23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

މަގޭ ރިޕޯޓް

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

  • ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކޮރަޕްޝަނަކީ އިންސާނީ ތޮބިއްޔަތުގައި ހިމެނޭ ކަމެއް ކަމަށް
  • ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅެއް ނުވޭ، ވިދާޅުވީ ކޮރަޕްޝަން ކުޑަކުރައްވާނެ ކަމަށް
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 29 ޖެނުއަރީ 2017 | އާދީއްތަ 09:15 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީނާއި، ނައިބް ރައީސް އަބްދުﷲ ޖިހާދު ވާހަކަފުޅުދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކޮރަޕްޝަނާއި، ހިޔާނާތުގެ ވާހަކައަކީ، މިއަދު އެއްވެސް މީހަކަށް އާ ވާހަކައަކަށް ނުވާނެ އެވެ. ކޮންމެ ވަގުތަކު ޓީވީ ހުޅުވާލިނަމަވެސް، ނޫސް ކިޔާލިނަމަވެސް، ސުރުހީތަކުން ފެންނަނީ އެންމެ ވާހަކައެކެވެ. އެއީ ކޮންމެވެސް ކުންފުންޏެއްގެ ފައިސާތަކެއް ގެއްލުނު ވާހަކަ އެވެ. ދައުލަތުގެ މަތީ ފަޑީގެ ބޭފުޅުން ކޮރަޕްޝަންގެ ގޮތުގައި ކޮންމެވެސް ތަނަކުން ފައިސާތަކެއް "ވަގަށް" ނެގި ވާހަކައެވެ.

ފަނޑިޔާރުން ބޮޑެތި ގެސްޓު ހައުސްތައް ހުޅުވާ ވާހަކައާއި، މަޖިލީސް މެމްބަރުން މާލެއިން ބޮޑެތި ގޯތި ބައްލަވައިގަންނަވާ ވާހަކަ އާއި، އިއްޒަތްތެރި އެ މަޖިލީސް މެމްބަރުން ބޮޑެތި ވިޔަފާރީތައް ފައްޓަވާ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ. ވަޒީރުން އަނބިއަނބިކަނބަލުންނާއި، އާއިލީ ބޭފުޅުން އެއޮށްފަށާ ބޮޑެތި ވިޔަފާރީތައްވެސް އޮތީ ފެންނާށެވެ. އިހަކަށްދުވަހު މަގުމަތީގައި އާދައިގެ ސައިކަލުތައް ދުއްވި ބޭބޭފުޅުން، ކުއްލިއަކަށް ބޮޑެތި މުއްސަނދިންނަށްވެ، ބީއެމްޑަބްލިޔޫ ކާރު ދުއްވާ މަންޒަރަކީވެސް އާ މަންޒަރެއް ނޫނެވެ.  

އެއީ ކޮންމެ ދުވަހަކު ދުނިޔޭގެ އިރު ފެންނަ ފަދައިން، އާންމުންނަށް ފެންނަ މަންޒަރަކަށްވެއްޖެ އެވެ. އެހެންކަމުން އަޅުގަނޑު އެ ވާހަކަ މިތަނުގައި ދައްކާކަށް ނެތީމެވެ. އެ ހިޔާނާތާއި، އެ ވައްކަންތައް އަޅުގަނޑުމެންގެ މުޅި ދައުލަތުގައި މޫލާފައިވަނިކޮށް، ޤައުމުގެ ވަލިއުލްއަމުރުގެ ދެއްކެވި ވާހަކަފުޅަކުން މުޅި ޤައުމަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އާންމު ރައްޔިތުން ލަދުގަނެ، ބަސް ހުސްވެއްޖެ އެވެ. ހަޤީޤަތުގައިވެސް އެއީ ޤައުމުގެ ވަލިއުލްއަމުރު ވިދާޅުވި ބަސްފުޅެއްތޯ އެތަށް ބަޔަކު ސުވާލު އުފައްދަން ފެށި އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ، އިންސާނާގެ ތަބިއްޔަތުގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ހިނގާ ކަންކަމުގައިވެސް ކޮރަޕްޝަނަށް ޖަގާ އޮތް ކަމަށް ވިދާޅުވި އެވެ. އެ ވާހަކަތަކަށްފަހު ރައީސް ޔާމީން ވިދާޅުވީ، ނަމަވެސް ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރާނީ ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަކުރުމަށް ކަމަށެވެ.

"އެކަމަކު އެއްގޮތަކަށް ވެސް މިކަން [ކޮރަޕްޝަންގެ އަމަލުތައް] ޖަސްޓިފައި ކުރަނީކީ ވެސް ނޫން. އެކަމަކު އިންސާނީ ތަބީއަތުގައި ހުންނަ ކަމެއް ދިވެހި ރައްޔިތުންގެ ތެރޭގައި ވެސް ހުންނާނެއޭ މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.

 

ފ. މަގޫދޫގައި އަލަށް ހުޅުުވި މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އެ މިސްކިތުގައި ނަމާދު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

 

ރައީސް ޔާމީންގެ އެ ވާހަކަފުޅަކީ ވަރަށްވެސް ކަންބޮޑުވާންޖެހޭ ވާހަކަފުޅެކެވެ. އެމަނިކުފާނު ވިދާޅުވިގޮތަށް ކޮރަޕްޝަނަކީ އިންސާނާގެ ތަބިއްޔަތުގައި ހިމެނޭ ކަމަކަށްވާނަމަ، އެއީ ވަރަށް އާދައިގެ ކަމެކެވެ. އެއީ ހަމަކޮންމެ މީހަކީވެސް ކޮރަޕްޓް މީހަކަށްވާތީ އެވެ. ނަމަވެސް މާތްވެގެންވާ އިސްލާމް ދީނުގައި އެކަން ވަނީ އެގޮތަކަށް ނޫނެވެ. މާތްވެގެންވާ އިސްލާމް ދީނުގައި ވަނީ އިންސާނާ ވަގަކަށްވެސް ވަނީ އޭނާ އަމިއްލައަށް ކަމަށެވެ. އަދި އޭނާ ކޮރަޕްޓް މީހަކަށްވެސް، އަނިޔާވެރިޔަކަށްވެސް ވަނީ އަމިއްލައަށް ކަމަށް ދީނުގައިވެއެވެ. އެހެންކަމުން ކޮރަޕްޝަނަކީ އިންސާނީ ތަބިއްޔަތުގައިވާކަމެއްކަމަށް ރައީސް މަނިކުފާނު ވިދާޅުވުމުން، އެމަނިކުފާނަށް އެކަން އެނގިވަޑައިގަތީ ކޮންތާކުންކަމާމެދު ސުވާލު އުފެދެ އެވެ. އެއީ އެމަނިކުފާނު ކޮންގޮތަކަށް ހޯދި މައުލޫމާތެއްކަމާއި މެދުވެސް ސުވާލު އުފެދެއެވެ.

ހަރުމީހުން ބުނާތީ އަޑުއިވޭ، އެ މީހަކު ދައްކާނީ އެ މީހެއްގެ ގައިގައި ހުންނަ ސިފައެއްގެ ވާހަކަކަމަށެވެ. ކޮންމެއަކަސް، އެމަނިކުފާނު އެ ވިދާޅުވި އެއްޗެއް، އެމަނިކުފާނު އެ މާނަކުރެއްވި ކަމެއް، އެ މައުލޫމާތު ހޯއްދެވި ގޮތެއް އެނގިވަޑައިގަންނަވާނީ ހަމަ އެމަނިކުފާނަށެވެ. އެ ވާހަކަށް އެމަނިކުފާނަށް ދޫކޮށްލުމަށްފަހު، ދެން އެމަނިކުފާނު ވިދާޅުވި އެއްޗަކުން އުފެދޭ ސުވާލުތަކެއްވެސް ހިއްސާކޮށްލާނަމެވެ. ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގައިވެސް ކޮރަޕްޝަނަށް ޖަގާ އެބަ އޮތް ކަމަށެވެ.

އަޅުގަނޑުމެންގެ ޤާނޫނު އަސާސީ ބުނާގޮތުން އަދި ޤާނޫނުތަކަށް ބަލާއިރު، ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް މިންވަރަކަށް ޖާގަ އެއް ނޯންނާނެ އެވެ. ކިތަންމެ ކުޑަ މިންވަރަކަށްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ، އެއީ ބޮޑު އަދަބު ލިބޭ ކުށެއްކަމަށް ޤާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ކޮރަޕްޝަނަށް ޖާގަ އޮތް ކަމަށް ރައީސް ޔާމީން އެ ވިދާޅުވަނީ ކޮންކަމަކަށް ރިއާޔަތްކޮށްކަމެއް ހަމަ އެއްގޮތަކަށްވެސް ސާފެއް ނުވެއެވެ. އަނެއްކާ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކޮރަޕްޝަނަށް ޖާގަ ހުޅުވާލީތޯވެސް ސުވާލު އުފެދެ އެވެ. ނުވަތަ ލިބިވަަޑައިގަންނަވާ ބާރުގެ ދަށުން، ކޮރަޕްޝަން ހުއްޓުވަން، މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވަތީތޯ ވެސް ސުވާލު އުފެދެ އެވެ. 

އަނެއްކާވެސް އޮތީ މުސްކުޅިިން ބުނާތީ އަޑުއިވޭ ވާހަކައެކެވެ. އެވެރިން ބުނާގޮތުން އެ މީހަކު ދެވިހިފައިފައިހުންނަ ކަމަކީ، އެމީހަކަށް ހަމަ ހުއްދަކަމެއްގެ ގޮތުގައި ދެކޭނެ އެވެ. ކޮންމެއަކަސް އެމަނިކުފާނު އެ މާނަކުރެއްވި އެއްޗެއް، އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ.

 

އައްޑޫ ސިޓީގައި ބޭއްވި ބައްދަލުވުމެއްގައި އޭސީސީގެ ރައީސް ލުތުބީ، ރައީސް ޔާމީންގެ އަރިހުގައި -- ފޮޓޯ: ޓުވިޓަރ

 

އެ ނުކުތާ ދޫކޮށްލުމަށްފަހު، ދެންވެސް އަޅުގަނޑަށް އެ ވާހަކަފުޅުން ފާހަގަވި ކަމެއް ހިއްސާކޮށްލާނަމަވެ. އެމަނިކުފާނު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރަނީ ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަކުރުމަށް ކަމަށެވެ. މިއީ ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަކުރުމަށް ވަކާލާތުކުރައްވާ ފުރަތަމަ ވެރިޔާއަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑަށް އަޑުއިވިފައިވާގޮތުން ދުނިޔޭގެ ހުރިހާ ވެރިންވެސް، ލީޑަރުންވެސް މަސައްކަތްކުރައްވަނީ ކޮރަޕްޝަން ނައްތާލުމަށެވެ. ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަކުރުމަކަށް ނޫނެވެ. ހުރިހާ ވެރިން އަޒުމްކަނޑައަޅުއްވަނީވެސް ކޮރަޕްޝަން ނައްތާލުމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ވެރިޔާ ތަފާތީކަމަށްވެސް ވެދާނެ އެވެ. އަޅުގނޑުމެންގެ ވެރިމީހާ ބޭނުންފުޅު ވަނީ ކޮރަޕްޝަނަށް އޮތް ޖާގަކުޑަކުރުމަށެވެ. ކޮންމެއަކަސް، އެމަނިކުފާނަށް ސަރުކާރު އެންމެ ކުންފުންޏަކުން ހިނގާ ކޮރަޕްޝަންގެ އެތިކޮޅެއް މަދުކޮށްލެވުނަސް ހަމަ ފިސާރިވެރިޔަކަށްވާނެ އެވެ.

ދެން އޮތީ ރައީސް އަބްދުﷲ ޔާމީންގެ މި ވާހަކަފުޅުތަކާއެކު ފެންމަތިވެގެން އައި ވާހަކަތަކެވެ. ރައީސް އަބްދުﷲ ޔާމީން މިފަދައިން ވިދާޅުވުމާއެކު، އިދިކޮޅު އެމްޑީޕީން އެމަނިކުފާނުގެ ވާހަކަތައް ކުށްވެރިކުރި އެވެ. ހަމައެއާއެކު ސަރުކަރު ހިންގާ ޕީޕީއެމްގެ ފަރާތުން ނޫސްވެރިން އެއްކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅުގެ މާނަ އޮޅުވާލީކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީނަކީ ރާއްޖޭގެ ތާރީހުގައިވެސް ކޮރަޕްޝަނާއި ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަ ކުރައްވާ ވެރިޔާކަމަށް ސަރުކަރުގެ އިސްވެރިން ވިދާޅުވި އެވެ.

އެކަމުންވެސް އަޅުގަނޑަށް ފާހަގަވި ދެތިން ނުކުތާއަކަށް ބަލާލާނަމަވެ. މީގެކުރިންވެސް ރައީސް ޔާމީން، ހާލަތާއި ނުބައްދަލު، އެކި ވާހަކަފުޅުތައް ދައްކަވައެވެ. ފައިސާ ލިބުނީމަ ހަލާލެއް ހަރާމެއް ބަލަން ނުޖެހޭނެ ކަމާއި، ވައްކަން ކުރުމަކީވެސް ހުއްދަކަމެއް ކަމަށް ބުނެ ޤާނޫނެއް ފާސްކޮށްފިނަމަ އެ ޤާނޫނެއް ތަސްދީޤްކުރައްވާނެ ކަމަށް ވިދާޅުވުން ހިމެނެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު، ސަރުކަރުގެ އިސްވެރިން އެއްވެސް ނޫސްކޮންފަރެންސެއް ބާއްވާ އެ ވާހަކަތަކުގެ މާނަ އޮޅުން ފިލުވައިދީފައެއް ނުވެއެވެ.

ނޫސްވެރިޔަކު ފޯނުން ގުޅާލުމުން ސަރުކާރުގެ ތަރުޖަމާން ކޮންމެވެސް މޮޅު ވާހަކައެއް ވިދާޅުވެ، ރައީސް ޔާމީން ދިފާއުކުރައްވާނެ އެވެ. ނަމަވެސް މިފަހަރު ތަފާތު އެވެ. ސަރުކަރުގެ ވަޒީރުންނާއި، މަޖިލީސް މެމްބަރުން އެއްވެސް، ރައީސް ޔާމީންގެ ވާހަކަފުޅު މާނަކޮށްދޭން ބޭނުންވި އެވެ. ސިއްރަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. އަދި ހެއްވާ ކަމަކީ މުޅި ނޫސްވެރިންގެ ބައްދަލުވުން ނިމުން އިރުވެސް ރައީސް ޔާމީން އެ ވިދާޅުވި އެއްޗެއްގެ މާނަ އެ ބޭފުޅުންނަށް ބުނެ ނުދެވުމެވެ.

ކޮންމެއަކަސް ރައީސް އަބްދުﷲ ޔާމީންގެ އެ ވާހަކަފުޅާއި ގުޅިގެން ބުނާނެ ހަމަ އެއްވެސް އެއްޗެއް ނެތެވެ. ވިލިއްޔުލްއަމުރަށް އިހުތިރާމްކުރުމަށް އަޅުގަނޑު އެއްޗެއް ނުބުނެ ދޫކޮށްލާނަމެވެ. ނަމަވެސް ރައްޔިތުން ހަދާނުގައި ބަހައްޓަންވީ، ކޮރަޕްޝަނާއި ހިޔާނާތުގެ ނަމުގައި އެވެރިން އެ ބޭނުންކުރަނީ ރައްޔިތުންގެ ފައިސާކަމެވެ، ޑޮލަރު ގަތުމާއި، އެކިއެކި ނަންނަމުގައި ދައުލަތުގެ ކުނިންފުނިތަކުން ނެރިގެން، އެވެރިން އެ ބޭނުންކުރަނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއެވެ. ހަނދާނުގައި ބަހައްޓަންވީ، ކަރަންޓުގެ އަގު ބޮޑުކޮށް، ސަބްސިޑީސްތައް ކަނޑާލާއި، ރައްޔިތުންގެ ފްލެޓްތަކުގެ އަގު ބޮޑުކޮށް، މުވައްޒިފުންގެ މުސާރަތައްވެސް ކުޑަކުރަނީ މަތި ފަޑީގައި ތިއްބެވި ފަރާތްތައް ވަގަށް ނަގާ ފައިސާގެ ސަބަބުން ކަމެވެ.

ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ އިސްވެރިންތަކާއެކު ފ. މަގޫދޫގައި -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ރައްޔިތަކުންވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ވެރިޔަކު ކޮރަޕްޝަނަކީ އިންސާނީ ތޮބިއްޔަތުގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވޭނެ ހެއްޔެވެ! ރައްޔިތުންނަށް ހެޔޮ އެދޭ ވެރިޔަކު ސަރުކާރުގައި ކޮރަޕްޝަނަށް ޖަގަ އޮތްކަމަށް ވިދާޅުވާނެ ހެއްޔެވެ!

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް