16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އިރާނުން ވަރުގަދަ ރައްދެއް

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

  • އެމެރިކާ އިން ވިސާ ދިނުން މަނާ ކުރި ގައުމުތެރޭގައި މުސްލިމް 7 ގައުމު ހިމެނޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 29 ޖެނުއަރީ 2017 | އާދީއްތަ 09:12 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


އެމެރިކާގެ ރައީސް ޓްރަމްޕް -- އޭއެފްޕީ

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން އެއްކޮށް މަނާ ކޮށްފި އެވެ.

މިއީ އެމެރިކާގެ ވެރިކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ރައީސް ޑޮނާލްޑް ޓްރަމްޕު 90  ދުވަސް ވަންދެން މުސްލިމް ހަތް ގައުމަކަށް ވިސާ ނުދޭން ނިންމި ނިންމުގައި ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީން އެޅި ފިޔަވަޅެވެ.

އެމެރިކާ އިން ނިންނި މި ނިންމުގެ ތެރޭގައި ހިމެނޭ ހަތް ގައުމުގެ ތެރޭގައި އީރާނުވެސް ހިމެނެ އެވެ.

އީރާނުގެ ޚާރިޖިއްޔާ އިން އާއްމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އެމެރިކާ އިން މުސްލިމު ބައެއް ގައުމުތަކުން އެގައުމަށް ވަނުން މަނާ ކުރި ކުރުމަކީ އިސްލާމީ ގައުމުތަކަށް ކުރި ފުރައްސާރައެއް ކަމަށެވެ.

މިއީ ޓެރަރިޒަމާއި ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރި ނަމަވެސް މިއީ ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް އެމެރިކާ އިން ދޭ ހަދިޔާއެއްގެ ގޮތުގައި މުޅި ދުނިޔޭގެ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް ކަމަށް އީރާނުގެ ބަޔާނުގައި ބުނެފައިވެ އެވެ. އެމެރިކާ އިން ނިންނި ނިންމުން ބަދަލުނުކުރާހާ ހިނދެއްގައި އިރާނުގެ ނިންމުން ދެމި އޮންނާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

އެމެރިކާ އިން ވިސާ ދިނުން މަނާ ކުރި ގައުމުތަކަކީ އިރާގު، ސީރިޔާ، ލީބިޔާ، ސޯމާލިޔާ، ސޫދާންގެ އިތުރުން ޔަމަނާއި އީރާނެވެ.  މި ނިންމުމުގެ ތެރޭގައި އެ ގައުމުތަކަށް ނިސްބަތްވާ ޑިޕްލޮމެޓުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާ ތަކަށް ނިސްބަތްވާ ފަރާތްތަކަށް ނުހިމެނޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް