16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރަޝިޔާގެ އަސްކަރީ ތަމްރީނުތައް

ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ

  • ރަޝިޔާގެ އިތުރުން ޗައިނާ އަދި މޮންގޯލިއާގެ ސިފައިން ބައިވެރިވާނެ
  • ތަމްރީނުތައް މޮނިޓަރ ކުރަމުން ދާނެކަމަށް ނޭޓޯއިން ވަނީ ބުނެފައި
މިއުވާން މުހައްމަދު | Miuvaan

| 29 އޯގަސްޓު 2018 | ބުދަ 03:37 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


މި ތަމްރީނުތަކުގައި ރަޝިޔާގެ އަސްކަރިއްޔާގެ ގިނަ ޔުނިޓްތަކެއް ބައިވެރިވާނެ -- ރޮއިޓަރސް

ފިނި ހަނގުރާމައިގެ ދުވަސްވަރަށްފަހު، ފާއިތުވި ސާޅީހަކަށް އަހަރު ތެރޭ ރަޝިޔާއިން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތަކަށް އެޤައުމުން ތައްޔާރުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ  11 އިން 15 އަށް ބާއްވާ މި އަސްކަރީ ތަމްރީނުތަކުގައި ރަޝިޔާގެ އިތުރުން ޗައިނާ އަދި މޮންގޯލިއާގެ ސިފައިން ބައިވެރިވާނެއެވެ. އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ރަޝިޔާގެ ދިފާޢި ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވީ މި ތަމްރީނުތަކުގައި 3 ލައްކައަށްވުރެ ގިނަ ސިފައިން ބައިވެރިވާނެކަމަށެވެ. އަދި ހާހަކަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓާއި، ރަޝިޔާގެ ކަނޑުގެ ސިފައިންގެ ދެ ފްލީޓުގެ އިތުރުން އެޤައުމުގެ އަސްކަރިއްޔާގެ އެއަރބޯން ހުރިހާ ޔުނިޓެއް ބައިވެރިވާނެކަމަށްވެސް ޝޮއިގޫގެ ބަޔާނުގައި ވެއެވެ.

ޝޮއިގޫ ވިދާޅުވީ މި ތަމްރީނުތަކަކީ މީގެ ކުރިން ދުވަހަކުވެސް ބާއްވާފައި ނުވާފަދަ ބޮޑު، އަދި މީގެ ކުރިން ދުވަހަކުވެސް އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިނުވާ އަދަދަށް ސިފައިން ބައިވެރިވާ ތަމްރީނުތަކެއްކަމަށެވެ. އަދި ތަމްރީނުތައް ކުރިއަށްދާނީ ހަނގުރާމައިގެ ޙާލަތާއި ވީހާވެސް އެއްގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ މެދުތެރޭ އަދި އިރުމަތީ ރަޝިޔާގައެވެ.

ތަމްރީނުތައް ކުރިއަށްދާ ވަގުތު ދިމާވަނީ ރަޝިޔާއާއި ހުޅަނގުގެ ޤައުމުތަކާއި، ޚާއްސަކޮށް ވިލާތުގެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅަކާއެވެ.

ރަޝިޔާއިން 2014 ވަނަ އަހަރު ކްރައިމިއާ ހިފި ފަހުންނާއި އަދި އިރުމަތީ ޔޫކްރެއިންގައި ރަޝިޔާ އަޑީގައި އޮވެގެން ހަމަނުޖެހުންތަކެއް އުފެއްދުމާއި ގުޅިގެން އިރުމަތީ ޔޫރަޕްގައި ނޭޓޯގެ ފައުޖުތައް ރުކުރުވާލާފައިވާކަމަށް އުތުރު އެޓްލާންޓިކްގެ އަސްކަރީ އިއްތިޙާދުން ވަނީ ބުނެފައެވެ. އަދި މި ތަމްރީނުތަކާއި ބެހޭ ގޮތުން މިދިޔަ މެއި މަހު ރަޝިޔާއިން ނޭޓޯއަށް މައުލޫމާތު ދީފައިވާކަމަށާއި، ތަމްރީނުތައް ކުރިއަށްދާ ގޮތް މޮނީޓަރކުރާނެކަމަށް އެޖަމާޢަތުގެ ތަރުޖަމާނު ޑިލަން ވައިޓް ވިދާޅުވިއެވެ. ރަޝިޔާއިން ވަނީ ތަމްރީނުތައް އޮބްޒަރވްކުރުމަށް މޮސްކޯގައި ތިއްބަވާ ނޭޓޯ ޤައުމުތަކުގެ މިލިޓަރީ އެޓާޝޭއިންނަށް ދައުވަތުވެސް އަރުވާފައެވެ. އެހެންނަމަވެސް އެދައުވަތާއި މެދު އަދި ގޮތެއް ނުނިންމާކަމަށް ނޭޓޯއިން ބުނެއެވެ.

ހުޅަނގުގެ ޤައުމުތަކުގެ އިތުރުން މި އަސްކަރީ ތަމްރީނުތަކާއި ގުޅިގެން ޖަޕާނުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގައި ރަޝިޔާގެ އަސްކަރީ ނުފޫޒު ބޮޑުވަމުންދާ މައްސަލައިގައި އެޤައުމުން މިހާރުވެސް ވަނީ ހިތްހަމަނުޖެހިފައެވެ. އަސްކަރީ ތަމްރީންތައް ކުރިއަށްދާ ދުވަސްވަރާއި ދިމާކޮށް ރަޝިޔާގެ އިރުމަތީގައި އޮންނަ ވްލަޑިވޮސްޓޮކްއަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށްވެއެވެ. ޖަޕާނުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ ޗައިނާއާއި ރަޝިޔާއާއި ދެމެދު ބަދަހިވަމުންދާ އަސްކަރީ ގުޅުމަށް ޓޯކިޔޯއިން ފާރަވެރިވެ އޮތްކަމަށެވެ.

ރަޝިޔާއިން ބާއްވާ އަސްކަރީ ތަމްރީނުތަކަށް ޗައިނާއިން 3200 ސިފައިންނާއި 900 ވަރަކަށް ހަތިޔާރު ޔުނިޓް ފޮނުވާނެކަމަށް ޗައިނާގެ ރަސްމީ ޚަބަރުފަތުރާ ވަޞީލަތްތަކުން ރިޕޯޓްކުރެއެވެ.

ތަމްރީނުތަކަކީ ހުޅަނގުގެ ޤައުމުތައް ރުޅިއަރުވަން ރަޝިޔާއިން ކުރާކަމެއްކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނެއްކަމަށްވާ ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ ރަޝިޔާއަށް ކުރިމަތިވަމުންދާ ބިރުތަކަށް ކުރިމަތިލުމަށް މިފަދަ ތަމްރީނުތަކަކީ މިވަގުތަށް މުހިއްމު ތަމްރީނުތަކެއްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް