17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބޮލީވުޑް

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

  • ބަންސާލީވަނީ މުމްބައީ އަށް ދިއުމަށް ނިންމުން
  • ފިލްމުގެ މަސައްކަތް މެދުކަނޑާލުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 29 ޖެނުއަރީ 2017 | އާދީއްތަ 16:36 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


"ޕަދްމަވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަލާ ދެނީ -- ގޫގުލް

ޖަޔަޕޫރުގުގައި ހުންނަ "ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަ ނުޖެހުން ހިންގައި، ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލަ ބަންސާލީއަށް ހަމަލާ ދިނުމުގެ ސަބަބުން ފިލްމްގެ މަސައްކަތް މެދުކަނޑަލުމަށް ފަހު ޖެއިޕޫރު ދޫކޮށް ދިއުމަށް ނިންމައިފިއެވެ.

 

ތާރީޚީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބަންސާލީ އުފައްދަމުން އަންނަ މި ފިލްމުގެ ޝޫޓީންގައި ފލްމްގެ ކުރޫއާ އެކު ހުކުރު ދުވަހު ޖެއިޕޫރުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން ފިލްމުގެ މަސައްކަތް މެދު ކނޑާލާފައި ވާއިރު ބަންސާލީ ވަނީ މުމްބައީ އަށް ދިއުމަށް ނިންމާފައެވެ.

 

ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ވިކްރަމް ސިންހަ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އެ ފިލްމުގައި ރާނީ ޕަދްމިނީއާ ގުޅޭ ގޮތުން ގެނެސްދީފައި ވަނީ ދޮގު މައުލޫމާތު ކަމަށާއި އެޕާޓީން މުޒާހަރާ ކުރަމުން ދަނީ ތާރީޚީ ގޮތުން ދޮގު މައުލޫމާތު ގެނެސްދޭތީ ކަމަށެވެ.

 

އެންމެ ފުރަތަމަ ވެސް ބަންސާލީގެ މި ފިލްމަކީ ޗިޓޯރުގެ ރަސްކަލުން ރަތަންސޭންގެ އަނބިކަނބަލުން ރާނީ ޕަދްމިނީ ( ޕަދްމާވަތީ ) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަން ހާމަ ކުރުމާ އެކު ރާޖަސްތާނަށް ނިސްބަތްވާ ޕަޓޭލް ނަވްނިރްމަ ޕާޓީން ވަނީ މި ފިލްމުގައި ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭ ނަމަ ފިލްމް އެއްވެސް ތަނެއްގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

 

ފުލުހުން ވަނީ ސެޓަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްފައެވެ. އަދި ބަންސާލީ އާއި "ޕަދްމާވަތީ"ގެ ޓީމަށް ފުލުހުން ސަލާމަތްތެރިކަން ދީފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި "ޕަދްމާވަތީ" ސެޓަށް ވަދެ ކާނި ސެނާ ޕާޓީގެ މެންބަރުން ވަނީ ފިލްމް ޝޫޓިންގައި ބޭނުންކުރަމުންދިޔަ ކެމެރާތަކާއި އެހެނިހެން އަގުބޮޑަތި ސާމާނުތައް ހަލާކުކޮށްފައެވެ. އަދި މުޒާހަރާ ކުރި މީހުންގެ ކިބައިން ބަންސާލީ ސަލާމަތް ކުރަން ފިލްމް ކުރޫއިން މަސައްކަތް ކުރި ނަމަވެސް ބަނަސާލީގެ ކަންފަތް މަތީގައި ޖަހާ ބޮލުގެ އިސްތަށިގަނޑަށް ދަމާ ތަން ވެސް އެވީޑިއޯއިން ފެނެއެވެ.

 

މިހަމަނުޖެހުން ހިންގިއިރު އެފިލްމުގައި ލީޑު ރޯލް އަދާކުރާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދް ކަޕޫރު އެވަގުތު ފިލްމް ސެޓްގައި ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓުން "ޕަދްމާވަތީ"ގެ ސެޓަށް ވަދެ ހަމަނުޖެހުން ހިންގި މި މައްސަލަ ބޮލީވޫޑްގެ ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް