25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރިޔާސީ އިންތިޚާބު 2018

ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްދޭނަން: ފައިސަން ނަސީމު

  • ނަރުހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
  • ޑޮކްޓަރުންނާއި ނަރުހުންގެ އެކަށީގެންވާ އުޖޫރައެއް ދޭނަން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 29 އޯގަސްޓު 2018 | ބުދަ 16:29 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމު -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެއްގައި ނަރުހުންނާއި ޑޮކްޓަރުންނަށް އެކަށީގެންވާ އުޖޫރަ ލިބޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ކ. ހުރާއަށް ކުރައްވާ ދަތުރުފުޅުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ހިތްހަމަޖެހޭ މާހައުލެއްގައި ސިޔާސީ އެއްވެސް ފިއްތުންތަކެއް ނެތި މަސައްކަތް ކުރުމުގެ ފުރުސަތު ރައްޔިތުންގެ ހައްގުގައި ނަރުހުންނާއި ޑޮކްޓަރުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.

" ސިއްހީ ނިޒާމު ދުވަހެއް ދުވަހަކަށް ދޭންޖެހޭ ފަރުވާ ނުލިބި މިދަނީ ފެންވަރު ރަގަޅު ހިދުމަތް ނުދެވޭ މަންޒަރު. އަޅުގަނޑުމެންގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް ޔަގީންކަންދެން ތިބޭފުޅުން ކުރައްވާ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ލިބި ހިންހަމަޖެހޭނެ ފަދަ މާހައުލެއް ގާއިމްކޮށްދޭނަން." ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ފައިސަލް ވިދާޅުވީ ކުރިއަށް އޮތް މުސްތަގްބަލް އުޖާލާ ކުރުމަށްޓަކާއި ފެންވަރު ރަގަޅު ތައުލީމީ ނިޒާމެއްވެސް ގާއިމް ކުރައްވާނެ ކަމަށެވެ. އެގޮތުން ތަރައްގީގެ ގިނަ މުހިއްމު މަސައްކަތްތަކެއް ވެރިކަމުގެ ދައުރުގެ ކޮންމެ ދުވަހެއްގައި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ފައިސަލް ހާމަކޮށްފައިވާއިރު ނަރުހުންގެ މުސާރާއިގެ އޮނިގަނޑާމެދު ހިތްހަމަނުޖެހިގެން ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުން ވަނީ ނަރުހުންނަށް ލިބެމުންދިޔަ އެލަވަންސްތައް ކަނޑާލާ ބޭސިކް މުސާރަ 15 ޕަސެންޓަށް އިތުރުކޮށްފައެވެ.

މުސާރައަށް ގެންނަ ބަދަލާ ގުޅިގެން ހިތްހަމަނުޖެހިގެން ނަރުހުން ޕެޓިޝަނެއްގެ މަސައްކަތް ފަށާފައިވާ އިރު ވަރަށް ގިނަ ކަންތައްތަކެއް ވަނީ އެފަރާތްތަކުން ފާހަގަކޮށްފައެވެ. އެގޮތުން ރިސްކު އެލަވަންސް ކަނޑާލުމާއި ޝިފްޓް އެލަވަންސް ކަނޑާލުމާއި ސަރވިސް އެލަވަންސް އިން ސަލާމް ބުނާ ދުވަސްތަކަށް ކެނޑުމާއި މަސައްކަތުގެ ވަގުތު އިތުރު ކުރުމާ ގުޅިގެން ހިތްހަމަނުޖެހޭ ކަމަށް ނަރުހުން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް