25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ ރޭސް 2018

ރައީސުލްޖުމްހޫރިއްޔާއަކު ދައްކަވަން ނުވާކަހަލަ ވާހަކަ ރައީސް ޔާމީން ދައްކަވާތީ ކަންބޮޑުވޭ: މާރިޔާ

  • އަޅުގަނޑުމެން ބޭނުންމެއް ނުވޭ ވާދަވެރިން ޖަލަށް ލާފައި އިންތިޚާބު ކާމިޔާބު ކުރާކަށް
  • އަޅުގަނޑުމެން ހިންގާނީ ޤާނޫނީ ވެރިކަމެއް
އަހުމަދު މުހުސިނު | dhonbandaara

| 29 އޯގަސްޓު 2018 | ބުދަ 15:37 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  6. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  7. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  8. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން


މާރިޔާ ޕްރެސް ދެއްވަނީ -- އާކައިވް

ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ މީހަކު ދައްކަވަން ނުވާ ކަހަލަ ވާހަކަތައް ފަހަކަށް އައިސް ރައީސް ޢަބްދުﷲ ޔާމީން ދައްކަވާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެންސްގައި ބުދަ ދުވަހު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވައިގެން ފަހަކަށް އައިސް ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން ދައްކަވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވައިގެން ދައްކަވަން ނުވާކަހަލަ ވާހަކަ ކަމަށާއި އެކަންކަމާމެދު ކަންބޮޑުވާ ކަމަށެވެ. އެޑްވާންސްކޮށް ވައްކަން ކުރާ ވާހަކަ ފަދަ ވާހަކަ ތަކަކީ ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކު ދައްކަވަންވާކަހަލަ ވާހަކަ ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އިންތިޚާބުތަކުގައި ވާދަ ކުރާނީ ވާދަވެރިން ބަންދުކޮށް ހަތަރެސްފައި ބަނދެފައި ބައިތިއްބައިގެން އިންތިޚާބު ކާމިޔާބު ކުރުމަށް ނޫންކަމަށާއި ރައްޔިތުންގެ ތާއީދު ހޯދައިގެން އިންތިޚާބުން މޮޅުވާން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވައިގެން މިފަހަކަށް އައިސް އެޑްވާންސްކޮށް ވައްކަން ކުރާ ވާހަކައާއި އެބޭފުޅާގެ ފައިބަނދެފަ ނެރޭ ވާހަކައާއި މިކަހަލަ ވާހަކަތައް ދައްކަވާތީ ކަންބޮޑުވޭ. ރައީސް ޔާމީނާ ޕީޕީއެމް ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ގެންގުޅޭ އާދަކާދައެއް ނޫނޭ އިދިކޮޅު ފަރާތްތައް ނުވަތަ އަޅުގަނޑުމެންނާ ވާދަކުރަން ނުކުމެދާނެ ފަރާތެއް ވިއަސް ޖަލަށްލައި ހުރިހާ ސިޔާސީ ލީޑަރުންތައް ރައީސް ޔާމިން ލެއްވިހެން ޖަލަށްލައި، ކެމްޕޭން ކުރުމަށް ފުރުސަތު ނުދީ، އަޅުގަނޑުމެންގެ ވެރިކަމެއް އައިމާ އަޅުގަނޑުމެން ކަންކުރާނީ އެހެންނެއް ނޫން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާނީ ހުރިހާ ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ކަމަށާއި އިބޫގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އޮންނާނީ ޤާނޫނީ ވެރިކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ﷲ އިރާދަކުރެއްވިއްޔާ ޤާއިމްކުރާ، އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އެ ޤާއިމް ކުރައްވާ ވެރިކަމުގައި އޮންނާނީ ޤާނޫނީ ވެރިކަމެއް. ޤާނޫން، ޤާނޫން އަސާސީ އެންމެ މައްޗަށް އޮންނާނީ. އެއަށް ތަބާވެގެން ހުރިހާ ބޭފުޅުންނަށްވެސް އުޅުއްވޭނީ" މާރިޔާ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ޕްރެސް ކޮންފަރެސްގައިވެސް ވަނީ ހަމަހަމަކަމާއި އިންސާފް ޤާއިމް ކުރުމަށް ބޭނުންވާނަމަ ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް އަދި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނަށް ތާއީދު ކުރާ އެންމެވެސް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް