18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

ކެރެލާގައި ހާލުގައި ޖެހުނު މީހުނަށް ކަންގަނާވެސް އެހީވެއްޖެ

  • ކަންގަނާ ވަނީ ދިހަ ލައްކަ ރުޕީސް ހަދިޔާ ކޮށްފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 އޯގަސްޓު 2018 | އަންގާރަ 03:45 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ކަންގަނާ ރަނައުތް -- އިންޑިއާ ޓައިމްސް

އިންޑިއާގެ ކެރެލާ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުނަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތް ވެސް ވަނީ ހާލުގައި ޖެހިފައިވާ މީހުނަށް އެހީތެރިވުމުގެ ގޮތުން ޗީފް މިނިސްޓަރުގެ ރިލީފް ފަންޑަށް ދިހަ ލައްކަ އިންޑިއަން ރުޕީސް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ކަންގަނާ ވަނީ ހާލުގައި ޖެހިފައިވާ މީހުނަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކުން އެހީވުމަށް އޭނާގެ ފޮލޯވަރުންގެ ކިބައިން އެދިފައެވެ.

ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުނަށް އެހީތެރިވި ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި އަމީތާބް ބަޗަން، ޝާހުރުކް ޚާން، ސުޝާންތް ސިންގް ރާޖްޕުތް،ވަރުން ދަވަން، އާލިއާ ބަޓް، އަނުޝްކާ ޝަރްމާ އާއި ފިރިމީހާ ވިރާތް ކޯލީ، އަދި ރަންދީޕް ހޫދާ ހިމެނެއެވެ.

ކަންގަނާ މިވަގުތު ދަނީ ޖާންސީ ރާނީގެ ބައޯޕިކް "މަނިކަރްނިކާ" ގެ ނުނިމި ހުރި މަސައްކަތްތައް ކުރަމުންނެވެ. މީގެ އިތުރުން "ކްއީން"ގައި އޭނާ އާއި އެކު ފެނިގެންދިޔަ ރާޖް ކުމާރު ރާއޯ އާއި އެކު ފެނިގެންދާ ފިލްމް "މެންޓަލްހޭކިއާ"ގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް