23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބޮލީވުޑް

ޖާންވީ އާއި ހުޝީ އާއެކު އަރްޖުން ރަކްޝާ ބަންދަން ފާހަގަކޮށްފި

  • ރަކްޝާ ބަންދަންގައި ކަޕޫރު އާއިލާގެ ގިނަ ބަޔަކު ވަނީ ބައިވެރި ވެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 އޯގަސްޓު 2018 | އަންގާރަ 01:18 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ކަޕޫރު އާއިލާ ރަކްޝާބަންދަން ފާހަގަ ކުރަނީ -- ގޫގުލް

އަރްޖުން ކަޕޫރު އޭނާގެ އެއްބަފާ ދެ ކޮއްކޮ ކަމަށްވާ ހުޝީ ކަޕޫރާއި ޖާންވީ ކަޕޫރާއި އެކު ރަކްޝާ ބަންދަން ފާހަގަ ކޮށްފި އެވެ.

މި ހަފްލާގައި ބޮނޭ ކަޕޫރާއި، އަނިލް ކަޕޫރުގެ އިތުރުން ސަންޖޭ ކަޕޫރާއި މި ތިން މީހުންގެ ދަރިން ކަމަށްވާ ހަރްޝް ވަރުދަން، ޖާންވީ، ހުޝީ، އަރުޖުން، އަންޝުލާ، ޝަނާޔާ އަދި ޖަހާން ވަނީ ބައިވެރިވެފައެވެ.

ކަޕޫރު އާއިލާގެ ގިނަ މެންބަރުންތަކެއް ބައިވެރިވި މި ހަފްލާގައި ނަގާފައިވާ ފޮޓޯގައި އަނިލް ކަޕޫރުގެ ދެ ދަރިން ކަމަށްވާ ސޯނަމް ކަޕޫރާއި ރިއާ ކަޕޫރު ފެނިގެން ގޮސްފައެއް ނުވެއެވެ.

އަންޝުލާ އޭނާގެ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައިވާ ވީޑިއޯގައި އެކަކު އަނެކަކުގެ އަތުގައި "ރާކީ" އެޅުވިއިރު ބޮނޭ ކަޕޫރު އެކުދިންނަށް ބަލަހައްޓައިގެން ހެވިފައި ހުރި މަންޒަރު ފެނިގެން ދެއެވެ.

އަންޝުލާ ވަނީ މި ވީޑިއޯގެ އިތުރުން އެންމެން ނަގާފައިވާ ފޮޓޯއެއްވެސް ކެޕްޝަންގައި "ހެޕީ ރާކީ" ޖެހުމަށްފަހު ޝެއަރ ކޮށްފައެވެ.

އަރުޖުންވެސް ވަނީ އާއިލާގެ އެންމެން އެކުގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ. ފޮޓޯގެ ކެޕްޝަންގައި އަރުޖުން ލިޔެފައިވަނީ "އެއްވެސް މީހަކު ނެތް ދޭނެ ޖަވާބެއް ފެމިލީ ފޮޓޯގައި އަނިލް އަވި އައިނު އަޅާފައި ހުރީ ކީއްވެ ކަމާއިދޭތެރޭ. ފަހަރެއްގައި އޭނާ ހީކުރީ ކަންނޭންގެ އަހަރުމެންނަކީ އޭނާގެ ފޭނުން ކަމަށް" މިހެންނެވެ.

ރަކްޝާ ބަންދަން ހަފްލާގައި އާއިލާ އާއި އެކު ބައިވެރި ނުވެވުނު ނަމަވެސް ސޯނަމް ވަނީ އޭނާގެ ފިރިހެން ކޮއްކޮ ހަރްޝް ވަރްދަން އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއަރކޮށް ރާކީ ބަންދަން ވިޝްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް