22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރޮހިންޖާ މައްސަލަ

ސޫކީ އިސްތިއުފާ ދެއްވަން ޖެހޭ: އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ވެރިޔާ

  • ރޮހިންޔާ މައްސަލައިގައި އދގެ ރިޕޯޓް ބަލައިނުގަންނަކަމަށް މިޔަންމާއިންވަނީ ބުނެފަ
އަބުދުﷲ މުހައްމަދު | 8Abbo

| 30 އޯގަސްޓު 2018 | ބުރާސްފަތި 12:25 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އަންގ ސަންގ ސޫކީ -- ސީ.އެން.އެން

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ އަހަރު ހިންގި ޖަރީމާތަކާއި ގުޅިގެން އެގައުމުގެ ޑިފެކްޓޯ ލީޑަރު އަންގ ސަން ސޫކީ އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް މަގާމުގެ ދައުރު ހަމަ ކުރައްވާ ވަކިވެވަޑަގަންނަވާ އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުގެ ވެރިޔާ އަމީރު ޒައިދު ރާދު އަލް ހުސެއިން ވިދާޅުވެއްޖެއެވެ.

ބީބީސީގައި ވާހަކަދައްކަވަމުން ޒައިދު ވިދާޅުވީ އެކަމުން ރެކިވަޑައިގަތުމަށް އެކަމަނާ ދައްކަވަން އުޅުއްވާ އުޒުރުތަކާމެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެކަމަނާ ހުންނެވީ ކޮންމެވެސް ކަމެއް ކުރައްވަން ޖެހިވަޑައިގަންނަވާ މަގާމެއްގައި،" ޒައިދް ވިދާޅުވިއެވެ.

"އެކަމަނާއަށް ހަނު ހުންނެވުނީސް - ނޫނީ އެއަށްވުރެ ރަނގަޅުވީސް އެކަމަނާ އިސްތިއުފާދެއްވި ނަމަ"

އެކަމަނާއަކީ ބަރުމާ އަސްކަރިއްޔާގެ ތަރުޖަމާނަށް ވުމުގެ ބޭނުމެއް ނެތްކަމަށް ޒައިދު ވިދާޅުވިއެވެ. އަދި އަސްކަރިއްޔާއިން ހިންގި ކަންކަމަށް އިޝާރާތްކުރައްވައި އެ ކަންކަމަކީ ދޮގު މައުލޫމާތުތަކެއް ކަމަށް އެކަމަނާ ވިދާޅުވެގެން ނުވާނެކަމަށް ޒައިދު ފާހަގަކުރެއްވިއެވެ.

އޭގެ ބަދަލުގައި އެކަމަނާ ތައްޔާރުވެވަޑައިގެން ހުންނެވީ ރަމްޒީ ވެރިއެއްގެ ގޮތުގައި ކަމަށާއި އަދި އެއީވެސް އެފަދަ ހާލަތަކަށް ނޫންކަމަށް ވިދާޅު ވެވުނީސްކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު މިހެން ވިދާޅުވީ މިޔަންމާގެ އުތުރު ރަޚައިން ސްޓޭޓްގައި ދިރުއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން ހިންގި ހަރަކާތްތަކަކީ ޤަތުލުއާއްމެއް ކަމަށް އދއިން ސިފަކުރި ރިޕޯޓު ބަލައިނުގަންނަ ކަމަށް މިޔަންމާއިން ބުނެފައިވެނިކޮށެވެ.

މިޔަންމާ ސަރުކާރުން ބުނީ އދގެ ޓީމެއް މިޔަންމާއަށް ގޮސް، އެމައްސަލައިގެ ތަހުޤީޤެއް ހިންގުމަށް އެޤައުމުން ހުއްދަ ދީފައި ނުވާކަމަށާއި، އެހެންކަމުން އދގެ ރިޕޯޓު އެޤައުމުން ބަލައިނުގަންނަކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް