18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މަޓާޓޯ ޓްރެވަލް އެވޯޑްސް

ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން މި މަހު 31 ގައި!

  • ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި
  • މިދިޔަ އަހަރު ޖުމްލަ 15 ކެޓަގަރީއަކަށް ބަހާލައިގެން އެވޯޑުތައް ހަވާލުކޮށްފައިވޭ
ސިމާހާ ނަސީމް | sim_kamana

| 28 އޯގަސްޓު 2018 | އަންގާރަ 12:21 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ހަފްލާގެ ތެރެއިން - 2017 ވަނަ އަހަރު -- ފޮޓޯ: މުހައްމަދު ޝަރުހާން

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން ހަފްލާ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.

ގެސްޓް ހައުސް އެޑިޝަނަށް 15 ކެޓަގަރީއަކުން 111 ނޮމިނޭޝަނެއް ރަޖިސްޓާކޮށްފައިވާއިރު އެވޯޑުތަކަށް 60 ގެސްޓް ހައުސް އިން ވަނީ ކުރިމަތިލާފައެވެ.

މަޓާޓޯ އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން ބާއްވާފައެވެ.

އެވޯޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު މިދިޔަ އަހަރު ކ. މާފުށީ އެރީނާ ބީޗްގައި ބާއްވާފައިވާއިރު އެވޯޑުތައް ހަވާލުކޮށްފައިވަނީ ޖުމްލަ 15 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ލީޑިންގް ގެސްޓް ހައުސްގެ އެވޯޑް އާއި މޯސްޓް ސަޕޯޓިވް ގެސްޓް ހައުސްގެ އެވޯޑް އާއި ލީޑިންގް ގެސްޓް ހައުސް ބްރޭންޑްގެ އެވޯޑް ލިބުނީ އެރީނާ ބީޗް އަށެވެ. އަދި މޯސްޓް ސަޕޯޓިވް ގެސްޓް ހައުސްގެ އެވޯޑް އާއި ލީޑިންގް ގެސްޓް ހައުސް ބްރޭންޑްގެ އެވޯޑް ލިބިފައިވަނީ ކާނި ހޮޓެލްސް އަށެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ 15 ކެޓަގަރީއަށް ހޮވުނު ފަރާތްތައް މިދިޔަ އަހަރު ހޮވާފައިވަނީ 60 ޕަސަންޓުގެ އެސްއެމްއެސް ވޯޓިން އާއި 40 ޕަސަންޓް ޓްރިޕް އެޑްވައިޒަ ރޭޓިންގް އިންނެވެ.

ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަކީ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ކުރިން މަޓާޓޯއިން ބާއްވާ ހާއްސަ އިވެންޓެކެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ގެސްޓްހައުސްތަކުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށް މަޓާޓޯ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލް

6 މަސް ކުރިން

ތީވެސް ހުސް ކޮރަޕްޝަން. އެވޯޑް ހޯދަން އެބޭފުޅުންނަށް ސްޕޮންސަރ ދޭންޖެހެނީ. ގަންނަ އެވޯޑެއް.

0
0