20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ހިތާދޫން ފައިސަލް އަށް ބެރު ދުންމާރީގެ މަރުޙަބާއެއް!

  • ސަދުވާ ދަނޑި ހިފައިގެން ފައިސަލް އަރިހުގައި ދެ މީހުން ތިބި
  • ހަރުގެއަށް ފައިސަލް ގެންދެވީ ބެރު ޖަހަމުން
  • ކޮލަމާފުށީން 15 މީހުން ހައްޔަރުކުރުން ފައިސަލް ވަނީ ކުށްވެރިކުރައްވާފައި
މުހަންމަދު ވިސާމް | sampathmasiw

| 30 އޯގަސްޓު 2018 | ބުރާސްފަތި 13:49 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ހިތާދޫން ފައިސަލް އަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ބ އަތޮޅު ހިތާދޫން ބެރު ދުންމާރީގެ މަރުޙަބާއެއް ދަންނަވާއިފިއެވެ.

ބ އަތޮޅަށް ކުރާއްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ފައިސަލް ހިތާދޫއަށް ބުރާސްފަތި ދުވަހު މެންދުރު ވަޑައިގަތުމުން އެރަށު ބަނދަރު ސަރަހައްދުން ވަނީ ބެރު ދުންމާރީގެ މަރުޙަބާއެއް ދަންނަވާފައެވެ. ބެރު ދުންމާރިން މަރުޙަބާ ދަންނަވަނީ އިހުގައި ރަސްކަލުން ނުވަތަ ރަށްރަށުގެ ކަމޮށިވެގެންވާ ބޭފުޅުން ވަޑައިގަތުމުނެވެ. ފަހަކަށް އައިސް ބެރު ދުންމާރީގެ މަރުޙަބާ ފެންނަނީ އީދުގައި ކުރިއަށް ގެންދާ ސަގާފީ ކުޅިވަރު ތަކުގެ ތެރެއިންނެވެ.

ފައިސަލް ހިތާދޫ ބަނދަރު ސަރަހައްދުން އެރަށުގެ ހަރުގެ އަށް ވަޑައިގެންނެވި އިރު، ސަދުވާ ދަނޑި ހިފާއިގެން އެމަނިކުފާނަން މަރުޙަބާ ދެންނެވުމަށް ދެ މީހުން ދިއްބެއެވެ. އަދި ފައިސަލްގެ ކުރީގައި ހިތާދޫ ޒުވާނުން ދިޔައީ ބޮޑު ބެރު ޖަހަމުނެވެ. ހިތާދޫން ގިނަ އަދަދެއްގެ ރައްޔިތުން މަރުޙަބާ ދަންނަވަން ބަނދަރު ސަރަހައްދަށް ނުކުންނެވި އިރު، ބެރު ދުންމާރީގެ މަރުހަބާ ދެންނެވުމުގެ ގޮތުން ފައިސަލް އާއި އެކު އާންމު ރައްޔިތުން ވަނީ އަތް ޖަހަމުން އެރަށު އެމްޑީޕީ ހަރުގެ އަށް ވަޑައިގެންފައެވެ.

ފައިސަލް އަށް ވަނީ ޙޫނު މަރުހަބާއެއް ހިތާދޫން ދަންނަވާފައި -- ފޮޓޯ: ރާއްޖެ.އެމްވީ

ފައިސަލް އާއިކު ހިތާދޫ އަށް އުފަން ގާނޫނީ ވަކީލް ހިސާން ހުސެން ވެސް ވަނީ އެރަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކެއްޓްރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ.

މި ދަތުރުފުޅުގައި ފައިސަލް ވަނީ ފުޅުދޫގެ ފެހެންދޫ އަށް ވަޑައިގެންފައެވެ. ދެން ފައިސަލް ވަޑައިގަންނަވާނީ ތުޅާދޫ އަށެވެ. އެއަށްފަހު ދަރަވަންދޫ، ދޮންފަނު، ކެންދޫ، ކިހާދޫއަށް ފައިސަލް ވަޑައިގެންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް