18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރައީސް ޔާމީން

އެޑްވާންސް އަށް ވައްކަން ކުރިއަސް ރަނގަޅު: ރައީސް ޔާމީން

  • ޒުވާނުންގެ މުސްތަގްބަލް އުޖާލާ ކުރުމަށްޓަކައި އެޑްވާސް އަށް ވައްކަން ކުރިއަސް ވަރިހަމައެއް ނޫންތޯ ވިދާޅުވި
  • ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެޑްވާންސް އަށް ވައްކަން ކުރިއަސް ވަރިހަމައެއް ނޫންތޯ ވިދާޅުވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 އޯގަސްޓު 2018 | އަންގާރަ 03:22 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ރައީސް އަބްދުﷲ ޔާމީން -- ރާއްޖެއެމްވީ

އެޑްވާންސް އަށް ވައްކަން ކުރިއަސް އޯކޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ ރައީސް ޔާމީން ސަރުކާރުން އެޑްވާންސް އަށް ވައްކަން ކޮށްފައި ކަމަށް ވިދާޅުވެފަ އެވެ.

ރ. ދުވާފަރުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ އެ ވާހަކަ އަށް ރައްދު ދެއްވުމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މާލޭގައި ދުވާވަހުން ކެތްނުވި ކުނި ގޮނޑު ނައްތާލަދެއްވީ އެ މަނިކުފާނުގެ ސަރުކާރުން ކަމަށެވެ. އަދި މާލެ އާއި އެއް ފެންވަރަށް ރާއްޖެގެ އެކި ހިސާބު ތަކުގައި ކުނި ނައްތާލުމުގެ ނިޒާމް ގާއިމް ކުރަމުންދާ ކަމަށެވެ.  އެހެންކަމުން އެޑްވާންސް ކޮށް ވައްކަން ކުރިއަސް ވަރިހަމަ ކަމަށް އެ މަނިކުފާނު އެއްބަސްވެވަޑައިގެންނެވި އެވެ. 

"މާލޭއާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނައްތާލުމުގެ ނިޒާމް އަޅުގަނޑުމެން ގާއިމް ކުރަމުން މިގެންދަނީ އަދި މާލޭގެ ކުންޏާއި އެހެން ރަށްތަކުގައި ކުނި ނައްތާލުމަށްޓަކައި ކުނި އެންދޭނެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސަމުން މި ގެންދަނީ. އެހެންވީމަ ވަރިހަމަތާ އެޑްވާންސްއަށް ވައްކަން ކުރިއަސް" ރައީސް ވިދާޅުވިއެވެ.

×މުޒާހަރާކުރާ މީހުން މިއަދު ނުނިކުންނަނީ އެ ޒުވާނުން ރައީސް ޔާމީން އުފެއްދި ވަޒީފާތަކުގައި އުޅޭތީ ކަމަށާއި އެހެންވެ، އެ ޒުވާނުންގެ މުސްތަގުބަލަށާއި ދުވާފަހަރުގެ ތަރައްގީ އަށް އެޑިވާންސް ކޮށް ވައްކަން ކުރިޔަސް އެންމެ ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ރައީސަކު ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގަށް ނަގާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް، އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރެއްގެ ފުރަތަމަ ދުވަހު ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމްޑީޕީގެ ސަރުކާރެއްގައި އޭގެ ކުރިން ގެއްލިފައިވާ ފައިސާ ވެސް ހޯދިފައި ނެތް ކަމަށާއި، އެމްޑީޕީގެ ސަރުކާރެއްގައި އެފްޕީއައިޑީގެ ފައިސާ ވެސް ނުހޯދޭނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް