19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ރޮހިންޔާ މުސްލިމުން

އދގެ ރިޕޯޓު ބަލައެއްނުގަންނަން: މިޔަންމާ

  • އދގެ ރިޕޯޓު އެކުލަވާލީ ގިނަ ބަޔަކާއި އިންޓަރވިއުކުރުމަށްފަހު
މިއުވާން މުހައްމަދު | Miuvaan

| 29 އޯގަސްޓު 2018 | ބުދަ 18:17 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


މިޔަންމާ ސިފައިންގެ ވަކިތަކުން ސަލާމަތްވުމަށް ރޮހިންޔާ ދަރިކޮޅުގެ މީހުން ބަންގްލަދޭޝްއަށް ދަނީ -- ގޫގުލް

މިޔަންމާގެ އުތުރު ރަޚައިން ސްޓޭޓްގައި ދިރުއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން ހިންގި ހަރަކާތްތަކަކީ ޤަތުލުއާއްމެއް ކަމަށް އދއިން ސިފަކުރި ރިޕޯޓު ބަލައިނުގަންނަ ކަމަށް މިޔަންމާއިން ބުނެފިއެވެ.

މިޔަންމާ ސަރުކާރުން ބުނީ އދގެ ޓީމެއް މިޔަންމާއަށް ގޮސް، އެމައްސަލައިގެ ތަހުޤީޤެއް ހިންގުމަށް އެޤައުމުން ހުއްދަ ދީފައި ނުވާކަމަށާއި، އެހެންކަމުން އދގެ ރިޕޯޓު އެޤައުމުން ބަލައިނުގަންނަކަމަށެވެ. 

އދގެ ރިޕޯޓުގައި ބުނެފައިވަނީ މިޔަންމާގެ އަސްކަރިއްޔާގެ ވެރިން ޤަތުލުއާއްމު ހިންގި މައްސަލައިގައި ޝަރީޢަތާއި ކުރިމަތިލާން ޖެހޭނެކަމަށެވެ. މިޔަންމާއަކީ ބައިނަލްއަޤްވާމީ ޖިނާޢީ ކުށްތަކާއި ބެހޭ ކޯޓު (އައި.ސީ.ސީ)ގެ މެމްބަރަކަށް ނުވިނަމަވެސް، މިޔަންމާ ސިފައިންގެ ވަކިތަކުން ސަލާމަތްވުމަށް ރޮހިންޔާ ދަރިކޮޅުގެ އެތައް ލައްކަ ބަޔަކު ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާތީ، އެކޯޓުގެ އިހުތިސާސް އެމައްސަލައިގައި ހިނގާނެކަމަށް ވަކީލުން ބުނެއެވެ. ބަންގްލަދޭޝްއަކީ އައި.ސީ.ސީގެ މެމްބަރު ޤައުމެކެވެ. 

މިޔަންމާ ސަރުކާރުން ބުނީ އދގެ ރިޕޯޓުގައި މިޔަންމާ ސިފައިން ހިންގާފައިވާކަމަށް ބުނާ ޤަތުލުއާއްމަކީ ހިނގާފައިވާކަމެއް ނޫންކަމަށެވެ. އަދި އިންސާނީ ހައްޤަކަށް އަރައިގެންފައިވާނަމަ، އެމައްސަލަތައް ބެލޭނެ ނިޒާމް މިޔަންމާގައި ޤާއިމްކޮށްފައިވާކަމަށާއި، އެމައްސަލަތައް ބަލާނީ މިޔަންމާއިން އަމިއްލައަށްކަމަށް ސަރުކާރުން ބުނެއެވެ. އަދި އެއްވެސް ފަރާތަކުން އިންސާނީ ހައްޤަކަށް އަރައިގެންފައިވާނަމަ އެމައްސަލަ ބަލައި، ފިޔަވަޅު އަޅާނެކަމަށް މިޔަންމާ ސަރުކާރުން ބުނެއެވެ. 

އދއިން ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން މިޔަންމާއިން އަމިއްލައަށް އިސްނަގައިގެން އިންކުއަރީ ކޮމިޝަނެއްވެސް އެކުލަވާލާފައިވާކަމަށް އެޤައުމުން ބުނެއެވެ.

މިޔަންމާގެ މައްސަލަ ބެލުމަށް އެކުލަވާލި މިޝަންގެ އެންމެ އިސްވެރިޔާ މަރްޒޫކީ ޑަރުސްމަން ޖެނީވާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އދގެ ރިޕޯޓު އެކުލަވާލީ އެތައް ސަތޭކަ ބަޔަކާއި އިންޓަރވިއުކޮށް، ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށްފަހުގައިކަމަށެވެ. އަދި މިޔަންމާގައި ހިންގި ޤަތުލުއާއްމަކީ ބޮސްނިއާ، ރުވާންޑާ އަދި ދާރްފޫރުގައި ހިންގިފަދަ ޖަރީމާތަކެއްކަމަށްވެސް އދއިން ވަނީ ސިފަކޮށްފައެވެ. 

ޤަތުލުއާއްމު ހިންގިކަމަށް މިޔަންމާގެ މައްޗަށް އދއިން ތުހުމަތުކޮށްފައިވާއިރު، ސަލާމަތީ މަޖިލީހުގައި ހިމެނޭ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސީވިލާތް އަދި ސްވީޑަންއިން ވަނީ ޤަތުލުއާއްމުގެ މައްސަލައިގައި މިޔަންމާގެ އަސްކަރީ އިސް އޮފިޝަލުން ޖަވާބުދާރީކުރުވަން ޖެހޭކަމަށް ބުނެފައެވެ. އެހެންނަމަވެސް ޗައިނާއާއި ރަޝިޔާއިން ބުނީ މިޔަންމާ ސަރުކާރާއި ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ހޯދުމަށް ބާރުއަޅާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް