16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ފައިނޭންސިންގ ސްކީމް

އިނޮވޭޓިވް ފައިނޭންސިންގ އަދި ފަސޭހަ މަދަދު ފޭސް 2 ފައިނޭންސް ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

  • ހަތް މިލިއަން ހަތް ސަތޭކަ ދިހަ ހާސް ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވޭ
  • މި ސްކީމުގެ ދަށުން އެންމެ މަތީ އަދަދަށް ފަސް ލައްކަ ރުފިޔާ ލިބިގެންދާނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 29 އޯގަސްޓު 2018 | ބުދަ 17:07 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


އައްޑޫގައި ކުރިއަށްދިޔަ އެސްއެމްއީ ލޯން ސްކީމާ ގުޅޭ ވަރކްޝޮޕް -- އިކޮނޮމިކް މިނިސްޓްރީ

އިނޮވޭޓިވް ފައިނޭންސިންގ އަދި ފަސޭހަ މަދަދު ފޭސް ފައިނޭންސް ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިނޮވޭޓިވް ފައިނޭންސިންގ އަދި ފަސޭހަ މަދަދު ފޭސް 2 ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 10 ސެޕްޓެމްބަރުގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00 އިން 12.00 އަށް ކުރިއަށްދާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މީގެ ކުރިން ފޯމު ހުށަހެޅުމަށް ކަނޑައަޅާފައިވަނީ އޮގަސްޓް 30 ގެ ނިޔަލަށެވެ.

ފޯމު ބަލައިގަތުމުގެ ކަންކަން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހަތް ބިސްނަސް ސެންޓަރުންވެސް ފޯމު ބަލައިގަތުން ކުރިއަށްދާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިނޮވޭޓިވް ފައިނޭންސިންގ ސްކީމުގެ ދަށުން ހަތް މިލިއަން ރުފިޔާ ވަނީ ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަކީ، އުމުރުން 60 އަހަރުން ދަށުގެ ފަރާތްތަކަށް ވާން ޖެހެއެވެ. އަންހެން ބައިވެރިންނާއި ޒުވާނުންނަށް އިސްކަންދެވޭއިރު ޒުވާނުންގެ ގޮތުގައި ބަލާނީ އެޕްލިކޭޝަން ބަލައިގަންނަން ކަނޑައަޅާފައިވާ ތާރީހާ ހަމައަށް މީލާދީ ސަނަތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކެވެ.

މި ސްކީމުގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ 500,000 ރުފިޔާ އެވެ. އަދި އެންމެ ދަށް އަދަދަކީ 150,000 ރުފިޔާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް