12 ޑިސެންބަރު 2018 | ބުދަ | 04 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ރިޔާސީ އިންތިހާބު 2018

ވަކި ފިކުރެއްގެ މީހުން ހައްޔަރުކުމަކީ ހިތާމަވެރިކަމެއް: ފައިސަލް

  • ކޮލަމާފުށިން ބަޔަކު ހައްޔަރުކުރުން ފައިސަލް ވަނީ ކުށްވެރިކުރައްވާފައި
  • ދެ ދުވަހުގެ މި ދަތުރުފުޅުގައި ފައިސަލް ބ އަތޮޅުގެ އަށް ރަށަކަށް ވަޑައިގަންނަވާނެ
މުހަންމަދު ވިސާމް | sampathmasiw

| 30 އޯގަސްޓު 2018 | ބުރާސްފަތި 10:18 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  7. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ފުޅަދޫގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް ވަކި ކުލައެއްގެ ފޮތި ދެމުމުން ހަޖަމްނުވާތީ ވަކި ފިކުރަކަށް ތާއިދުކުރާ މީހުން ހައްޔަރުމަކީ ހިތާމަވެރި ކަމެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުއްޖެއެވެ.

އާބާދީގައި ގާތްގަނޑަކަށް 390 މީހުން ދިރިއުޅޭ ބ. އަތޮޅު ފުޅަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ފުލުހުންނަން ކޯޓު އަމުރު ލިބެނީ ވަކި ފިކުރަކަށް ތާއިދުކުރާ މީހުން ހައްޔަރުކުރަން ކަމަށެވެ. ކޮލަމާފުށިން ބަޔަކު ހައްޔަރުކުރި ކުރުން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް މުއައްސަސާތަކުން ވަކި ފަރާތަކަށް ޖެހިގެން ކަންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވިސްނާ ނުލައި ވަކި ކަމެއް ހާސިލްކުރުމަށް ފުލުހުން ކުރާ ކަންމަކުން މަދާމާ ދެރަ ގޮތެއް މެދުވެރިވެދާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ގާނޫނާ އެއްގޮތަށް ކަންކަން ކުރުމުގެ ފުރުސަތު މިނިވަން މުއައްސަސާތަކަށް ލިބިގެންދާނެ ކަމަށާއި އެއްވެސް މީހަކަށް ގާނޫނީ އިމުގެ ބޭރުން ނޫޅެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފުޅަދޫން ފައިސަލް އަށް ވަނީ ހޫނު މަރުހަބާ ދަންނަވާފައި

ކޮންމެ ދަތުރަކުން ފެށިގެން ވެސް މި ފެންނަނީ ސަރުކާރުން ރަށުގެ ތަރައްގީއަށް އިހްމާލުވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ވަކި ކަންތައްތަކެއް ހާސިލްކުރުމަށް ކަންކަންކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ ރައްޔިތުންނަން އަސާސީ ހިދުމަތްތަށް ވެސް ނިލިބުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފުޅަދޫގެ ރައްޔިތުންނަން ފަށޭހަ ކަމާއި އެކު ލަފާ ފުރޭނެ ގޮތް ގާއިމްވެފައިވާ އޮންނަން ޖެހޭކަން ފާހަގަކުރަން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ލަފާ ފުރުމުގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ.

ފައިސަލް ފުޅަދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ޙޫނު މަރުޙަބާއެއް އެމަނިކުފާނަން ދަންނަވާފައެވެ. މި ދަތުރުފުޅުގައި ފައިސަލް ވަނީ ފުޅުދޫގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ ހުޅުއްވައިދެއްވާފައެވެ.  ދަތުރުފުޅުގައި ފައިސަލް ދެން ވަޑައިގަންނަވާނީ ފެހެންދޫ އަށެވެ. އެ އަށް ފަހު ހިތާދޫ، ތުޅާދޫ، ދަރަވަންދޫ، ދޮންފަނު، ކެންދޫ، ކިހާދޫއަށް ފައިސަލް ވަޑައިގެންނަވާނެއެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ގާނޫނީ ވަކީލް ހިސާން ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކެއްޓްރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް