19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޫތެފްލިކާ

އަލްޖީރިއާގެ ރައީސް ބޫތެފްލިކާ ސިއްހީ ފަރުވާއަށް ޖެނީވާގައި

  • 2013 ވަނަ އަހަރު އެ މަނިކުފާނަށް ސްޓްރޯކެއް ޖެހިވަޑައިގެންނެވި
  • 81 އަހަަރުފުޅުގެ ބޫތެފްލިކާ އުޅުއްވަނީ ފުރޮޅުލީ ގޮނޑީގައި
އަބުދުﷲ މުހައްމަދު | 8Abbo

| 28 އޯގަސްޓު 2018 | އަންގާރަ 12:07 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


1999 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ބޫތެފްލިކާ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް އަރިސް ބޭފުޅުން ބާރުއަޅުއްވާ -- އަލްއަރަބިއްޔާ

އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒު ބޫތެފްލިކާ އުޅުއްވަނީ އާއްމު މެޑިކަލް ޗެކަޕްއަކަށް ޖެނީވާގައި އަލްޖީރިޔާގެ ރިޔާސީ ގަނޑުވަރުން ބުނެފިއެވެ.

އުމުރުފުޅުން 81 އަހަރުގައި މިހާރު ފުރޮޅުލީ ގޮނޑީގައި އިންނަވަން ޖެހިވަޑައިގެންފައިވާ ބޫތެފްލިކާއަށް 2013 ސްޓްރޯކެއް ޖެހިވަޑައިގެންނެވި ފަހުން އާއްމުންގެ ތެރެއަށް ނުކުމެވަޑައިގަތުން ވަނީ މަދުކުރައްވާފައެވެ.

އަލްޖީރިއާގެ ޕްރެސް ސަރވިސް އިން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ސްވިޒަލޭންޑަށް ވަޑައިގެންފައި ވަނީ އާއްމުކޮށް ހައްދަވާ މެޑިކަލް ޗެކަޕް ހެއްދެވުމަށް އޯގަސްޓް 27 ވީ ހޯމަ ދުވަހު ކަމަށެވެ.

ރައީސް ކަމުގެ މަގާމަށް 1999 ވަނަ އަހަރު އިންތިޚާބުވެ ވަޑައިގެންފައިވާ ބޫތެފްލިކާއަށް ތާއީދުކުރާ ފަރާތްތަކާއި އެ މަނިކުފާނުގެ ލިބަރޭޝަން ފްރޮންޓް ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ 2019 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި އަދިވެސް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ގޮވާލައްވަމުންނެވެ.

ވާދަކުރައްވާނެކަން ނުވަތަ ނޫންކަން އެމަނިކުފާނު އަދި އިއުލާންކުރައްވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް