16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ގެމްބިޔާ

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

  • ގެމްބިޔާގެ ނަމަށް "އިސްލާމިކް" އިތުރުކުރީ 2015 ވަނަ އަހަރު ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހް
ރުޝްދާ ރަޝީދު | rushdhar

| 29 ޖެނުއަރީ 2017 | އާދީއްތަ 12:49 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


އެޑަމާ ބެރޯ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ގެމްބިއާގެ ނަމުން "އިސްލާމިކް" އުނިކުރަން ނިންމަވާފައިވާ ކަމަށް އެގައުމުގެ އާ ރައީސް އެޑަމާ ބެރޯ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު މީޑިޔާ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ބެރޯ ވިދާޅުވީ ގެމްބިޔާގައި އެހެން ދީންތަކުގެ މީހުންވެސް ދިރިއުޅޭ ކަމަށާއި އެމީހުންނަށްވެސް ގައުމުގައި ރެޕްރެޒެންޓޭޝަން އޮންނަން ވާނޭ ކަމަށެވެ. ގެމްބިޔާގެ އާބާދީގެ 90 ޕަސެންޓަކީ މުސްލިމުންނެވެ.

ގެމްބިޔާގެ ރަސްމީ ނަމަށް އިސްލާމިކް އިތުރުކޮށްފައިވަނީ 2015 ވަނަ އަހަރު ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހް އެވެ. ބާވީސް އަހަރު ގެމްބިޔާގައި ވެރިކަންކުރުމަށްފަހު، ޖަމްމޭހް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސަރަހައްދީ ގައުމުތަކުގެ އަސްކަރިއްޔާތަކުން އެގައުމަށް އެތެރެވުމުންނެވެ. ޖަމްމޭހް ވަނީ ޑިސެމްބަރ 1 ވަނަ ދުވަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާކަމަށް ވިދާޅުވަމުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެރޯ ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގެމްބިޔާގައި މިހާރު ފުރުސަތު އެބައޮތް ކަމަށެވެ. އަދި، ޖަމްމޭހްގެ ވެރިކަމުގައި އެގައުމުގައި ހަރަކާތްތެރިވި ނެޝަނަލް އިންޓެލިޖެންސް އޭޖެންސީ (އެންއައިއޭ) ގެ ނަން ބަދަލުކޮށް، އެ އިދާރާ އެއްކޮށް އިސްލާހުކުރައްވާނޭ ކަަމަށްވެސް ބެރޯ އިއުލާންކުރެއްވި އެވެ. އަދި، ގާނޫނުގެ ބާރު ހިނގާނޭ ކަމަށާއި އެގާނޫނުތަކަށް ބޭނުންހާ ގޮތެއް ހެދުމުގެ ފުރުސަތު ނުދެއްވާނޭ ކަމަށްވެސް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

ބެރޯ ވިދާޅުވީ ކެބިނެޓް ވަރަށް އަވަހަށް އިއުލާންކުރައްވާނޭ ކަމަށާއި ކެބިނެޓް މެންބަރުން މަގާމާއި ހަވާލުވުމުގެ ކުރިން އެ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަަކޮށް، ހިއްސާވާ ވިޔަފާރިތައް ދޫކުރަން ޝަރުތުކޮށްފައިވާ ކަމަށެވެ.

އެޑަމާ ބެރޯ ވެރިކަމުގެ ހުވާ ކުރައްވާފައިވަނީ އަވަށްޓެރި ސެނެގާލްގައި ހުންނަވައިގެންނެވެ. ގެމްބިޔާގައި ރަސްމީ ހުވާކުރުމަށް ބެރޯގެ ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް