19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޝެއިޚް އިލްޔާސް

ޝެއިހް އިލްޔާސް ބައިވެރިވެވަޑައިގަންވާ ޖަލްސާއެއް އައްޑޫގައި ބާއްވަނީ

  • ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ހިތަދޫ ބޯޅަ ދަނޑުގައި
މުހައްމަދު ފަޒީން | phaxyn

| 28 އޯގަސްޓު 2018 | އަންގާރަ 17:46 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ޝެއިޚް އިލްޔާސް -- ގޫގުލް

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިޚް އިލްޔާސް ހުސައިން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސާފައިވާ މި ޖަލްސާ ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ހިތަދޫ ބޯޅަ ދަނޑުގައި ކަމަށް އަދާލަތު ޕާޓީއިން މައުލޫމާތު ދެއެވެ.

ޝެއިޅް އިލްޔާސް އަކީ ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާ އެކިއެކި ކަންކަމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑު ވިދާޅުވާ ބޭފުޅެކެވެ. 

ދީނީ ފަތުވާއެއް ދީގެން މިސަރުކާރު އެއްވެސް ދީނީ ޢިލްމުވެރިއަކަށް ގޯނާއެއް ކޮށްފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓް އަދި ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމާ ގުޅިގެން އެމަނިކުފާނަށް ވެސް ޝެއިޚް އިލްޔާސް ހުސައިން ރައްދު ދެއްވާފަ އެވެ.

ޝެއިޚް އިލްޔާސް ކުރެެއްވި ޓްވީޓުގައި މި ސަރުކާރުން އިލްމުވެރިންނަށް އަނިޔާ ނުކުރާ ކަމަށް ބުނާ ވާހަކައިގެ ތެދު ހަގީގަތް ރައްޔިތުން ބަލައި، ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ޓްވީޓުގައި ވަނީ ޝެއިޚް އިލްޔާސް ދީނީ ފަތުވާ ދިނުމުގެ ހުއްދަ 2016 ބާތިލް ކުރިކަން އެންގި ސިޓީގެ ފޮޓޯއެއް ހިމަނުއްވާފައެވެ.    

އިސްލާމިކް މިނިސްޓްރީން ޝެއިޚް އިލްޔާސްގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލް ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވީ ހުކުރު ދުވަހު އަމިއްލަ ފުޅަށް އައްޑޫސިޓީ ފޭދޫ މިސްކިތުގައި ހުކުރު ހުތުބާ ވިދާޅުވި މައްސަލާގައެވެ. ހުއްދަ ބާތިލް ކޮށްފައި ވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤަވާއިދާ ޚިލާފަށް އައްޑޫގައި ޚުތުބާއެއް ދެއްވި ކަމަށް ބުނެ އެވެ. އެދުވަހު ދެއްވި ޚުތުބާގައި އިލްޔާސް ވަނީ ﷲގެ ހުކުމްފުޅުތަކާއި ހިލާފްވެ، މުންކަރާތްތަކަށް އަރައިގަންނަނަމަ އެބައެއްގެ ތެރޭގައި މުސީބާތްތައް އާއްމުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާޑުގެ އަގު ބޮޑުވަނީ ވެރިންނާ ހިސާބުން ވައްކަން ބޮޑުވުމުން ކަމަށް ވިދާޅުވެފައެވެ. 

ދާދި ފަހުން ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވަނީ ގޯސް ކަންތައްތަކަށް ގޯސް ކަމެކޭ، އަނިޔާވެރިކަމަށް އަނިޔާވެރިކަމެކޭ، ނާއިންސާފަށް ނާއިންސާފޭ، ޚިޔާނާތްތެރިކަމަށް ޚިޔާނާތެކޭ ބުނުމުގެ ބަދަލުގައި އިލްމުވެރިން ވިދާޅުވާންވީ އެއީ ވެސް ތަރައްޤީއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް