17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޓޮޔޯޓާ ކުންފުނި

ޓޮޔޯޓާ ކުންފުނިން އޫބަރއަށް 500 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

  • އޫބާރއާ އެކު ކުރަމުންދާ ވިޔަފާރި ފުޅާކޮށް އަލަށް ކުރާ އިންވެސްޓްމަންޓަކީ އަމިއްލައަށް ދުވާ ކާރު އުފެއްދުމަށް ކުރާ އިންވެސްޓްމަންޓެއް
ސިމާހާ ނަސީމް | sim_kamana

| 28 އޯގަސްޓު 2018 | އަންގާރަ 18:12 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


މަޝްހޫރު ކާރު އުފައްދާ ކުންފުނި ޓޮޔޯޓާ އިން އޫބަރ ކުންފުންޏަށް 500 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި -- ގެޓީ އިމޭޖާސް

މަޝްހޫރު ކާރު އުފައްދާ ކުންފުނި ޓޮޔޯޓާ އިން އޫބަރ ކުންފުންޏަށް 500 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ.

ޓޮޔޯޓާ ކުންފުނިން މަޝްހޫރު ޓެކްސީ ސާރވިސް، އޫބާރއާ އެކު ކުރަމުންދާ ވިޔަފާރި ފުޅާކޮށް އަލަށް ކުރާ އިންވެސްޓްމަންޓަކީ އަމިއްލައަށް ދުވާ ކާރު އުފެއްދުމަށް ކުރާ އިންވެސްޓްމަންޓްއެކެވެ.

ސެލްފް ޑްރައިވިންގ ކާރު އުފެއްދުމުށް ބޮޑެތި ގިނަ ކުންފުނިތަކުން ފަށާފައިވާއިރު އޭގެ ތެރޭގައި ގޫގުލް، ޖެނެރަލް މޯޓޯރސް އާއި ފޯޑްގެ އިތުރުން ޓެސްލާ ހިމެނެއެވެ.  

ޓޮޔޯޓާ އިން ވަނީ 2015 ވަނަ އަހަރު ޑްރައިވަރަކާ ނުލާ ދުވާ ކާރު ޖަޕާނުގެ ހައިވޭ އެއްގައި ޓެސްޓު ކޮށްފައެވެ. އެ ކާރަކީ ޓޮޔޯޓާގެ ލެކްސަސް ޖީއެސް މޮޑިފައިކޮށް، ދުއްވާ މީހަކާ ނުލާ އޮޕަރޭޓް ކުރާ ގޮތަށް ހަދާފައިވާ ކާރެކެވެ. އަމިއްލައަށް ހައިވޭއަށް އެރުމާއި، ލޭން ބަދަލު ކުރުމާއި، އެހެނިހެން ވެހިކަލްތަކާއި ދެމެދު ބަހައްޓަން ޖެހޭ ދުރުމިން އަމިއްލަ އަށް ދެނެގަތުމުގެ ގާބިލްކަން އެ ކާރަށް ލިބިފައިވެއެވެ.

ޓޮޔޯޓާއިން ބުނެފައިވަނީ އެ ކާރުގެ ބޭރުގައި ހަރުކޮށްފައި ހުންނަ ސެންސަރުތަކުން ވަށައިގެންވާ ވެހިކަލްތަކާއި މަގުމަތީގައި ހުންނަ ބޯޑުތައް ދެނެގަންނާނެ ކަމަށާއި ދަތުރުކުރުމަށް ބޭނުންވާ މަންޒިލަށް އެންމެ ފަސޭހައިން ކުރުކޮށް ދެވެން އޮތް މަގުވެސް އެ ކާރު އަމިއްލައަށް ދެނެގަންނާނެ ކަމަށެވެ. ކާރުން އެއްކުރާ އެފަދަ މައުލޫމާތުތަކުގެ އެހީގައި އިންސާނަކު ކާރު ދުއްވާ ގޮތާ ދާދި އެއްގޮތަކަށް އެ ކާރު އަމިއްލައަށް އަމަލު ކުރާނެ ކަމަށް ޓޮޔޯޓާ އިން ވަނީ ކުރިން ބުނެފައެވެ.

ޓޮޔޯޓާ އިން ސެލްފް ޑްރައިވިންގް ކާރު ބާޒާރަށް ނެރުމަށް ނިންމާފައިވަނީ 2020 ވަނަ އަހަރުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް