްޓު 2018 | ބުރާސްފަތި 17:50 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


ޗައިނާ ސަރުކާރުގެ އެހީ އާއި ދިވެހި ދައުލަތުގެ ބަޖެޓާއި ލޯނު އެހީން ހަދާފައިވާ ބްރިޖް -- ފޮޓޯ: މުހައްމަދު ޝަރުހާން

މިހާރު އެންމެ ހޫނުކޮށް ކުރެވޭ ބަހުސަކީ މާލެ އިން ހުޅުމާލެ އާށް ދަތުރުކުރުމަށް ހުޅުލެ އާއި މާލެއާ ދެމެދު ޗައިނާ ސަރުކާރުގެ އެހީގައި އެޅި ބްރިޖްގެ މިލްކުވެރިކަމާ މެދުގައެވެ. އެ ލިސްޓް ވަރަށް ދިގެވެ.

އެއް ބަޔަކު ބުނަނީ އޭގެ ކްރެޑިޓް ލިބެން ޖެހޭނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ކަމަށެވެ. އެ ތަސައްވުރެ އެންމެ ފުރަތަމަ ދިވެހިންނާ ހަމައަށް ގެންނެވީ އެމަނިކުފާނު ކަމަށެވެ. މި ވަގުތު ޖަލުގައި ހުންނެވި ރައީސް މައުމޫނު ވަނީ އެމަނިކުފާނުގެ ފަހު ދައުރުގައި ބްރިޖްގެ ވާހަކަ ވަރަށް ބޮޑަށް ދައްކަވާފަ އެވެ. އަދި 2008 ވަނަ އަހަރަށް އެ މަނިކުފާނު ކެމްޕެއިން ފެއްޓެވި އިރު ބްރިޖްގެ ހިޔާލީ ކުރެހުންތަކެއް ދިޔައީ ބޭނުންކުރައްވަމުންނެވެ. އަދި ވިހިވިހީގެ ތަސައްވުރުގެ ތެރޭގައި ވެސް ބްރިޖްގެ ތަސްވީރުތައް ދިޔައީ ކުރަހަމުންނެވެ. އަދި ބްރިޖެއް މި ވަގުތު އެތަނުގައި އެ އޮތީ އެ ބްރިޖްގެ ކޮޅު ގޮސް ގުޅޭ ހުޅުމާލެ ވުޖޫދަށް އައުމުން ކަމަށް ވެސް އެ ފަރާތްތަކުން އެ ދަނީ ބުނަމުންނެވެ. ފަޅު ހިއްކައި އެތަނަށް ހުޅުމާލޭގެ ނަން ދެއްވީ ރައީސް މައުމޫނެވެ.
އަނެއް ބަޔަކު ބުނަނީ އެ ބްރިޖް ހަގީގަތަކަށް ވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާ ވެސް ވަކި ކުޑަ ނޫން ކަމަށެވެ. ބްރިޖް އެޅުމަށް ދެ ސަރަހައްދެއްގެ ކުރެހުން ތައްޔާރުކުރައްވައި އޭގެ ފީސިބިލިޓީގެ މަސައްކަތްތައް އެމްޑީޕީ ސަރުކާރުގައި ކޮށްފައިވާތީއެވެ. ބްރިޖެއް ނޭޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ބުނާ ވީޑިއޯއެއް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މީސްމީޑިއާގައި އާންމުކުރިއެއް ކަމަކު ހަގީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. މާލެ އިން ހުޅުމާލެ އަށް ދަތުރުކުރުމަށް ބްރިޖް އެޅިދާނެ ދެ ކުރެހުމެއް އެމްޑީޕީގެ ވެރިކަމުގައި ގެންގުޅުނެވެ. ނަމަވެސް އެކަން ހަގީގަތަކަށް ހެދުމުގެ ކުރިން އޭރުގެ އިދިކޮޅު ފަރާތްތަކުން ނުކުމެ އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމަކީ އެކަން ނުވުން ކަމުގައި ބެލެން ނެތް ކަމަށް ބުނެވޭކަށް ނެތެވެ. އަދި 2013 ވަނަ އަހަރުގެ އިންތިހާބަށް އެމްޑީޕީން ގިޔަރު މައްޗަށް ޖައްސާލީ ހުޅުމާލޭގެ އިތުރުން ގުޅިފަޅުން ފެށިގެން ވިލިމާލެއާ އެކު ހުޅުމާލެއާ ހަމައަށް ބްރިޖަކުން ގުޅާލުމުގެ ތަސައްވުރާއެކުގައެވެ.

އެމްޑީޕީގެ ސަރުކާރުގެ ކުރު މުއްދަތުގައި ވެސް ހުޅުމާލެ އަށް ދެވޭނެ ބްރިޖެއް އެޅުމަށް މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. ދިރާސާތައް ދިޔައީ ކުރަމުންނެވެ.  މިއަދާ ޖެހެންދެން ރައީސް އޮފީހުގެ ވެބްސައިޓުން އެކަމުގެ ހެކި ވެސް ފެންނަން ހުއްޓެވެ. އޭރު ޝާޢިއުކޮށްފައިވާ ޚަބަރުތަކާއި ފޮޓޯތަކުން އެނގޭ ގޮތުގައި 20 ޑިސެމްބަރު 2011 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ފާސްކޮށްފައި ވެއެވެ. ނަމަވެސް އޭގެ ފަހުން ދެ މަސް ވެސް ނުވަނީސް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާ ގުޅިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ސަރުކާރު ވަނީ ބަދަލުކޮށްފައެވެ. މިހާރު 200 މިލިއަން ޑޮލަރުން ހަދައި ނިންމާފައި އޮތް އެ ބްރިޖަށް އޭރު ހަރަދުވާނެ ކަމަށް ބޭރުގެ ފަރާތްތަކުން ކުރި ދިރާސާތަކަށް ފަހު އަންދާޒާކޮށްފައި އޮތީ 70 އާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ.  އެހެންކަމުން އެ ވިސްނުމުގެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އޭގެ ކްރެޑިޓް އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ލިބެންޖެހެއެވެ. އެމަނިކުފާނުގެ ނާއިބަކަށް ހުންނެވި އަދި ފަހުން އެ ވެރިކަން ބަދަލުކޮށް ވެރިކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް އެކަމަށް އެކުވެއެވެ. އެމަނިކުފާނު ވެސް ވިދާޅުވަނީ ބްރިޖަކީ އެމްޑީޕީ އާއި ރައީސް ނަޝީދުގެ ތަސައްވުރެއް ކަމަށެވެ.

 

އެމްޑީޕީގެ ސަރުކާރުގައި 20 ޑިސެމްބަރު 2011 ގައި ބްރިޖް އެޅުމަށް ނިިންމި ވަޒީރުންގެ ބައްދަލުވުން

ކޮންމެޔަކަސް ބްރިޖްގެ މިލްކުވެރިކަމާ މެދު މި ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިވެފައެވެ. އެންމެ ބޮޑަށް އެކަމަށް ދައުވާކުރާ މީހުން ގަބޫލުކުރަނީ އެކަމުގެ ހުރިހާ ކްރެޑިޓެއް ހައްގީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ސަބަބަކީ ބްރިޖްގެ ކުރެހުމަށް އަމަލީ ސިފަ އައިސް ހަގީގަތަކަށް ވެގެން ދިޔައީ މި ސަރުކާރުގައި ކަމަށް ވުމެވެ. ބްރިޖްގެ މަސައްކަތް ފެށީ ރައީސް ޔާމީނު ކަމަށެވެ. ނިންމެވީ ވެސް އެމަނިކުފާނެވެ. ނަމަވެސް އޭގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގީ ބްރިޖްގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ޗައިނާ ސަރުކާރާ އެކު ހުރިހާ މަޝްވަރާތަކެއް ކުރައްވައި އެކަން ހަގީގަތަކަށް ހެއްދެވުމުގެ މޭސްތިރިއަކަށް ހުންނެވި އަދި މިހާރު ކުޑަ ގޮޅީގައި އިންސާނީ ހައްގުތަކުން ވެސް މަހްރޫމްވެފައި އޮންނެވި ނާއިބު ރައީސް އަހްމަދު އަދީބަށެވެ. އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަޕޯޓަރުން ވެސް އަދި އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ދަނީ އެކަމަށް ވަކާލާތުކުރަމުންނެވެ. މީސް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކާއި މެސެޖްތަކުގެ ސްކްރީން ޝޮޓްތަކުން އެނގޭ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބްރިޖްގެ އެއްބަސްވުން ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތްކުރެއްވީ އަހްމަދު އަދީބެވެ.

ހަގީގަތަކީ ބްރިޖް އަޅާފައި ވަނީ 200 މިލިއަން ޑޮލަރު (3.084 ބިލިއަން ރުފިޔާ) ރުފިޔާ ހޭދަކޮށްގެން ކަމެވެ. އަދި އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ. އެހެންކަމުން މުޅި ބަޖެޓުގެ އަގުގެ ގޮތުގައި ދިވެހިންގެ ބޮލުގައި ދައުލަތުގެ ބަޖެޓުން 185.04 މިލިއަން ރުފިޔާ އާއި ދަރަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ އެޅޭނެއެވެ. އެހެންކަމުން ހަގީގަތުގައި އެ ބްރިޖަކީ ދިވެހި ރައްޔިތުންގެ ޖީބުން ބޮޑު ހޭދައެއް ކޮށްގެން އަޅާފައިވާ ބްރިޖެކެވެ. ރައީސް ޔާމީނެކޭ އެއްވަރަށް އެމަނިކުފާނަށް ތާއިދުނުކުރާ އާންމު ރައްޔިތު މީހާ ވެސް ބްރިޖްގައި ހިއްސާވާނީ ގާތްގަނޑަކަށް ދާއިތި އެއްވަރަކަށެވެ. އެހެނީ ރައީސް ޔާމީނަކީ ވެސް ވިޔަފާރިއެއް ކުރައްވާ ބޭފުޅަކަށް ނުވާތީ ދައުލަތަށް ޓެކްސް ދައްކާނީ އާންމު ރައްޔިތު މީހާއާ އެއްވަރަށް ނޫނީ އެއަށް ވުރެ ކުޑަ މިންވަރަކަށެވެ. ސަބަބަކީ ރައީސް ޔާމީނަކީ އިތުރު ވިޔަފާރިއެއް ކުރައްވާ ބޭފުޅަކަށް ނުވާތީ އާއި ކެއިން ބުއިމަށް ވެސް ދައުލަތުން ހަރަދުކުރައްވާތީ މި 5 އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ފަރާތުން ދައުލަތަށް ލިބޭނެ އެއްވެސް އާމްދަނީއެއް ނެތުމެވެ. ނަމަވެސް އާންމު ރައްޔިތު މީހާގެ ކާ އެތިކޮޅާ ލާ އަންނައުނާއި ބޯ ފެން ފޮދުން ވެސް ދައުލަތަށް ޓެކްސް ދައްކާތީ ޗައިނާ އަށް ދައްކާ ލޯނުގައި ރައީސް ޔާމީނަށް ވުރެ އާންމު މީހާގެ ހިއްސާ މި ވަގުތަށް ބޮޑުވާނެއެވެ.

ކޮންމެއަކަސް މިހެން ގޮސް ބްރިޖްގެ ކްރެޑިޓް ދޭންޖެހޭ ލިސްޓްގެ ކޮޅު ދިގު ވެގެން ގޮސް މީގެ ބައި ގަރުނާ ހަމައަށް އެބަދެއެވެ. ބްރިޖްގެ ހިޔާލު އުފަންކުރުވި މީހުންނާ ހަމައަށް ކްރެޑިޓް ދޭންޖެހޭ މީހުންގެ ލިސްޓް ދާ ނަމަ މީގެ ބައިގަރުނު ކުރީގައި އެފަދަ ހިޔާލެއް އުފަންކުރުވި މީހުންނާ ހަމައަށް ދާންޖެހެއެވެ. އެގޮތުން ހޯރަފުށީގެ މަޝްހޫރު އަދީބެއް ކަމަށްވާ އާދަމް ސަލީމް މީގެ 60 ވަރަކަށް އަހަރު ކުރިން ހެއްދެވި ޅެމެއްގައި ވެސް ރަށްތައް ގުޅުވާ ފާލަމެއްގެ ވާހަކަ ދައްކަވާފައި ވެއެވެ.

ސަލީމްބެގެ ޅެމުގައި ވަނީ މިފަދައިންނެވެ:

ފެހި ފިޔާތޮށި ކުލައަކުން އާފާގު ޒީނަތްތެރިކޮށްފިޔޭ

     ކެހި ފުސްވިލާތައް އުދަރެހުން މުސްތަގުބަލެއް ދައްކައިފިޔޭ

އޮޅުދޫކަރައިގެ ހުޅަނގު ފަރާތުން ފެންނަ ކުދި ރަށްތައް
     ގުޅުވާ ދަގަނޑު ފާލަންތަކުން، ތަހުޒީބުވުން އާކޮށްފިޔޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް