12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ރިޔާސީ އިންތިހާބު 2018

ވޯޓުގެ މޫސުމާ ދިމާކޮށް ވިޔާނުދާ ނުރައްކާތެރި ކަންކަން ފެށިއްޖެ: ރައީސް ޔާމީން

 • އެހެން ވިދާޅުވީ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން
 • ނުބުނާނަށް މިއީ ވަކި ބަޔަކު ކުރުވާ ކަމެކޭ: ރައީސް ޔާމީން
 • ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް
ޙުސައިން ޙަސަން | hucenhassan

| 28 އޯގަސްޓު 2018 | އަންގާރަ 11:16 | |

މަގުބޫލް

 1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
 2. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
 3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
 6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
 7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 8. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު


ރައީސް އަބްދުﷲ ޔާމީން: ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިންނަމާދޫއަށް ވަނީ ވަޑައިގެންފައި -- ރައީސް އޮފީސް

ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް، "ވިޔާނުދާ ނުރައްކާތެރި" ކަންކަން ހިންގަން ފަށާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިންގި ނުރައްކާތެރި މާރާމާރީއާ ބެހޭ ގޮތުން ރ. އިންނަމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މާރާމާރީއަކީ "ވަރުގަދަ ޒަހަމްގެ ހަމަލާއެއް" ކަމަށެވެ. މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް އެ އަމަލަކީ ވަކި ބަޔަކު ކުރުވާ ކަމެއް ކަމަށް ނުބުނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިހާރު އިދިކޮޅު ކެންޑިޑޭޓުންނާއި އެމްޑީޕީން މި ފައްކާ ކުރަމުން މި އަންނަނީ ކޮން ކަހަލަ މޫސުމެއް ބާއްވައޭ. ރޭ ނޫން އިއްޔެ ރޭ މާލޭގައި އަނެއްކާ ވެސް ވަރުގަދަ ޒަހަމްގެ ހަމަލާއެއް އެ ދިޔައީ. މީހަކު ވަރަށް ވަރުގަދައަށް ޒަހަމްކޮށްލާފަ. އޭނާ ވަރަށް ސީރިއަސް. މިއަދަކު އަޅުގަނޑަކަށް ނޭނގޭ އޭނަގެ ހާލަތެއް. އިއްޔެ ހަމަ ގައިމު ވެސް ސީރިއަސް. މިހާރު ވެސް ފެށިގެންދަނީ، އަޅުގަނޑު ނުބުނާނަށް މިއީ ވަކި ބަޔަކު ކުރުވާ ކަމެކޭ. އެހެން ނަމަވެސް މިހާރު މި ފެށިގެން މިދަނީ ވޯޓު ލުމުގެ މޫސުމާ ދިމާކޮށް، މިހާރު މި ފެށިގެން މިދަނީ މިކަހަލަ ވިޔާނުދާ ނުރައްކާތެރި ކަންކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްކަންދަރު ސްކޫލްގެ ފުރަގަހުން އޮންނަ ގޯޅިއެއްގެ ތެރޭގައި ޒުވާނެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި، ޒަހަމްކޮށްލާފައިވަނިކޮށެވެ. އެ ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.

ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ ފައިސާ ހޯދަން އެމްޑީޕީ ގައުމީ މަޖިލީހުން ނިންމި ނިންމުމާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ގެއްލިފައި ހުރި ފައިސާ ފެންނާނީ ބައެއް ގޭގެ ތަންމަތި ބެލުމުން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރަނީ އިބްރާހިމް މުހައްމަދު ސޯލިހަށް ލާޒިމް ކުރުވާ ގަރާރެއް. އެ ގަރާރުގެ ދަށުން އެމްޑީޕީގެ މީހުން ނުކުންނަންވީ ހަގީގަތުގައި ގެއްލިފައި ހުރި ފައިސާ ހޯދަން. އެންމެ ގިނައިން ފައިސާ ހޯދާނީ ބައެއް ގޭގެ ބެލީމަ އެ ގޭގެ ތަންމަތިން. އެއީ ފައިސާ ހޯދޭނެ ގޮތަކީ. 

ރައީސް ޔާމީން

"މިއުޅެނީ ގެއްލިފައި ހުރި ފައިސާ ހޯދަން މިއުޅެނީ. ކީއްކުރަންތޯ ގެއްލިފައި ހުރި ފައިސާ ހޯދަނީ. އަޅުގަނޑަށް މި ހީވަނީ ގެއްލިފައި ހުރި ފައިސާ ހޯދަން މިއުޅުއްވަނީ އެ ބޭފުޅުން މިހާރު ރަށްރަށުގައި ކުރައްވަން އުޅުއްވާ ކަންތައް ކުރައްވަން ކަންނޭނގޭ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް