23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީން ވިދާޅުވީ ވައްކަން ކުރައްވާ ވާހަކައެއް ނޫން، ތަރައްގީ ކުރައްވާ ވާހަކަ: ނިހާނު

  • ނިހާނު ވިދާޅުވީ ވައްކަން ކުރައްވާ ވާހަކަ ރައީސް ޔާމީން ވިދާޅު ނުވާކަމަށް
  • ނިހާނު ވިދާޅުވީ ރައީސް ޔާމީން ދެއްކެވީ ރާއްޖެ ތަރައްގީ ކުރައްވާ ވާހަކަ ކަމަށް
  • ނިހާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ އަބުރުފުޅަށް އަރައިގަންނަމުންދާ ކަމަށް
މުހައްމަދު ފަޒީން | phaxyn

| 29 އޯގަސްޓު 2018 | ބުދަ 18:06 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްުޔޫމް ވައްކަން ކުރައްވާ ވާހަކަ ވިދާޅުނުވާ ކަމަށާއި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އެމަނިކުފާނަށް ކުރެއްވެން އޮތް ގޮތަކަށް ކަންކަން ކުރައްވާނެ ވާހަކަފުޅު ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާނު ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވެފައިވަނީ އިތުރަށް ފައިސާ ހޯދައިގެން ނަމަވެސް ރާއްޖެ ތަރައްޤީ ކުރައްވާ ވާހަކަފުޅު ކަމަށެެވެ.

"ރައީސް ޔާމީން ވިދާޅުވީ ރ. ދުވާފަރުގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި އެޑްވާންސްކޮށް، އިތުރަށް ހޯދައިގެން، މަސައްކަތެއް ކޮށްގެންނަމަވެސް ދުވާފަރު ތަރައްގީ ކުރަން ބޭނުމޭ، ދުވާފަރު އެކަންޏެއް ވެސް ނޫން 187 ރަށް އެބައޮތް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ. މިއިން ކޮންމެ ރަށެއް ތަރައްގީ ކުރުމަކީ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގަ ބުނާ، ހާއްސަ ސިފަތަކެއް އެބަހުރި. ދައުލަތުގެ ކެރިފޯރުންތެރިކަން ލިބުނު މިންވަރަކުން ފެނާއި ނަރުދަމާއާއި ކަރަންޓާއި ދަރިވަރުންގެ ތައުލީމާއި މިހެން ހުންނަ ކަންތައްތައް ކޮށްދިނުމަށް ގާނޫނުއަސާސީ ލާޒިމް ކުރޭ، އެ މައްސަކަތް ކުރުމަށް ރައްޔިތުން ވޯޓުދީގެން ބަހައްޓާފަރާތަކީ ރައީސުލްޖުމްހޫރިއްޔާ،" ނިހާނު ވިދާޅުވިއެވެ.

ނިހާނު އެގޮތަށް ވިދާޅުވި ނަމަވެސް ރައީސް ޔާމީން ވިދާޅުވެފައިވަނީ މުޒާހަރާކުރަން މީހުން މިއަދު ނުނިކުންނަނީ އެ ޒުވާނުން ރައީސް ޔާމީން އުފެއްދި ވަޒީފާތަކުގައި އުޅޭތީ ކަމަށާއި އެހެންވެ، އެ ޒުވާނުންގެ މުސްތަގުބަލަށާއި ދުވާފަރުގެ ތަރައްގީއަށް "އެޑްވާންސްކޮށް ވައްކަން ކުރިޔަސް އެންމެ ރަނގަޅުތާ" ކަމަށެވެ.

"މާލޭއާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނައްތާލުމުގެ ނިޒާމް އަޅުގަނޑުމެން ގާއިމް ކުރަމުން މިގެންދަނީ އަދި މާލޭގެ ކުންޏާއި އެހެން ރަށްތަކުގައި ކުނި ނައްތާލުމަށްޓަކައި ކުނި އެންދޭނެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސަމުން މި ގެންދަނީ. އެހެންވީމަ ވަރިހަމަތާ އެޑްވާންސްއަށް ވައްކަން ކުރިއަސް" ރައީސް ޔާމީން ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުން ފާސްކުރި ބަޖެޓުތަކަށް އެމްޑީޕީގެ މެމްބަރުން ވޯޓް ދެއްވާފައި ނުވާކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ކަންކުރައްވާ ގޮތާއިމެދު ހަޖޫހަޖަހައި، ވަގަށް ގޮވާނަމަ ރައީސް ޔާމީނަށް ވިދާޅުވެވޭނެ އެންމެ ރީތިކޮށް ރައީސް ޔާމީން ވިދާޅުވީ ކަމަށްވެސް ނިހާނު ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުން ބަޖެޓަށް ވޯޓް ނުދެއްވާ ވާހަކަ މިސަރުކާރުން ދައްކަވާއިރު، ބަޖެޓާއި ގުޅޭގޮތުން އެމްޑީޕީގެ މެމްބަރު ދެއްކެވި ވާހަކަތަކާއި ހުށަހެޅުއްވި އިސްލާހުތައް ބަލައި ނުގަނެ، އެބަޖެޓްތައް ވަނީ މަޖިލީހުން ފާސްކޮށްފައެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް މަޖިލީހުގެ ތެރެއިން ސަރުކާރުން ގެންދިއައީ ކުރަމުންނެވެ. 

ނަމަވެސް ބަޖެޓަކީ އެއަށް އަމަލު ކުރުން ލާޒިމް އެއްޗެއް ކަމަށް ނިހާނު ވިދާޅުވިއިރު، ބަޖެޓްގައިވާ ގިނަ ކަންކަން ތަންފީޒު ކުރަމުންނުދާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންވެސް ތާއަބަދު ދައްކަމުންދާ ވާހަކައެކެވެ. އަދި ބަޖެޓްގައި ނުހިމެނޭ ކަންކަން ސަރުކާރުން ކުރަމުންދާތަންވެސް ފެންނަމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރަށުމީހާ

3 ހަފްތާކުރިން

ބަލަ ނިހާނު ތިޔަމާނަކުރަނީ ކޮން ބަހުރުވަޔަކުންތަ؟

0
0
ނިލަންދޫ

3 ހަފްތާކުރިން

ޔާމީން ވިދާޅުވީ ފޭރޭވާހަކަ

0
0
އައަްލާ އައްޑޫ

4 ހަފްތާކުރިން

މީއެށާއު ކޭމީހައް

0
0
އެޑަމް

4 ހަފްތާކުރިން

ރައީސް ޔާމީން ވިދާޅުވީ އެބޭފުޅާ ހައްޖަށް ވަޑައިގަންނަ ވާހަކަ ނޫންތޯ

0
0
ޖަޒިރާ

4 ހަފްތާކުރިން

ރައީސް ޔާމީން ތި ކުރާ މަސައްކަތަށް ސާބަސް

0
0