13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ރިޔާސީ އިންތިހާބު 2018

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިންގައި އިސްކޮށް އުޅޭ މީހުން ހައްޔަރުކުރަނީ ރޭވިގެން: މާރިޔާ

  • ހުވަދޫ އޮތޮޅުންނާއި މުޅި ރާއްޖެއިން ރައީސް ޔާމީން ބޮޑުތަނުން ބަލިވުމުން ފެންނަމުންދާ މަންޒަރު މިއީ: މާރިއާ
މުހައްމަދު ފަޒީން | phaxyn

| 30 އޯގަސްޓު 2018 | ބުރާސްފަތި 13:47 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


ގއ. ކޮލަމާފުށިން ހައްޔަރުކުރި މީހުން -- ފޭސްބުކް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންގ މޭޓް ފައިސަލް ނަސީމުގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހައްޔަރު ކުރަމުންދަނީ ރޭވިގެން ކަމަށް އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މާރިއާ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވިދާޅުވީ އިބޫ ހުޅުމާލެއަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންނެވުމުން ބަޔަކު މީހުން ކެމްޕެއިނަށް ހުރަސްއަޅާ މާރާމާރީ ހިންގުމަށް މަސައްކަތްކޮށްފައިވާއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ކަރުބުރި ކޮށްލަން ޕީޕީއެމްގެ އެއްވުމެއްގައި ގޮވާލި މައްސަލަ ވެސް ތަހުގީގު ކުރަމުން ނުދާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެމްޕެއިން ކުރުމަށް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން ވެސް އެކި ގޮތް ގޮތުން ހުރަސްތައް ކުރިމަތި ކުރުވަމުންދާ ކަމަށް މާރިއާ ވިދާޅުވިއެވެ.

އެގޮތުން މާރިއާ ވަނީ ބުދަ ދުވަހުގެ ރޭ ގއ. ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު ހައްޔަރުކުރި މައްސަލައަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މާރިއާ ވިދާޅުވީ ޕީޕީއެމް ޕާލަމެންްޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު، ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި "ދަތްދޮޅި ދަށަށް އަތްކޮށްޕާލައިގެން ވިޔަސް" މިފަހަރު ސަރުކާރުން ހިންގާ ޕީޕީއެމްގެ ކެމްޕެއިން ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެފައިވަނިކޮށް، ބުދަ ދުވަހުގެ ރޭ ކޮލަމާފުށީގައި ހަމަނުޖެހުން ހިންގީ ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ހެނދުނު އެރަށަށް ފުލުހުން އަރާ 18 މީހަކު ހައްޔަރުކުރީ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭންގައި އިސްކޮށް އުޅޭ މީހުން ހައްޔަރުކުރަން ޕީޕީއެމުން ރާވާފައިވާ ގޮތުގެ މަތިން ކަމަށާއި އެ މީހުން ހައްޔަރުކުރުމުގައި އެއްވެސް ހަމައެއް އިންސާފެއް ނެތް ކަމަށް ވެސް މާރިއާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިއާ ވިދާޅުވީ ކޮލަމާފުށިން ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު ހައްޔަރުކުރީ ހުވަދޫ އަތޮޅުގައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިވެފައިވާ ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކޮލަމާފުށިންނާއި އެހެން ތަންތަނުން މީހުން ހައްޔަރުކުރި ވަރަކަށް ރައީސް ޔާމީނަށް ލިބިފައި އޮތް މަދު ވޯޓުކޮޅު ވެސް ގެއްލިގެންދާނެ ކަމަށެވެ. 

މާރިއާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކެމްޕޭން ކުރާނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ކަމަށެވެ.

ބްރިޖު ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް އެކަނި ވެސް ތިން މިލިއަން ޑޮލަރު ހަރަދުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެ މާރިޔާ ވަނީ އެ ކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން މާރިޔާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ފައިސާ ރައީސް ޔާމީންގެ ސިޔާސީ ބޭނުމަށް ހަރަދުކޮށްލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދްމަތްތައް ފޯރުކޮށްދެވިފައިނުވާއިރު، އެފަދަ ކަމަކަށް ބޮޑު ޚަރަދެއް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މާރިއާ ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް