20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އިނގިރޭސި ޕްރިމިއަރ ލީގު

މޮރީނިއޯއަށް އަދިވެސް އިތުބާރު އެބައޮތް: ޔުނައިޓެޑް

  • މޮރީނިއޯއަށް ޓީމު އަލުން ހަމަޔަކަށް އެޅުވިދާނެކަމަށް ޔުނައިޓެޑްގެ މެނޭޖްމަންޓުން ދެކޭ
މިއުވާން މުހައްމަދު | Miuvaan

| 29 އޯގަސްޓު 2018 | ބުދަ 03:30 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


މެޗަށްފަހު މޮރީނިއޯ ނޫސްވެރިންނާއި ވާހަކަ ދައްކަނީ -- ބީބީސީ

ޓޮޓެންހަމް އަތުން 3 – 0 އިން ބަލިވިނަމަވެސް ކޯޗު މޮރީނިއޯއަށް އިތުބާރު އެބަ އޮތްކަމަށް މެންޗެސްޓަރ ޔުނައިޓެޑުން ބުނެފިއެވެ.

މިއީ 1992 ވަނަ އަހަރުގެ ފަހުން ސީޒަނަެއްގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ 3 މެޗުގެ ތެރެއިން 2 މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވި ފުރަތަމަ ސީޒަނެވެ. އެހެންނަމަވެސް ސީޒަނުގެ ބާކީ ބައިގައި ޓީމު ހަމަޔަކަށް އެޅުވުމުގެ ޤާބިލްކަން މޮރީނިއޯގެ ކިބައިގައި އެބަހުރިކަމަށް ޔުނައިޓެޑްގެ މެނޭޖްމަންޓުން ޤަބޫލުކުރެއެވެ.

ތިނެއް ސުމަކުން ޓޮޓެންހަމް އަތުން ޔުނައިޓެޑްގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފަރޑްގައި ބަލިވި މެޗަށްފަހު ސަޕޯޓަރުންނަށް ހިތްވަރު ދިނުމަށް މޮރީނިއޯ ވަނީ ދަނޑުމަތީގައި މަޑުކޮށްފައެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ޑިފެންސާއި ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން މޮރީނިއޯ ދައްކާލީ އޭނާގެ ކަނާތު 3 އިނގިއްޔެވެ. އޭނާ ބުނީ 3 އިނގިލީގެ މާނައަކީ 3 – 0 އިން ބަލިވުމޭވެސް ބުނެވިދާނެކަމަށެވެ. އަދި އޭނާއަކީ 3 ފަހަރު ޕްރިމިއަރލީގު ކާމިޔާބުކޮށްފައިވާ މީހެއްކަމަށާއި، އަނެއް 19 ޓީމުގައި އެންމެ ގިނައިން ލީގު ކާމިޔާބުކުރެވުނު ކޯޗުންނަށްވެސް ކާމިޔާބުކުރެވުނީ 2 ލީގުކަމަށް އޭނާ ބުންޏެވެ. މޮރީނިއޯ ވަނީ މީގެ ކުރިން ޗެލްސީއަށް ކޯޗުކޮށްދީ، އެޓީމަށް 3 ފަހަރު ލީގު ކާމިޔާބުކޮށްދީފައެވެ.

ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއަރމަން އެޑް ވުޑްވަރޑްއާއި މޮރީނިއޯ އާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތައްވެސް އޭނާ ވަނީ މިދިޔަ ހަފްތާގައި ދޮގުކޮށްފައެވެ.

2016 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވެ، މޮރީނިއޯ ވަނީ އެސީޒަނުގައި ލީގު ކަޕާއި، ޔޫރޮޕާ ލީގް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އެ ސީޒަން މެންޗެސްޓަރ އިން ނިންމާލީ 6 ވަނައިގައި އޮވެގެންނެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެޓީމު ވަނީ ލީގުގެ 2 ވަނަ ހޯދާފައެވެ. ލީގުގެ 1 ވަނަ ހޯދީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ އަށް ނިސްބަތްވާ އަނެއް ކްލަބްކަމަށްވާ މެންޗެސްޓަރ ސިޓީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް