20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ރިޔާސީ އިންތިހާބު

އިބޫ ވަޑައިގަންނަވާތީ ކޮލަމާފުށި އެއްކޮށް ރީނދޫކޮށް، ސަރުކާރު މުއައްޒަފުން ކުރީ ސަފަށް!

 • ރަށުގެ ގިނަ ސިވިލްސާވަންޓުން ފާޅުގައި ނުކުމެ ދަނީ ހަރަކާތްތެރިވަމުން
 • ހަގީގަތް އޮޅޭ ގޮތަށް ނިހާން ވަނީ ވާހަކަފުޅު ދައްކަވާފައި
 • އިސްވެ ހަމަނުޖެހުން ހިންގީ ޕީޕީއެމް ސަޕޯޓަރުން: ކައުންސިލް
އާމިނަތު ނުޒުހާ | nuzu8121

| 29 އޯގަސްޓު 2018 | ބުދަ 23:20 | |

މަގުބޫލް

 1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
 2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
 4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
 5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
 8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ގއ. ކޮލަމާފުށި -- ޓްވިޓަރ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މަރުހަބާ ކިއުމަށް ގއ. ކޮލަމާފުށި އެއްކޮށް ރީނދޫކޮށް، ސަރުކާރު މުއައްޒަފުން ވެސް ކުރިއަށް ނުކުމެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ކޮލަމާފުއްޓަށް އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ކޮލަމާފުށީގެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުއައްޒަފުން ވެސް ފާޅުގައި ނުކުމެ ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހުމަދު ރައޫފް ވިދާޅުވީ، ޕީޕީއެމްގެ ބަޔަކަށް އެކަންކަން ހަޖަމުނުވެގެން ނުކުމެ، ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އެ ރަށު އެމްޑީޕީ ހަރުގެ ކުރިމަތީގައި ދިދަފަތި ދެމި ކަމަށާއި ރައްދުގައި އެމްޑީޕީން ވެސް އެ ދިދަފަތިތައް ކައިރީގައި ދިދަފަތި ދެމުމުން، ދެބައި މީހުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްވެ ހަމަނުޖެހުން ހިންގީ ޕީޕީއެމްގެ އެކްޓިވިސްޓުން ކަމަށެވެ.

ރައޫފް ވިދާޅުވީ، އަނިޔާ ލިބުނީ އޭނާގެ އިތުރުން އެމްޑީޕީގެ އެހެން ސަޕޯޓަރަކަށް ކަމަށެވެ. އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ރައޫފް ވިދާޅުވިއެވެ.

ކޮލަމާފުށީގައި ބުދަ ދުވަހުގެ ހަވީރު ހިނގި ހަމަނުޖެހުމުގެ ތެރެއިން
 

އަނިޔާވެގެން އެއްވެސް މީހަކު ރަށުގެ ހެލްތު ސެންޓަރަށް ވެސް ނުގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައޫފް ވިދާޅުވީ ޕީޕީއެމްގެ ބޭނުމަކީ އިންތިޚާބު ގާތްވެފައިވަނިކޮށް، ކޯލިޝަނަށް ތާއީދު ކުރާ ގިނަ ބަޔަކު، ސިވިލް ސާވަންޓުން ވެސް ހިމެނޭ ގޮތުން ފާޅުގައި ނުކުތުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެ ރަށުން 15 ވަރަކަށް މީހުން ހައްޔަރު ކުރުން ކަމަށާއި އެ މީހުން ހައްޔަރު ކުރުމަށްޓަކާ ކޯޓު އަމުރެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން އެގޮތަށް ކުރިއަސް ކޯލިޝަނަށް ކޮލަމާފުށިން އޮތް ތާއީދު ހޮނިހިރު ދުވަހު ދައްކާލާނޭކަމަށެވެ.

އެ ރަށުގައި ހިނގި ހަމަނުޖެހުމަކީ ޕީޕީއެމުން އިސްވެ ހިންގި ހަމަނުޖެހުމެއް ކަމަށް ބުނެ، ހަގީގަތް އޮޅޭ ގޮތަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ބުދަ ދުވަހުގެ ރޭ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިހާން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތަށް ހުރަސް އަޅަނީ އެމްޑީޕީން ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ހިންގަނީ "ރިވެތި" ކެމްޕޭނެއް ނޫން ކަމަށެވެ.

"ހަމައެއާއެކު އަޅުގަނޑުމެންގެ ޖަގަހަ ކުރިމަތީގައި ދަމާފައި ހުރި ބޭނާތައް ތައްލާލުމުގެ އިތުރުން، 400އެއްހާ ހޮޅިދަނޑި ވައްޓާލައި އެއަށް ގެއްލުންދީފައިވޭ. އަދި ޖަގަހަ ކުރިމަތީގައި ހުރި ދިދަފަތިތަކާއި ޖަގަހަ ކުރިމަތީގައި ތައްޔާރުކޮށްފައި ހުރި ވަރަށް ހާއްސަ މޮނިއުމަންޓެއް ފާހަގައެއް ޖަހާފަ ހުރި، ސުންނާފަތިކޮށް ހަލާކުކޮށްލި. އަޅުގަނޑުމެންގެ އިސް ސަފުގައި މަސައްކަތް ކުރާ 10 ވަރަކަށް ކުދިންނަށް އަނިޔާވެ، ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމުގައި އަޅުގަނޑުމެންގެ ޓީމު ހަރަކާތްތެރިވޭ،" ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގައި ސަކީނާ މަންޒިލްގައި ހުޅުވާފައިވާ ތަނުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވިއެވެ.

ކޮލަމާފުށީގައި ބުދަ ދުވަހުގެ ހަވީރު ހިނގި ހަމަނުޖެހުމުގެ ތެރެއިން

ނިހާން އެގޮތަށް ވިދާޅުވިއިރު، ކޮލަމާފުށީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި އެމްޑީޕީގެ ދިދަތަތިތައް ހަލާލުކޮށްލުމުގައި ޕީޕީއެމްގެ އެކްޓިވިސްޓުން އިސްވެ ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ރައްދުގައި ޕީޕީއެމްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގި މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hues

8 މަސް ކުރިން

Manifesto ves sirru vaane. E ee vakkan kurun noon kameh no onnaathee.

0
0