22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

  • މައްސަލަ ކޯޓަށް ވައްދާފައިވަނީ އެމެރިކަން ސިވިލް ލިބަރޓީޒް ޔޫނިއަން އިން
ރުޝްދާ ރަޝީދު | rushdhar

| 29 ޖެނުއަރީ 2017 | އާދީއްތަ 13:50 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


ޓްރަމްޕާއި ދެކޮޅަށް ކުރިއަށްދާ މުޒާހަރާތައް -- ގޫގުލް

ރެފިޔުޖީން އެމެރިކާއަށް އެތެރެވުން ހުއްޓުވުމަށް އެގައުމުގެ ރައީސް ޑޮަލަންޑް ޓްރަމްޕް ސޮއި ކުރުމުގެ މައްސަލަ ނިއު ޔޯކް ސިޓީ ކޯޓުން ބެލުމަށްފަހު، އެއަމުރު ހުއްޓުވުމަށް އެކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލަ ނިއު ޔޯކް ސިޓީގެ ފެޑެރަލް ކޯޓަށް ވައްދާފައިވަނީ އެމެރިކަން ސިވިލް ލިބަރޓީޒް ޔޫނިއަން (އޭސީއެލްޔޫ) އިންނެވެ.

އެމެރިކާގައި މަދަނީ ހައްގުތަކަށް ވަކާލާތުކުރާ އޭސީއެލްޔޫއިން ބުނީ އެމެރިކާއަކީ ހިޖުރަކުރާ މީހުންނަށް އަބަދުވެސް ހިމާޔަތްދޭ ގައުމެއް ކަމަށާއި ޓްރަމްޕްގެ ގަރާރަކީ އެމެރިކާގެ ގާނޫނު އަސާސީ އާއި ހިލާފު އަމަލެއް ކަމަށެވެ. އޭސީއެލްޔޫ އިން ވަނީ އެގަރާރު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ. އެއް ގަޑިއިރު މައްސަލަ ދިރާސާ ކުރުމަށްފަހު، ކޯޓުން ނިންމީ އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ޓްރަމްޕް ގަރާރުގައި އިއްޔެ ސޮއިކުރުމާއި ގުޅިގެން، އެމެރިކާގެ ގިނަ އެއާޕޯޓުތަކުން ވަނީ ރެފިއުޖީންނާއި ހިޖުރަކުރާ މީހުން އެގައުމަށް އެެތެރެވިޔަ ނުދީ އެއާޕޯޓުގައި ހިފަހައްޓާފަ އެެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އެއާޕޯޓުތަކުގައި މުޒާހަރާކުރަމުންދާ އިރު، އެންމެ ބޮޑު މުޒާހަރާ ހިނގަމުންދަނީ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

މުސްލިމް ހަތް ގައުމެއްގެ ރައްޔިތުންނަށް ވިސާ ނުދޭ ގަރާރުގައި ރައީސް ޓްރަމްޕް ހުކުރު ދުވަހު ވަނީ ސޮއިކުރައްވާފައެވެ. ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުން ހުއްޓުވުމުގެ ނަމުގައި ފާސްކުރި މި ގަރާރުގައިވާ ގޮތުން ސީރިޔާ، އިރާގު، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން އެމެރިކާއަށް އަންނަ އެއްވެސް މީހަކަށް އެމެރިކާއިން ވިސާއެއް ނުދޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް