
| 28 އޯގަސްޓު 2018 | އަންގާރަ 23:12 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ބިލްޑް ކެއަރ ކުންފުނީގެ ފަރާތުން "ބެޓެކް ބިލްޑްކެއަރ" ގެ ނަމުގައި މާލޭ އޯކިޑް މަގުގައި އަންގާރަ ދުވަހުގެ ރޭ ފިހާރައެއް ހުޅުވައިފިއެވެ.
ބެޓެކް އަކީ ކުލަ ވިއްކުމުގެ ދާއިރާގައި 17 އަހަރުގެ ތަޖުރިބާ ލިބިފައިވާ ތުރުކީ ވިލާތުގެ މަޝްހޫރު ކުންފުންޏެކެވެ.
ބިލްޑް ކެއަރ ކުންފުނީގެ އެއް ހިއްސާދާރު އަލީ ނަސީރު ވިދާޅުވީ ބެޓެކުގެ އުފެއްދުންތައް 40 ޤައުމަށް އެކްސްޕޯޓް ކުރާ ކަމަށެވެ.
އަލަށް ހުޅުވި މި ފިހާރައިން ކުލައިގެ އިތުރުން ޕަވަރ ޓޫލްސް ލިބެން ހުރެއެވެ.
"މިހާރު ވެސް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން އެބަ ގެންގުޅެން ރެއޯބީ އެއީ ޖަޕާނުގެ ވަރަށް ރަނގަޅު ޕަވަރ ޓޫލްސް ގެންގުޅޭ، އެހެންކަމުން މުސްތަޤްބަލުގައި އަޅުގަނޑުމެން މި ބަލަނީ އެކަހަލަ އެކްސެސަރީސްއާ ކޮންސިއުމަބަލަސް ފިހާރައިން ލިބޭނެ ގޮތް ހަދަން، ދެން އަޅުގަނޑުމެންގެ މިހާރު ވެސް އެބަހުރި ކަލަލޭންޑްގެ ފިހާރައެއް އެ ފިހާރަ އަކީ ވެސް ކުލަ އާއި ދަވާދާ ކޮންސްޓްރަކްޝަން ކެމިކަލްސްއާ އަދި ކޮންސްޓްރަކްޝަންއާ ގުޅޭ ސާމާނު ލިބޭ ފިހާރައެއް، އަޅުގަނޑުމެން ބަލަނީ މި ފިހާރަ ވެސް މި ގޮތަށް އެކްސްޕެންޑްކޮށް ފިހާރަ ސްޕެޝަރައިޒް ކުރަން" އަލީ ނަސީރު ވިދާޅުވިއެވެ.
އެ އައުޓްލެޓުން ތިންހާސް ވަރަކަށް ޝޭޑުގެ ކުލަތައް ބޭނުންވާ ގޮތަށް ކަސްޓަމައިޒް ކޮށްލެވޭއިރު އޮއިލް ބޭސްޑް ކުލަތަކާއި ވޯޓަރ ބޭސްޑް ކުލަތައް ވެސް ކަސްޓަމައިޒް ކޮށްލެވޭނެ ކަމަށް ބެޓެކް ޝޯރޫމް އިން ބުންޏެވެ.
މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވެފައިވާއިރު، ބެޓެކުން ގަންނަ މުދާ ގެންގޮސް ދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަ ކުރުމަށްޓަކައި ފިހާރައިގެ ފޭސްބުކް ޕޭޖުން މައުލޫމާތު ލިބޭނެ ކަމަށެވެ.
ބިލްޑް ކެއަރގެ ފަރާތުން އައު ޝޯރޫމެއް އަންނަ އަހަރު ހުޅުވުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ފަރާތުން ބުނެ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް