23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އީރާނުގެ ނިއުކްލިއަރ މައްސަލަ

އީރާނުގެ ނިއުކްލިއަރ އެއްބަސްވުމާ މެދު އެ ގައުމުގެ ރޫހީ ލީޑަރު އުއްމީދު ކަނޑުއްވާލައްވައިފި

  • އެމެރިކާގެ ނިންމުމާ ޔޫރަޕް ދެކޮޅު
  • އެމެރިކާއިން ވަނީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިޔާދަކޮށްފައި
އަބުދުﷲ މުހައްމަދު | 8Abbo

| 30 އޯގަސްޓު 2018 | ބުރާސްފަތި 09:21 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ -- ގޫގުލް

އިރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ބޭރުވުމަށް ފަހު ވިލާތުގެ އިއްތިހާދަށް އެ އެއްބަސްވުން ދެމެހެއްޓިދާނެ ކަމާ މެދު ޝައްކު އުފައްދަވައި އެ އެއްބަސްވުމުން ދޫކޮށްލައްވަފާނެކަމުގެ އިންޒާރު އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވައިފިއެވެ.

އިރާނުގެ ރައީސް ހަސަން ރޫހާނީ އާއި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހާ އެކު ބުދަދުވަހު ބޭއްވެވި ބައްދަލުވުމުގައި ޚާމަނާއީ ވިދާޅުވީ "އިގްތިސާދީ މައްސަލައިގައި ނޫނީ ނިއުކްލިއަރ އެއްބަސްވުމުގައި ޔޫރަޕާ މެދު އުއްމީދު ކަނޑާލަން ޖެހޭ," ކަމަށެވެ.

ޚާމަނާއީ ވިދާޅުވީ ނިއުކްލިއަރ އެއްބަސްވުމަކީ ލަނޑުދަނޑިއެއް ނޫން ކަމަށާއި އެއީ އަމަލުކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި އެ ނިންމުމަށް ބަލާއިރު އެއީ އެގައުމުގެ ގައުމީ މަސްލަހަތާ އެއްގޮތަށް ހިނގާ ކަމަކަށް ނުވާއިރު އެ އެއްބަސްވުން ދޫކޮށްލެވިދާނެ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

"ހުތުރުކޮށް އަދި ކުރިމަތިލާ ޒާތަށް" އުޅުއްވާ އެމެރިކާގެ އޮފިޝަލުންނާ އެކު އާ އެއްބަސްވުމަކަށް ދިއުމަށް އީރާނުން މަޝްވަރާ ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާފައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންގެ އިތުރުން ޖަރުމަނާއި ވިލާތުގެ އިއްތިހާދާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އޭގެ ބަދަލުގައި އީރާނުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެއްބަސްވެފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމަކުން އީރާނުގެ ނުރައްކާތެރިކަން އެކަށީގެންވާ ވަރަށް ކުޑަނުކުރެވޭ ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ މެއި މަހުގެ ތެރޭގައި އެ އެއްބަސްވުމުން ވަކިވެ ވަޑައިގެން އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އޯގަސްޓް މަހުގެ ކުރީކޮޅު އިޔާދަކުރައްވާފައެވެ.

އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ބޭރުވެ ދަތިކުރުމުގެ ފިޔަވަޅުތައް އިޔާދަކުރުމަށް ނިންމުމާ އެކު ޔޫރަޕްގެ ބާރުތަކުން ގެންދަނީ އެ ގައުމުތަކަށް އީރާނުގެ ފަރާތުން ލިބެމުންދާ އިގްތިސާދީ ފައިދާތައް އެ ގޮތުގައި ދެމި އޮންނާނެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުނެވެ.

ޚާމަނާއީ ވަނީ އީރާނުން އެއްބަސްވުމުގައި ދެމި އޮތުމަށް ބޭނުން ނަމަ ޔޫރަޕުން ކޮށްދޭން ޖެހޭ ކަންތައްތަކެއް މެއި މަހުގެ ތެރޭގައި ކަނޑައަޅުއްވާފައެވެ. އޭގެ ތެރޭގައި އީރާނާ އެކު ޔޫރަޕްގެ ބޭންކަތަކަށް ވިޔަފާރި ކުރެވޭނެކަން ކަށަވަރުކުރުމާއި، އީރާނަށް ތެޔޮ ވިއްކޭނެކަން ކަށަވަރުކުރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް