18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ ރޭސް 2018

އިބޫ ކޮލަމާފުއްޓަށް ވަޑައިގަންނަވާނެ، ކެންޑިޑޭޓްގެ ސެކިއުރިޓީ ބަލަހައްޓާނީ އެމްއެންޑީއެފުން: މާރިޔާ

  • ފުލުހުންނަކަށް ވިދާޅެއް ނުވެވޭނެ ވަޑައިނުގަންނަވާށެކޭ
  • އެމްއެންޑީއެފުން ވަނީ ސެކިއުރިޓީ އިތުރުކޮށްދެއްވާފައި
  • ފުލުހުންގެ ކަމެއް އެތަނެއްގައި އަމަން އަމާންކަން ޤާއިމް ކުރުމަކީ
އަހުމަދު މުހުސިނު | dhonbandaara

| 30 އޯގަސްޓު 2018 | ބުރާސްފަތި 17:35 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަހަކަދައްކަވަނީ -- އާކައިވް

ފުލުހުން ބުނިނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ގއ ކޮލަމާފުއްޓަށް ވަޑައިގަންނަވާނެ ކަމަށާއި ގއ. އަށާއި ގދ. އަށް ކުރައްވާ ދަތުރުފުޅުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިމިވަނީ ގއ. ކޮލަމާފުށީގައި ބުދަ ދުވަހުގެރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ކުރައްވާ ދަތުރު ފަސްކުރަން ފުލުހުން އެދިފައިވަނިކޮށެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެހެންވެ، ކޮލަމާފުށީގެ ހާލަތު ހުރި ގޮތުން އެ ރަށަށް އިބޫ ކުރައްވާ ދަތުރު ފަސްކުރަން އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ.

ޝިފާންގެ ވާހަކަތަކާއި ގުޅިގެން ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުރާސްފަތި ދުވަހު މާރިޔާ ވިދާޅުވީ ހުވަދު އަތޮޅުން ރައީސް ޔާމީން ބަލިވެއްޖެ ކަމަށާއި އެހެން ވިދާޅުވަނީ ޑޯޓުޑޯ ހިންގަވާ ހިސާބު ޖެއްސެވުމަށް ފަހުގައި ކަމަށެވެ. މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބެމުން އަންނަ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި އެމަނިކުފާނު ރަށްރަށަށް ވަޑައިގެންނެވުމުން އެރަށަކުން ލިގެންދާ ތާއީދު އެތައް ގުނައަކުން އިތުރުވަމުންދާ ކަމަށެވެ.

"ހާމަކޮށްލިން ހުވަދޫން ރައީސް ޔާމިން ބޮޑުތަނުން ބަލިވެއްޖެއޭ. މިވާހަކަ މިދައްކަނީ އާދައިގެ ގޮތެއްގައި އެބޭފުޅުން ދައްކަވާ ގޮތެއްގައެއް ނޫން. ދޮރުން ދޮރަށް ހިނގާ، ހިސާބު ޖަހައި ދައްކަން ޖެހޭ ވާހަކަ ދައްކާފައި އަޅުގަނޑުމެން ބުނާއެއްޗެއް މީ. އޭގެ އިތުރުން އެންމެންނަށްވެސް އެނގޭ ކެންޑިޑޭޓް އެތަނަކަށް ވަޑައިގަތުމުން ތާއީދު އިތުރުވެގެން ދާކަން. ޚާއްޞަކޮށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ރަށްރަށަށް އަރުއްވާފައި ވަޑައިގަތީމަ އެތަނެއްގައި އޮންނަ ތާއީދު ދެގުނަ ތިންގުނަ އިތުރުވެގެން ދާތަން މި ފެންނަނީ" މާރިޔާ ވިދާޅުވިއެވެ.   

މާރިޔާ ވިދާޅުވީ ކޮލަމާފުއްޓަށް އިބޫ މިވަގުތަށް ވަޑައިނުގަތުމަށް އެދޭކަމަށް ޝިފާން ވިދާޅުވުމުން ހިތާމަކުރައްވާ ކަމަށާއި ކެންޑިޑޭޓްގެ ސެކިއުރިޓީ ބަލަހައްޓަވަނީ އެމްއެންޑީއެފުން ކަމަށެވެ. އަދި ކެންޑިޑޭޓަށް ފުރިހަމަ ސެކިއުރިޓީ ދެއްވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވަމުންދާއިރު އެބޭފުޅުންނަށް ކަމެއް ނުވިކަމަށް ދައްކަން ފުލުހުން އެފަދަ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ފުލުހުން އެގޮތައް ބުނިކަމުގައި ވީނަމަވެސް އިބޫ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ހަމަޖެހިފައިވާ ދުވަހަށް ގއ ކޮލަމާފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ފުލުހުންގެ ޒިންމާއަކީ އަމަންއަމާންކަން އެތަނެއްގައި ޤާއިމް ކުރުން. ތިމަންމެންނަށް އެކަން ކުރެވޭކަށް ނެތޭ ވިދާޅުވެ ހުއްޓާލެވޭގޮތަކަށް ނޫން މިރާއްޖޭގައި ޤާނޫންތައް ހެދިފައި ހުންނަނީކީ. އެމްއެންޑީއެފްގެ ކަމަކީ ކެންޑިޑޭޓަށް ސެކިއުރިޓީ ދިނުން. އެއީ މުޅިން ދެކަމެއް"މާރިޔާ ވިދާޅުވިއެވެ.

ކޮލަމާފުށީގައި ހަރަކާތްތެރިވާ އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ބުދަ ދުވަހުގެރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެމްޑީޕީގެ 18 މީހަކު ފުލުހުން ވަނީ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފަ އެވެ. ދެބައެއްގެ ދެމެދުގައި ހިނގި ކަމެއްގައި ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ހައްޔަރު ކުރީތީ ގިނަބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށާއި ފުލުހުންނަށް އަމާޒު ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް