25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޔަމަން ހަނގުރާމަ

ސައުދީ- ޔޫއޭއީ ކޯލިޝަނުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވުމުގެ ފުރުސަތު ބޮޑުކަމަށް އދން ތުހުމަތުކޮށްފި

  • އާއްމުންނަށް ލލިބޭ އަނިޔާ ކުޑަކުރަން ފިޔަވަޅު ނާޅާކަމަށް އދން ބުނޭ
  • ހޮސްޕިޓަލްތަކަށްވެސް ހަމަލާތައް އަރާފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 28 އޯގަސްޓު 2018 | އަންގާރަ 14:43 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ސައުދީއަރަބިއްޔާއާއި ގުޅިފައިވާ ފައުޖުން ޔަމަނަށް ހަމަލާދޭންފެށީ 2015 ވަނަ އަހަރުގެ މާޗް 26 ގައި -- އަލްޖަޒީރާ

ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ކޯލިޝަނުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވުމުގެ ފުރުސަތު ބޮޑުކަމަށް އދ ން ތުހުމަތުކޮށްފިއެވެ.

އދން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި އާއްމުންނަށް ހާނީއްކަ ލިބޭ މިންވަރު މަދުކުރުމަށް ފިޔަވަޅެއް އެޅިކަމަށް ފެންނަންހުރީ މަދު ހެކިތަކެއްކަމަށެވެ.

އަންގާރަ ދުވަހު ނެރުނު ރިޕޯޓްގައި އދން ބުނެފައިވަނީ އާއްމުންނަށް ސީދާކޮށް އެންމެ ގިނައިން ހަމަލާ އަމާޒުވެފައިވަނީ ވައިގެމަގުން ދިން ހަމަލާތަކުގެ ތެރެއިންކަމަށެވެ. މީގެ އިތުރުން ޔަމަނުގެ ބަނދަރާއި ވައިގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނުތަކާއި ޚިލާފްކަމެއް ކަމުގައި ވެދާނެކަމަށެވެ.

ޔަމަނުގެ ހޫސީންނާ ދެކޮޅަށް 2015 ވަނަ އަހަރު ހަނގުރާމަފެށި ކޯލިޝަނުންދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމަށް ކުރާ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކުރަމުންނެވެ. އަދި އެ ކޯލިޝަނުގެ ހަމަލާތައް އަމާޒުވަނީ އާއްމުންނަށް ނޫންކަމަށްވަނީ ބުނެފައެވެ.

އަލްޖަޒީރާއާއި ޔަމަން ޑޭޓާ ޕްރޮޖެކްޓްއިން ދައްކާ ގޮތުން ގުޅިފައިވާ ކޯލިޝަނުން ވައިގެމަގުން ދީފައިވާ 16،000 ހަމަލާގެ ތެރެއިން ތިން ބައިކުޅަ އެއްބައެއްހާ ހަމަލާ އަމާޒުވެފައިވަނީ އަސްކަރީ ސައިޓްތައް ނޫންތަންތަނަށެވެ.

އެފަދަ ހަމަލާތައް އަމާޒުވެފައިވަނީ ކައިވެނި ހަފްލާތަކާއި، ހޮސްޕިޓަލްތަކާއި، ފެން ޕްލާންޓްތަކާއި، އިންޖީނުގެ ތަކަށް ކަމަށްވާއިރު އެތައް ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފައިވެއެވެ.

އެހީދޭ ޖަމާއަތެއްކަމަށްވާ ސޭވް ދި ޗިލްޑްރަންއިން ލަފާކުރާގޮތުގައި ދުވާލަކަށް އެވްރެޖްކޮށް 130 ކުދިން އިންތިހާ ބަނޑުހައި ހޫނުކަމުގެ ސަބަބުން ނުވަތަ ބަލިތަކުގެ ސަބުން މި ހަމަނުޖެހުމުގެ ތެރޭގައި މަރުވަމުންދެއެވެ.

އދ ގެ ހިސާބުތަކުން ދައްކާގޮތުން ހަނގުރާމަ ފެށިފަހުން 10،000 މީހުން މަރުވެފައިވާއިރު މި އަދަދު މިއަށްވުރެ އިތުރުވުން ގާތްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް