
| 29 އޯގަސްޓު 2018 | ބުދަ 17:04 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ގުޅިފައިވާ ކޯލިޝަންގެ ސަރުކާރެއްގައި ރާއްޖޭގެ ގެސްޓް ހައުސްތައް ބޭރު ދުނިޔޭގައި އިސްތިހާރުކޮށް، ދިއްފުށީގައި އެ ވިޔަފާރި ފުޅާ ކޮށްދެއްވާނެކަމަށް ކޯލިޝަންގެ ރަނިންގް މޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ކ. ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އެ ރަށުން ފެންނަނީ ފާގަތި މުސްތަޤުބަލެއް ހޯދުމަށްޓަކައި ވިޔަފާރި ކުރާ ތަންކަމަށާއި ކޯލިޝަން ސަރުކާރުގައި އެ ރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާ ކޮށްދެއްވާނެ ކަމަށެވެ.
ދިއްފުށީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބިމުގެ ދަތިކަން ކަމަށާއި ކޯލިޝަން ސަރުކާރުގައި އެންމެ އިސްކަމެއް ދޭނީ ބިމުގެ ދަތިކަން ހައްލުކޮށްދީ، ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާ ވަހިކަން ފޯރު ކޮށްދިނުން ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އަދި އެރަށަށް ދިމަވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށާއި ރަށުގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން ސްޕްޝަލިސްޓް ޑޮކްޓަރުން ގެނެސްގެން ނަމަވެސް ސިއްހީ ނިޒާމު ރަގަނޅުކުރައްވާނެ ކަމަށާއި ރަނގަޅު އާއިލާއެއް ބިނާ ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ކޯލިޝަނުން އެންމެ އިސްކަންދޭ އެއް އަމާޒުކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ބައެއް ފަރާތްތައް ބޭސްފަރުވާއިން މަހުރޫމު ކުރާ ފަދައިން ކޯލިޝަން ސަރުކާރުގައި އަމަލު ނުކުރާނެ ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ސަރުކާރުން ބެހެން ނުޖެހޭ ކަންކަމާއި، ކޯލިޝަން ސަރުކާރުން ނުބެހޭނެ ކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކާއި ކޯލިޝަން ސަރުކާރުން ނުބެހޭނެ ކަމުގެ ޔަޤީންކަން ފައިސަލް ދެއްވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް